ވެހިކަލް ދުއްވުން މަނާ ދުވަހެއްގައި ކުޑަކުދިންތަކެއް މާލޭގެ މަގެއްގެ މަތީގައި ކުޅެނީ
29 ޑިސެމްބަރ 2020 - 19:06
އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު، މާލެ އާއި ވިލިމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.
އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަސްވާ ހުކުރު ދުވަހު، ހަވީރު 4 އިން ރޭގަނޑު 8 އަށް، މާލެ އާއި ވިލިމާލޭގެ މަގުތަކުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާވާނެ ކަމަށެވެ. އެގޮތަށް ހަމަޖެއްސީ، އާއްމު ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށްޓަކައި ކަމަށް ކައުންސިލުން ބުންޏެވެ.
އާ އަހަރުގެ ފުރަތަމަ ދުވަހު އާއްމު އުޅަނދުތަކަށް ދުއްވުން މަނާ ކުރި ނަމަވެސް ބައެއް އުޅަނދުތައް އިސްތިސްނާވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި އެމްބިއުލާންސާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ސައިކަލާއި ބަހުގެ ހިދުމަތުގެ އިތުރުން، ހާއްސަ ހުއްދައެއްގެ ދަށުން ދުއްވާ އުޅަނދުތަކެވެ.
ސިޓީ ކައުންސިލްގެ މި އެންގުމާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު އެތަނުން ދީފައި ވެ އެވެ.
ހާއްސަ ދުވަސް ދުވަހާ ގުޅިގެން، މާލޭގައި ބައެއް ވަގުތުތަކަށް ވެހިކަލް ދުއްވުން މަނާ ކުރެ އެވެ. އެ ދުވަހެއްގައި އާއިލާއާ އެކު ގިނަ ބަޔަކު، ހިތްހަމަ ޖައްސާލުމަށް މަގުމައްޗަށް ނިކުމެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޓޭ
30 December 2020
އެހެންވެ މީހުން ކިޔަނީ މާލޭ ކައުންސިލް އޮންނަނީ ނިދާފައޭ، މީހަކު ހޭބުއްދިފިލާ ނުދާނެތަ. ވިލިމާލެޔަކީ އިންޖީނުލީ އުޅަނދު ދުއްވާތަނެއް ވެސް ނޫން. އެކަމަކު އެތާ އިންޖީނުލީ އެއްޗެހި ދުއްވުން މަނާ ކުރަންޖެހޭތަ. ކީއްވެބަ މާލެޔާ ވިލިމާލެޔާ ދެމެދު ކޭބަލްކާރު ދުއްވުން މަނާނުކުރީ.
ސާދަ
30 December 2020
ޑިއުޓީތަކުން ގެއަށް އަންނަ މީހުން ބުރިޖުމަތިން ހިންގާފަތަ ދާންވީ.
ޅަބޭ
30 December 2020
4 އިން 8 ވެހިކަލް ދުއްވުން މަނާވިޔަސް އެއްވެސް އަމާންކަމެއް ނެތް. ގަވައިދާ ހިލާފައް ހެސްކިޔާފަ މީހުން ސައިކަލު ދުއްވާނެ. ޕޮލިހުން އަޅައެއް ނުލާނެ. މުޅި ރަށުތެރޭ ޖަލުން ދޫކޮއްލި ޕާޓޭންނާއި ވަގުންނާ ފޭރޭ މީހުން އަވަދިނެތި ރަސްމީ މަސައްކަތުގަ.
ސްކިޕަރ
30 December 2020
ޝިފާމެންނަށް އެނގޭނީ މިކަހަލަ ފައިދާއެއް ނެތް މީހުންނަށް ދަތިވާ ބޭކާރު ކަންކަންކުރަން. އިންޖީނުލީ އުޅަނދު 4 ގަޑިއިރު ނުދުއްވުމަކުން ކޮވިޑު-19 ފެތުރިފައި އޮތް އަދި މީހުން ތޮއްޖެހިފައިއޮތް މާލެއަކަށް ލިބޭނޭ މާބޮޑު ހިތްހަމަޖެހުމެއް ނެތް. ޖެނުއަރީ މަހު ފުރަތަމަ ދުވަހުގެ ހަވީރު ބޮޑުތަކުރުފާނު މަގުގައި 50 އެއްހާ ގަސް އިންދާލިޔަސް ރައްޔިތުން މާބޮޑަށް ހިތްހަމަޖެހޭނެ. އެމްޑީޕީ ކައުންސިލް އިސްތިއުފާ. ދެން ނުހޮވާނަން. ޝިފާގެ މައްސަލަ ބެލުން އަވަސްކުރޭ
ހަސަނު12
30 December 2020
ގަރާޖު ސިޓީ ވިއްކުން މެކުހަށް!
ޖަމަލު
30 December 2020
އުފާކުރަން. މި ރަށުގަ މުއްސަނދިން ނޫން މީހުންނަށް ވެސް ފުރުސަތެއް ލިބުނީމ
ޑޮން 2
30 December 2020
ހުޅުމާލެ ކީއްވެތޯ މަނާ ނުކުރީ
މަމަމމަމމަމަ
30 December 2020
މާލޭގެ އަވަށެއްނު ހުޅުމާލެއަކީ
ހެލޯގައިސް
29 December 2020
މާލޭ އެންމެން އާދެ 3.45 އަށް ސައިކުގަ ހުޅުމާލެ އަށް. ބުރުޖަހަލާ ސައިބޮއެ މަޖާނަގާފަ މާލެ ނައްޓާލަން 7.50 ގަ ބުރިޖަށް އެރީމަ އޯކޭވާނެ.
އޮނަރަބްލް އަފީފު ދީދީ
29 December 2020
އާއަހަރު ފެށޭއިރު ސިޓީ ކައުންސިލާއި ފުލުހުން ވެއްޖެނޫންތޯ މާލޭގެ މަގުމަތީގައި ޓްރެފިކް އުސޫލާއި ކަޑައެޅިގެން ޙިލާފަށް ދުއްވާ މަގުތަކުގައި ޤަވާއިދާއި މުޅިން ޙިލާފަށް ޓާރންކޮށް އަދި ނުބައިފަޅީގައިހުންނަ ބަސް ސްޓޭންޑްތަކަށް ކުއްލިއަކަށް ބަސްތައް އަބުރާލުން ހުއްޓުވާންވީ ނޫންތޯ. # އެމްޓީސީސީ ސޯމިލް ކާރީގައި ހުންނަ ބަސް ސްޓޭންޑަށާއި މެރިން ޑްރައިވް ބަސް ޓާރމިނަލްއަށް ބަސްތައް ކައިރިކުރާތަން ފެނިއްޖެނަމަ ބިރުން ފިއްކަޑައިގެންދާނެ.
ބާބުލްއަވާލީ މައްކު
29 December 2020
މޭޔަރުގެ މައްސަލަ ނުބެލި ލަސްވާތީ ޖެހޭހާ ނޮހޮރޮއްޕާން މީ!