އެސްބީއައިގެ މާލޭގެ މެއިން ބްރާންޗް: އެ ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މިހާރު ހިދުމަތް ދެމުން އަންނަނީ ހުޅުމާލޭގައި-- ފޮޓޯ: މިހާރު
03 ޖެނުއަރީ 2021 - 15:26
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ކާޑުތަކުން އޭޓީއެމް އާއި ޕީއޯއެސްތަކުން ފައިސާ ނެގޭ އަދަދު 100 ޑޮލަރަށް ދަށްކޮށްފި އެވެ.
އެ ބޭންކުން ކަސްޓަމަރުންނަށް ފޮނުވާފައިވާ އީމެއިލެއްގައި ބުނެފައިވާ ގޮތުގައި މި ބަދަލު ގެނައީ މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި މަހެއްގެ މައްޗަށް ވިޔަފާރިކުރެވޭނީ އަދި ފައިސާ ނެގޭނީ 100 ޑޮލަރާ ހަމައަށް ކަމަށް މެއިލްގައި ބުނެފައިވެ އެވެ.
އެސްބީއައި އިން މީގެ ކުރިން ކާޑު މެދުވެރިކޮށް މަހެއްގެ މައްޗަށް 250 ޑޮލަރު އޭޓީއެމުން ނެގެ އެވެ.
މި ބަދަލު ގެނައި ސަބަބެއް އެސްބީއައި އިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ރާއްޖޭން ބޭރުގައި ޑޮލަރުގެ މުއާމަލާތް ކުރެވޭ އަދަދު ބޭންކުތަކުން ލިމިޓުކުރީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު ދަށްވުމާ ގުޅިގެންނެވެ.
ރާއްޖޭގެ ގައުމީ ބޭންކު ބީއެމްއެލުން ވެސް ވަނީ އެ ބޭންކުގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު މަހެއްގެ މައްޗަށް 250 ޑޮލަރަށް ކުޑަކޮށްފަ އެވެ. އަދި ބައެއް އީ ކޮމާސް ސައިޓްތަކުގައި ބީއެމްއެލްގެ ކާޑުތައް ބޭނުން ނުކުރެވޭ ގޮތް ވެސް ވަނީ ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުލަކުލައިގެ އިރު
04 January 2021
މިޤައުމަށް ރީނދޫ ކުލައިގެ އިރު އެރުމަށްފަހު, ޑޮލަރުލިބުން ދަތިވާ ހުއްޓެވެ.
މިވެރިން
04 January 2021
ގަބޫލު ކުރަން ޖެހޭ ހިތި ޙަގީގަތަކީ މ.ޑ.ޕ އަކައް ވެރިކަން ކުރާކައް ނޭންގޭކަން، ރާއްޖޭން ބޭރުގަ ތިބި ދަރިވަރުން ބަންޑައް ތިބި އިރު ރައީސް މީހާ މިއުޅެނީ ޕުލާސްޓިކު ބޭން ކުރެވޭތޯ.
އަލީބަލީ
04 January 2021
ކާޑުގެ ފީ ހަމަ އެއްވަރުދޯ؟ އެކަމަކު ކާޑުން ލިބޭ ޚިދުމަތް ސުމެއް!
ލާމަސީލު
03 January 2021
ބީއެމްއެލްއާއި މަނިޓަރީގެ ވަކިބަޔަކުވެގެން އަމިއްލަޔަށް ޑޮލަރ ނެޓްވޯރކްހަދައިގެން ކަޅުބާޒާރުގައި ޑޮލަރުން ބޮޑުކޮށް ނަފާހޯދާކަމީ އެންމެން ދަންނަ ބޮޑު ސިއްރެއް.
ސަލީމު އިދުރީސް
03 January 2021
ހުސްއެކަނި ތިބެންކު ތަކުގަ އެކައުންޓު ހުރިމީހުނައް ދަތުރު ފަތުރު ކުރައް ވަރައް އުދަގުވާނެ! އެފަދަ މީހުން ކިހެނެއްބާހަދަނީ މަހަކު 3000 ވެސްކުޑަ ދެން 100ޑޮލަރުން ކީއްކުރާނީ އެކި ގައުމުތަކުގަ ބެންކުތައް ހިދުމަތް ހާދަ ތަފާތޭ ހިތަންއަރާ! އަޅުގަނޑަށް ދުވާލަކު 1500 ޑޮލަރުނެގޭ
ސްކިޕަރ
03 January 2021
އީކޮމާސް ސައިޓުތައް އެކަނިއެއްނޫން. ފައިސާ ޓްރާންސްފަރ ކުރެވޭ ގޮތްތަކުގެ އިތުރަށް ޑޮލަރު ބޭނުންކުރުން ވަނީ އިންތިހާއަށް ތާށިކޮށްފައި. ކަޅުބާޒާރުގައި ޑޮލަރުގެ އަގު ދަށަށް ދިޔަޔަށް އަދިވެސް ހުރީ ވަރަށް މަތީގައި އެކަމަކު ހަފްތާއަކަށް މިރާއްޖެއަށް އެތައް މިލިއަން ޑޮލަރު އެބަ ވަދޭ. އެހުރިހާ ޑޮލަރަކަށް ވާނުވާއެއް ނޭގޭ. ކޮންމެ ސަރުކާރަކުން ވެސް ރައްޔިތުން މޮޔަހައްދަނީ
ހަގީގަތް0
03 January 2021
ކޮންމެ ސަރުކާރެއްނޫން.އެއީ މިސަރުކާރުން ކުރިމަތިވެވެގެން އުޅޭ މުސީބާތެއް.ރީނދޫ މީހުން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު މި އުނދަގުލެއް ކުރިމަތިވޭ