ރައީސް އޮފީހުގެ އިމާރާތް: ފެބްރުއަރީ ހަތަރު ވަނަ ދުވަހު މަޖިލިސް ހުޅުވާތީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައި
05 ޖެނުއަރީ 2021 - 16:30
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާތީ އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން ބުނީ މަޖިލިސް ހުޅުވައި، މަޖިލީހުގައި ރިޔާސީ ބަޔާން ރައީސް އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ބާއްވަން ކުރިން ހަމަޖައްސާފައިވާއިރު މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާތީ އެދުވަހަކީ ބަންދު ދުވަހެއް ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެދުވަސް ދިމާވަނީ ބުރާސްފަތި ދުވަހަކާ އެވެ.
ކޮންމެ އަހަރަކަށް ވެސް މަޖިލިސް ހުޅުވާ ދުވަހު ރައީސްގެ ރިޔާސީ ބަޔާނެއް އިއްވަވާނެ އެވެ. ވަރަށް މަދު އަހަރުތަކެއްގައި ނޫނީ، ކޮންމެ ފަހަރަކު ވެސް އެ ޖަލްސާ އޮންނަ ދުވަހު ސަރުކާރު ބަންދު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިފުޓީ ސިކުސް
06 January 2021
މަޖިލީސް ހުޅުވާދުވަހު ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮތް އޮތުން ދޫކޮށްލަންޖެހޭ މިދުވަހަކީވެސް ސަރުކާރުގެ އޮފީސްތަކުން ޚިދުމަތް ދެވޭ ދުވަހަކަށް ހަދަންޖެހޭ!
އަހަންމާބެ
06 January 2021
މަޖިލިސް ހުޅުވާދުވަސް ބަންދުވާންވީ ސަބަބެއް ނުވިސްނުނު، އެއީ ވަކިބައެއްގެ މަސައްކަތެއް، އެބައިމީހުން އަބަދުވެސް އެމަސައްކަތް ކުރުމުގައި ދެމިތިބޭނެ، ވީއިރު ހުޅުވާދުވަހާއި ބަންދުކުރާ ދުވަސްފަދަ ދުވަސްތައް ބަންދުކުރުމުން ރައްޔިތުންނަށް ޚިދުމަތް ލިބުމުގެ ދަތި އިޙްސާސްކުރަންޖެހޭނެ، ކޮންމެހެން ބަޔަކުމީހުން އެދުވަހު މަޖާކޮށް ސަކަރާތްޖެހުމުގައި ވަގުތު ހޭދަކުރުމަށް ފުރުޞަތު ދިނުމުގައި ކޮން ފައިދާއެއް އޮތީ؟
ހައްގުބަސް
05 January 2021
ސަރުކާރު މޮޅީ ފޮނިކަނޑަން ރައްޖެ ތަރައްގީ ކުރަން މޮޅީ ރައިސް ޔާމިން
އޮނަރަބްލް އަފީފު ދީދީ
05 January 2021
މިދުވަހަކީ މުޅިން "ތަފާތު ޙާއްސަ ދުވަހެއްގެ ގޮތުގައި ތާރީޙްގައި ލިއުމަށްޓަކާ" މި ހަފުލާގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިސީއްޔަތުން ރައީސުލް ޖުމްހޫރީއްޔާ ދިވެހި ރާއްޖޭގައި ބާއްވަންވީ ރިޔާސީ ނުވަތަ ބަރުލަމާނީ ވެރިކަމުގެ ނިޒާމެއްތޯ ބަލާން ރައްޔިތުނަށް ފުރުސަތު ދޭނެ ކަމަށް ރަސްމީގޮތުން އިއުލާން ކުރައްވާންޖެހޭނެ. # އަދި ސަރުކާރާއި މަޖިލިސް ގެ އިތުރުން އިލެކްޝަނުން މަޝްވަރާކޮށް ރާއްޖޭގައި ހުރި އިންތިޙާބްތައް ފަސްކޮށް ރެފަރެންޑަމް ވޯޓެއް ނެގުން އަވަސްކުރާންޖެހޭ.
ކަލޭ
05 January 2021
ރާނީގެ އަމުރު ފުޅު ލިބިގެން ކުރައްވާ ކަމެއްތޯ ؟ އަނެއްކާ އެދުވަހު ކީރިތި ނުކުރައްވައިފީއްޔާ ރަނގަޅު.
އޮނަރަބްލް އަފީފު ދީދީ
05 January 2021
އިސްލާޙްކުރި (އާއެއްޗެއްކަމަށް ކިޔައިއުޅުނަސް) ޤާނޫނުއަސާސީގެދަށުން ގެންނާންޖެހޭ ޑިމޮކްރެޓިކްބަދަލުތައް މަޑުމަޑުން ފެންނަމުންއެބަދޭ. # އުއްމީދަކީ 2021 ވަނައަހަރަށް މަޖިލިސްހުޅުވި ޖަލްސާތައްބާއްވާއިރު މަޖިލީހުގެގޮނޑިތައް ޤާނޫނުއަސާސީގެ ޖަދުވަލުގައި ރާއްޖޭގެރަށްރަށުގެ ނުވަތަ އަތޮޅުތަކުގެނަންތައް ތަރުތީބުކޮށްފައިވާއުސޫލަށް ތަރުތީބުކުރުން. # ނުވަތަ ސީޓީތަކަށްއިސްކަންދޭނަމަ މާލެއަށްފަހު އައްޑޫ ފުވައްމުލައް އަދި ކުޅުދުއްފުއްޓަށް ކުރީގެ ގޮނޑިބަރި ހަމަޖެއްސުން.