މެމްބަރު އަލީ ނިޔާޒް: ކައުންސިލް އިންތިޚާބު އަވަހަށް ބޭއްވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން އޭނާ ވަނީ ބިލެއް ހުށަހަޅުއްވާފައި --ފޮޓޯ/މިހާރު
07 ޖެނުއަރީ 2021 - 12:52
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތަސް، ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭ ގޮތަށް އެ އިންތިޚާބާ ބެހޭ ޚާއްސަ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، މިދިޔަ އަހަރު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު މަޖިލީހުން ފާސްކުރި އިންތިޚާބާ ބެހޭ ޚާއްސަ ގާނޫނަކުން އެއް އަހަރަށް ކުރިން އޮތީ ފަސްކޮޮށްފަ އެވެ. އެ ގާނޫނު އޮންނަ ގޮތުން އިންތިޚާބު ބޭއްވޭނީ ސިއްހީ ނުރައްކަލުގެ ހާލަތު ނިމުމަކަށް އައުމުންނެވެ. އެކަމަކު އަނެއްކާވެސް އިތުރު އެއް މަހަށް އެ ހާލަތު ވަނީ އިތުރުކޮށްފަ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތަސް، އިންތިޚާބު ބޭއްވޭނެ ގޮތް ގާނޫނު އިސްލާހުކުރަން މަޖިލީހަށް ބިލެެއް ހުުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. އޭނާ ހުށަހެޅުއްވީ އެ އިސްލާހު ތަސްދީގު ކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިޚާބުގެ މަސައްކަތްތައް ފަށަން ޖެހޭ ގޮތަށެވެ.
އެހެން ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ ބިލުގައިވެ އެވެ.
މީގެ އިތުރުން އެ އިސްލާހު ފާސްކުރަން ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް ބާއްވަން ވެސް އޭނާ ވަނީ މަޖިލީހުގެ ރައީސް މުހައްމަދުގެ ނަޝީދުގެ ކިބައިން އެދިވަޑައިިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާ ބެއްޔާ
07 January 2021
މަމީ އެމްޑީޕީ މީހެއް ނުގުޅާތި ވޯޓްހޯދަން! މާލޭ ރައްޔިތުންނަށް ވީ ވައުދު ބޮލާލާޖަހާފައި ވޯޓް ހޯދަން ނުގުޅާތީ، ވަރަށް ހުތުރު ރީތިބަހުން ޖަވާބު ދޭނަން! ނޯވޯޓް ނޯ ގޯތި.
ޙެސްކިޔާފަ
07 January 2021
ތިޔައީ ދެން ތިހެންވީރު ކީއްކުރާ އިންތިހާބުތަކެއް. ސިއްހީ ކިއްލި ނުރައްކަލުގެ ހާލަތުގަވެސް ޝަރީފުމެން ބޭނުންވެއްޖިޔާ އިންތިހާބު ބޭއްވޭގޮތަށް. ތިޔަ ކިޔޭ އެއްޗެއް އެބަ އެގޭތަ. މީހުން ތަންތަނަށް ޖަމާވެ ކެމްޕެއިންކޮށް މީހުންނާ ބަެްދަލުކޮށް، ރަށްރަށަށް މިނިވަންކަމާއެކު ދަތުރުކުރެވޭނެ ގޮތެއް ނެތި ސަރުކާރުން ބޭނުންބަޔަކަށް އެކަނި މިނިވަންކަމާއެކު އުޅެވޭ ކުއްލިހާލަތެއްގަ މިނިވަން އިންސާފުވެރި އިންތިހާބެއް ޝަރީފު އަށް ވެސް އެހެންމީހަކަށްވެސް ނ7ބޭއްވޭނެ.
ހިފެހެއްޓުމެއްނެތްކަރުނަ
07 January 2021
ތިހުރިހާ ކަމެއްވެސް ވާނެ. ކުރަންވެސް ކުރާނެ. ތިމާމެނަށް ފައިދާވާނެ ހަމަ ހުރިހާ ކަމެއްވެސް ކުރާނެ. ގާނޫނެއް ނެތިއްޔާ ގާނޫނުހެދޭނެ. މެޖޯރިޓީ ލިބުމީ މުޅި ގައުމު ހިތަކަށް ލިބުންފަދަކަމެއް.