12 ޖެނުއަރީ 2021 - 07:36
އެމެރިކާގެ ނައިބު ރައީސްގެ މަގާމަށް ފުރަތަމަ ފަހަރަށް އިންތިހާބުވި އަންހެން ލީޑަރުގެ ގޮތުގައި ތާރީހުން ޖާގަ ހޯއްދެވި ފުރަތަމަ އަންހެން ނައިބު ރައީސް ކަމާލާ ހެރިސް ވޯގް މަޖައްލާގެ އެމެރިކާ އެޑިޝަންގެ އަންނަ މަހުގެ އަދަދުގެ ކަވަރުގައި ހިމަނައިފަ އެވެ.
މި މަހުގެ 20 ވަނަ ދުވަހު އިންތިހާބީ ރައީސް ޖޯ ބައިޑެންއާ އެކު މަގާމުގެ ހުވާކުރައްވަން ތައްޔާރުވެވަޑައިގަންނަވާ ކަމާލާގެ ވާހަކަ ވޯގްގައި ހިމަނާފައި ވަނީ ބޮޑު ސުރުހީއަކަށް "މެޑަމް ވައިސް ޕްރެޒިޑެންޓް! -ކަމާލާ ހެރިސް- އެންޑް ދި ނިއު އެމެރިކާ" ގެ ނަމުގަ އެވެ. އަދި ކަވަރުގެ އަރިމަތީ ހެޑިން އަކީ "ބާއި ދަ ޕީޕަލް، ފޯ ދަ ޕީޕަލް ދި ޔުނައިޓެޑް ސްޓޭޓް އޮފް ފެޝަން" އެވެ. ކަވަރުގައި ކަމާލާ ހުންނެވީ ވަރަށް ސްޓައިިޝްކޮށް ސޫޓްތަކެއްގަ އެވެ.
Vice President-elect @KamalaHarris is our February cover star!
— Vogue Magazine (@voguemagazine) January 10, 2021
Making history was the first step. Now Harris has an even more monumental task: to help heal a fractured America—and lead it out of crisis. Read the full profile: https://t.co/W5BQPTH7AU pic.twitter.com/OCFvVqTlOk
ވޯގުން ވަނީ ކަމާލާގެ އިންޓަވިއު ގެނެސްދޭ އަދަދުގެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. އެ ލިންކުން ކަމާލާ އިންޓަވިއު ކިޔައިލެވޭނެ އެވެ.
ދުނިޔޭގެ އެންމެ ބާރު ގަދަ ގައުމު ކަމަށް ދައުވާކުރާ އެމެރިކާގެ ފުރަތަމަ އަންހެން ނައީބު ރައީސްގެ މަގާމަށް ވަޑައިގެންނެވުމުގެ ފުރުސަތު ލިބިވަޑައިގަތުމުގެ ކުރިން ކަމާލާ، 56، އަކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަމާއި ކެލިފޯނިއާގެ އެޓާނީ ޖެނެރަލްގެ މަގާމާއި ސެން ފްރަންސިސްކޯގެ ޑިސްޓްރިކްޓް އެޓާނީ ފަދަ މަގާމުތައް ފުރުއްވާފައިވާ ކަނބަލެކެވެ.
ކަމާލާގެ ވޯގްގެ އިންޓަވިއުގައި އޭނާގެ އަމިއްލަ ދިރިއުޅުމާއި ޕްރޮފެޝަނަލް ކެރިއަރުގެ ވަރަށް ގިނަ ވާހަކަތަކާއި ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އެމެރިކާ ތަސައްވުރު ކުރެއްވޭ ގޮތާއި ކުރެވޭ އުންމީދުތަކުގެ ވާހަކަތައް ހިއްސާކުރައްވާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy