ފަނޑިޔާރުން އައްޔަން ކުރުމުގެ ގަވާއިދާއި އަމިއްލަ އަށް އެދިގެން ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުވުމުގެ ގަވާއިދު ކުރިން އޮންނަ ގޮތުން އާއިލީ ގުޅުން ހުރި މީހުން މަސައްކަތް ކުރާ ކޯޓުތަކަށް ބަދަލުވާން ހުރަހެއް ނޯވެ
ޖޭއެސްސީގެ މެމްބަރުުންތަކެއް: ފަނޑިޔާރުންގެ އާއިލީ މީހުންނާ އެއް ކޯޓެއްގައި މަސައްކަތް ނުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
13 ޖެނުއަރީ 2021 - 12:31
ފަނޑިޔާރުންގެ އަނބިން ނުވަތަ ފިރިން ނުވަތަ އާއިލާ މީހުން މަސައްކަތް ކުރާ ކޯޓުތަކަށް އެ ފަނޑިޔާރުން އައްޔަން ނުކުރެވޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ފަނޑިޔާރުން އައްޔަން ކުރުމުގެ ގަވާއިދާއި އަމިއްލަ އަށް އެދިގެން ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުވުމުގެ ގަވާއިދު ކުރިން އޮންނަ ގޮތުން އާއިލީ ގުޅުން ހުރި މީހުން މަސައްކަތް ކުރާ ކޯޓުތަކަށް ބަދަލުވާން ހުރަހެއް ނޯވެ އެވެ.
އެ ދެ ގަވާއިދަށް ޖޭއެސްސީން އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން، ފަނޑިޔާރު ކަމަށް ކުރިމަތިލާ ކޯޓު ނުވަތަ ބަދަލުވާން އެދިފައިވާ ކޯޓުގައި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި ބުނާ ފަދަ އާއިލީ ގުޅުން ހުރި މީހަކު މަސައްކަތް ކުރާ ނަމަ، އެ ކޯޓަކަށް އެ މީހަކު އައްޔަންކޮށް ނުވަތަ ބަދަލުކޮށެއް ނުދެވޭނެ އެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން އާއިލީ ގުޅުން ހުރި ކަމަށް ބަލަނީ އަނބިންނާއި ފިރިންނާއި ދަރިންގެ އިތުރުން މައިންބަފައިންނާއި ކާފަ އާއި މާމަގެ އިތުރުން އެއްބަނޑު އެއްބަފާ މީހުންނާއި އެއްބަނޑު މީހުންނާއި އެއްބަފާ މީހުންނާއި ބޮޑުދައިތަ އާއި ބޮޑުބޭބެ އިތުރުން އެއިން މީހެއްގެ ދަރިންނެވެ.
ޖޭއެސްސީން ބުނީ އެ ގޮތަށް ބަދަލުކުރީ ފަނޑިޔާރުންނާއި ކޯޓުގެ މުވައްޒަފުންނަކީ ނަސަބުގެ ގޮތުން ނުވަތަ ކައިވެނީގެ ގޮތުން ގުޅުން އޮތް ބަޔަކަށް ވެގެން ނުވާނެ ކަމަށް އެ ކޮމިޝަނަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައުދު
13 January 2021
މައްސަލަގައި ދައުވާކުރާ ފަރާތަކީ ޕީޖީގެ ވަކީލް އަދި ފަޑިޔާރުގެ އަނބިމީހައަށްވެ ހުރެ މައްސަލަ ބައްލަވާ ގާޒީއަކީ ފިރިމީހާއަށްވެ ހުރެ ދެމަފިރިންވެގެން މައްސަލަ ބެލިދާބެތޯ. މިއީ ގއ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓްގެ ހާލަތު.. ދެމަފިން މައްސަލާގެ ބަހުސްތައް ގޭގައި މަޝްވަރާކޮށްގެން އައިސް ކޯޓް ރޫމުގައި... މި އީތޯ އިންސާފު ހޯދައިދޭ ގޮތަކީ....
ޝަހޫ
13 January 2021
އެއް ގެޔެއްގަ އުޅެވޭނެ ތަ އަނެއްކާ
ނަޝީދު.
13 January 2021
ކާކަށް ފެހި ކޯޓެއް ތީ؟
އަދުން
13 January 2021
ފަނޑިޔާރުންނާ މިހާރު އެންމެ ގާތްވާނީ ޖޭ.އެސް.ސީގެ މެންބަރުން. މެންބަރުން ލޯފާމު ހަދައިގެން ފަނޑިޔާރުންގެ ކުރިމައްޗަށް އެރުން ވަކްތުން ވަކްތައް ހުއްޓުވާލުމަށާއި މިހާރު ޖޭއެސްސީގައިތިބި ލޯޔަރުންގެ ތެރެއިން އެއްވެސް ލޯފާމެއްގައި ހިއްސާ އޮތް މެމްބަރުން ވަކްތުން ވަކްތައް މެމްބަރުކަމުން އިސްތިއުފާދިނުމަށާއި މަގާމުން ދުރުކުމަށް އަންގާ އަމުރުކުރަމެވެ.
ޖާވިދު އަޚްތަރު ޖޭޑް
13 January 2021
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީންގެ އަންހެނުންގެ ކޮއްކޮ ދަނީ އެރަށުގައި ހުންނަ ޕީޖީ އޮފީހުގެ ފަރާތުން ވަކީލަކަށް. ދެން ވިސްނާ ކަން ހިނގާނެ ވަރު. ޖޭއެސްސީ އަށޤ މިކަން އިނގޭބާ
ހަސަދު
13 January 2021
ހަމަ ތިޔަ ގޮތަށް އަބިމީހާ އަދި ފިރިމީހާ ނުވަތަ ބައްޕަ ދަރިފުޅު އަށް ސިޔާސީ މަގާމުވެސް ނުދޭން ނިންމަންވީނޫންތޯ.
މުހައްމާގެ އަހައްމާ
13 January 2021
ފަނޑިޔާރުން ނޫންވީމަ ނިމުނީ ދޯ، ޑީޖޭއޭގެ ބޮޑެތި އެންމެންނާ ފަނޑިޔާރުންގެ ދަރިންނާ ދަރިން ރައްޓެހި ވެގެން އުޅޭ ކުދިންނަށް ދާންދެން މުޅި ޖުޑިޝަރީގައި. ސިވިލް ކޯޓުގައި މިކަން އަދި ވަކިން ބޮޑުވާނެ. ޑޖއގެ ބޮޑެތި އެންމެންގެ އަނބިދަރިން އުޅޭނެ ކޯޓުގަކުގައި