ހުޅުމާލޭ ފޭސް 2 ގެ ގޮނޑުދޮށް: މިތަނުގައި މޫދަށް އެރުނު މީހަކު ވަނީ މަރުވެފައި. -- ފޮޓޯ: މިހާރު
15 ޖެނުއަރީ 2021 - 16:05
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މޫދަށް އެރުނު އުމުރުން 86 އަހަރުގެ ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މަރުވި މީހާ އަކީ ދިވެއްސެއް ކަމަށާއި މި ހާދިސާގެ ރިޕޯޓް ލިބުނީ މެންދުރު 12:30 ހާއިރު ކަމަށެވެ. އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް އެ އިދާރާއިން ބުންޏެވެ. މަރުވި މީހާއާ ބެހޭ ތަފްސީލެއް ފުލުހުން ނުދެ އެވެ.
ހުޅުމާލޭ ފޭސް 2 ގައި އަދި އުޅެނީ ވަރަށް މަދު ބައެކެވެ. ދެތިން އިމާރާތެއްގައި މީހުން އުޅޭތީ އެ ގެތައް ހުރި ހިސާބަށް ނޫނީ އާންމުން ވަދެ އުޅުން ވެސް މަނަލެވެ. ނަމަވެސް ހުޅުވާލާފައި ސަރަހައްދުގެ މޫދަށް ވަރަށް ގިނަ މީހުން ދެ އެވެ.
މަރުވެފައި އޮއްވައި ފެނުނީ ފޭސް 2 ގައި އުޅޭ މީހެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy