އެމިރޭޓްސްގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކު ކޮށްފައި--ފޮޓޯ:އެމްއޭސީއެލް
23 ޖެނުއަރީ 2021 - 11:26
މި މަހުގެ މިހާތަނަށް ރާއްޖެ އަށް އައި އެންމެ ގިނަ މީހުން ދަތުރުކޮށްފައި ވަނީ އެމިރޭޓްސް އިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެމިރޭޓްސްގެ މަތިންދާބޯޓުތަކުން 11،504 މީހަކު ރާއްޖެ އަށް ދަތުރުކޮށްފައި ވެ އެވެ. އެއީ 134 މޫވްމަންޓެވެ.
ދެވަނަ އަށް އެންމެ ގިނަ ބަޔަކު ރާއްޖެ ދަތުރުކުރީ ގަތަރު އެއާވޭސް އިންނެވެ. އެ އެއާލައިނުން 6،951 މީހުން އައިސްފައި ވެ އެވެ. ތިންވަނައިގައި އުޅެނީ އެއިރޯފްލޮޓެވެ. އެ އެއާލައިނުން 6،362 މީހަކު ރާއްޖެ އަށް ދަތުރުކުރި އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވައިލީ ޖުލައި 15، 2020ގަ އެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް 27 އެއާލައިނަކުން ރާއްޖެ އަށް ދަތުރުތައް ވަނީ ފަށައިފަ އެވެ.
މި އަހަރުގެ މިހާތަނަށް 844 ބައިނަލްއަގުވާމީ ފްލައިޓު މޫވްމަންޓް ވަނީ ރެކޯޑު ކޮށްފަ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް 60،581 ޓޫރިސްޓުން ރާއްޖެ އަށް ވަނީ ޒިޔާރަތް ކޮށްފަ އެވެ. އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެއީ 13،880 ޓޫރިސްޓުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy