ކުރީގެ ރައީސް މައުމޫން (ކ) އާއި ދަރިކަލުން ފާރިސް ބައްދަލުވުމެއްގައި: ފާރިސްގެ މައްސަލަ ދިޔާނާ ވަނީ ފުލުހަށް ހުށަހަޅާފައި
23 ޖެނުއަރީ 2021 - 16:04
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް، ވިޔަފާރިވެރިޔާ އަދި ފިރިކަލުން އަބްދުﷲ ޖާބިރު ދެއްވި ފައިސާ އަށް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ހިޔާނާތްތެރިވި ކަމަށް ވިދާޅުވެ، ދިޔާނާ ސައީދު ފުލުސް އޮފީހަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށާއި އެކަމަކު އެ ފައިސާ އަނބުރާ ނުދެއްވާ ކަމަށް ޖާބިރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެ މައްސަލަ އޭނާ މީގެ ދެ އަހަރު ކުރިން ފުލުހަށް ވެސް ހުށަހެޅުއްވި އެވެ.
ޖާބިރު ވިދާޅުވެފައިވާ ގޮތުން، ދަރަންޏެއްގެ ގޮތުގައި އެ ފައިސާ ހަވާލު ކުރެއްވީ ދެ ފަރާތުން އެއްބަސްވި ގޮތަށް ކަންތައްތައް ނުދާ ކަމުގައިވާ ނަމަ އެ ދަރަންޏަށް ކުރީގެ މައުމޫން ޒިންމާވެ ވަޑައިގަންނަވާ ގޮތަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރާއި އަނބިކަނބަލުން ދިޔާނާގެ އެ ތުހުމަތު މައުމޫން ދޮގު ކުރައްވަ އެވެ. މައުމޫން ވިދާޅުވާ ގޮތުން އެ ފައިސާ އެ މަނިކުފާނަށް ލިބިވަޑައެއް ނުގަންނަވަ އެވެ. އެކަމަކު ޖާބިރު ވިދާޅުވީ މައުމޫނަށް ރައްދު ކުރެއްވުމަށް އެދި ފައިސާ ހަވާލު ކުރެއްވީ ފާރިސްއާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ދިޔާނާ ފުލުސް އޮފީހަށް ފާރިސްގެ މައްސަލަ ހުށަހެޅުއްވީ، މައުމޫނަށް އެ ފައިސާ ލިބިވަޑައިނުގަންނަވާ ނަމަ އެ ފައިސާ އަށް ފާރިސް ހިޔާނާތްތެރިވެ ވަޑައިގެންނެވީ ކަމަށް ތުހުމަތު ކުރައްވަ އެވެ.
ފުލުސް އޮފީހަށް ފާރިސްގެ މައްސަލަ ހުށަހަޅުއްވައި ދިޔާނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މައުމޫނުގެ ބަސްފުޅު ގެރެންޓީއަކަށް ނުވި ކަމާއި އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅުމުން ޝަރީއަތުގައި ވެސް މައުމޫން ވިދާޅުވީ އެ ފައިސާ ލިބިވަޑައި ނުގަންނަވާ ކަމަށެވެ. އެއްވެސް ހެއްކެއް ނެތި، އެ މައްސަލަ ހުކުމާ ހަމައަށް ގޮސްފައިވާއިރު ހިޔާނާތުގެ ތުހުމަތު އަމާޒުވަނީ ފާރިސްގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.
"...އެހެންވެ ހިޔާނާތުގެ ތަހުގީގު ފާރިސް މައުމޫންގެ މައްޗަށް ކޮށްދެއްވުން އެދި ދަންނަވަމެވެ. އަދި ތަހުގީގުގައި ހެކި ހުށަހަޅާނެ ކަމަށް ވެސް ދަންނަވަމެވެ." ފުލުސް އޮފީހަށް ފޮނުއްވި ސިޓީގައި، ކުރީގެ ބަންޑާރަނައިބު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
24 January 2021
މި ބުނީ މަދަނީ ފައިސާގެ މައްސަލަތައްވެސް އަނެއްކާ ޕޮލިހަށް ހުށަހެޅޭ ގޮތަށް ހަމަ ޖެހުނީހޭ؟ ޖިނާއީ ކަންކަމަކާ އެއް ނޫންތަ ޕޮލިހުން އުޅެނީކީ އެއް!
ނަޖް
24 January 2021
އެ އޮތީ ޖިނާއީމައްސަލައެއް ގޮތަށް ހުށައަޅާފަ. ގަމާރުކަން ބޮޑީހަމަ
ގުލްސަނޫބަރު
24 January 2021
އަނެއްކާ މި ވެރިން ހިންގާ ރިއަލް އެސްޓޭޓް ކުންފުންޏަށް އިންވެސްޓް ކުރީކީ ނޫންބާ؟ އެއީ މާލީ ގޮތުން ކޮންވެސް ވަރެއްގެ ދަތިތަކާ ކުރިމަތިލައިގެން އުޅުނު ކަމުގެ އަޑު އަހާފައިވާތީ މިހެން މި ބުނެލީ! އެހެންވެއްޖެއްޔާމުން ޖާބިރުމެން ހައްދަވަން ޖެހޭނެ ގޮތަކީ އެތަނުން ބިލްޑިންގ އެއްގެ ކުލި ލިބޭ ގޮތަށް ދައުވާ ކުރުން ކަމަށް ފެންނަނީ!
ުމުންދަލީ
24 January 2021
ހަމަ ވަރަށް ބޮޑަށް ހަމަ ހީވޭ ތި ފައިސާއިން ރިއަލް އެސްޓޭޓަށް އިންވެސްޓް ކޮށްލިއްޔޭ އިނގޭ! މައުމޫނަށް ދޮން ކަޅު މިންވެސް އަންގާ ނުލާ އަޅެފަހެ ކިހާ ދެރަ ކަމެއް!
އަލިފުތާ
24 January 2021
މިއީ ފާރިސްގެ އަޑެއް ބަޑެއް ނީވި، ސިޔާސީ މަސްރަހުން ގެއްލޭތީވެ ހެޑްލައިން އަޅާލާ އަލުން ސިޔާސީ ގޭމަށް ވަންނަން ކުޅެލާ ގޭމަކާ ވައްތަރީ. މި ޚަބަރު ފެނުމުން ފާރިސް އެއީ އުޅޭ މީހެއްކަން ވެސް މި ހަނދާން ވީ އަޅުގަޑަށް.
އަލުފުތާގެ މާފަ
24 January 2021
އަލިފުތާ ތިހެން ރަށުގެ ހޮޅުއަށިގަ އޮތަސް ފާރިސް އެއީ ހުންނަ މީހެއްކަން މުޅި ރާއްޖެދަނޭ.މަނަވެސް އަލިފުތާ ނޭނގޭނެ ތިރަށް މަތިން އުދުހޭ ކާޅަށް ވެސް.
އަފުން
24 January 2021
ޔާމީނުގެ ވެރިކަން ބަދަލުކުރުމަށް މަޖިލިސް މެންބަރުންނާ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމަށް ބެހިކަމަށް ބުނާ ފައިސާއަކީ މިނޫންބާ. އެންދެރިމާގޭން ނެރުނު ކަޅުފޮށީގެ ވާހަކަ ފުލުހުންގެ ތަހުގީގުން އަޑުއެހިން. ކަޅުފޮށީގައި ހުރީ މި ފައިސާ ނޫންބާ؟. މިކަންކަން ކަމުގެ ދޮގުތެދު ހާމަވާނެ ދުވަހެއް އެބައޮތް.
ގުދުގުދާ ބެއްޔާ
23 January 2021
ޕޮލިޓިކްސް އަކީ ވަރަށް ޑާޓީ ގޭމެެއް! ޕޮލިޓިކްސްގެ އަސްލުބޭނުމަކީ ބޮޑުމަޤާމާ ތަނަވަސްކަން ހޯދުން! އެހެން މީހުންގެ ސިކުޑިތަކާ ކުޅެލައިގެން ވޯޓްހޯދާ ގިނަފައިސާހޯދުން! ދެވަނަ އެއްވެސް ކަމެއްނޫން! އެކަމުގެ ހައްކަކީ އަންނި! އެމްޑީޕީ ވެރިކަމަށް އަންނަން މާލޭ މީހުންނަށް ގޯތިދޭނަމޭ މާމަގެ ގޯތި 10ބަޔަށްފޮތިކުރެވިފައޭކިޔާ ހައްލާލާފައި ފަހުން އެބަސް ބުނިކަމަށްވެސްނުވެ އެޗްޑީސީއަށް މާލެސަރަހައްދު ހިބަކޮއްދިނީ ލާމަރުކަޒީގާނޫނާ ޚިލާފަށް. މިފަހަރު ފެންނާނެ އެކަން
ޙަބީ ބ
23 January 2021
އަޅުގަނޑު ޖާބިރު ތިމާވެށި ދައްކާ ކަނޑު ކޮސްވާހަކަ އަޑުނާހާ
ޣަނީ
23 January 2021
އަތްމަތި މާބޮޑަށް ދަތިވީީތޯޯ؟
ތުއްތޫ
23 January 2021
ކޮންމެ ބައެެއްވެސް އެބައެއްގެ ހައްގު ހޯދަން މަސައްކަޔްކުރާނެ. ތިޔަ ޝަކުވާ އިންސާފުވެރި ތަހުގީގަކުން ބަލާ ޖާބިރުގެ އާއިލާއަށް އިންސާފު ލިބިދޭންޖެހޭ.
ބުހުތާނު
23 January 2021
ދިޔާނާ ފުރަތަމަ ސުވާލު ކޮށްލަބަލަ އަމިއްލަ ނަފުސާ، ޖާބިރު އެ ފައިސާ ފާރިސް އާ ހަވާލުކުރިތޯ.
ރަދީީފުުލް ކުމާރު
23 January 2021
މީ ހާދަ މަޖާ ދެމަފިރިންނޭ. އަބަދުވެސް ކޮންމެއެއްޗެއްލިބޭތޯ ކޮންމެސްމީހަކާ ޖައްސާލައިގެންއުޅޭނީ.
ފިނރުޓޭ
24 January 2021
ކޯޓާ ވަރަށް ދޯޅު ވާނެ ޖާބިރު! ހުރިހާ ރިސޯޓު ފަހަރެއްވެސް ހުރީ ކޯޓު ތެރޭން ނިންމާފަ! ދެން ބަލާ އެހެންވީމަ! ވަކާލާތު ކުރައްވާނީވެސް ޖާބިރު އަމިއްލަ ފުޅަށް ހަމަ! ވަރަށް ގަދަ ވާނެ އެ ބޭޅާގެ އާގިޔުމަންޓްސް!