ޗައިނާ ސަފީރާއި ފޮރިން މިނިސްޓަރު ޝާހިދު: ޗައިނާއިން ކޮވިޑް-19 ގެ ވެކްސިންގެ 100،000 ޑޯޒް ހަދިިޔާ ކުރަން ވަނީ ނިންމާފައި --- ފޮޓޯ/ފޮރިން މިނިސްޓްރީ
04 ފެބުރުއަރީ 2021 - 17:54
ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާ އިން ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމައިފި އެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިއޮން މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ 100،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމައި، އެކަން ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލު ކުރައްވައިި ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ. އަދި އެ ތަކެތި ރާއްޖެއަށް އަވަހަށް ގެނެވޭ ގޮތެއް ހަމަޖައްސަން މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ސަފީރުގެ ޓްވީޓްގައިވެ އެވެ.
Met with @abdulla_shahid and inform the Maldives Gov. of China's decision to aid 100,000 doses of vaccines to the ppl of Maldives and arrangement is under discussion to ensure an early arrival. China is committed to making vaccines a global public good. @ibusolih @MohamedNasheed pic.twitter.com/w0U9TA2ppD
— Amb. Zhang Lizhong (@AmbassadorZhang) February 4, 2021
ޗައިނާ ސަފީރުގެ ޓްވީޓް
ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާ އިން އުފެއްދީ ސައިނޯފާމް ކިޔާ ވެކްސިނެކެވެ. އެ ވެކްސިން އެހެން ގައުމުތަކުގައި ބޭނުން ކުރަން ހުއްދަ ދީފައިވާއިރު، ހެޔޮ އެދޭ ފަރާތްތަކުން އޭގެ 5،000 ޑޯޒް ރާއްޖެއަށް ކުރިން އޮތީ ހަދިޔާކޮށްފަ އެވެ. އެކަމަކު އެ ވެކްސިން ރާއްޖޭގައި ބޭނުން ކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާތަނަށް އަދި ހުއްދައެއް ނުދެ އެވެ.
ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިން ބޭނުން ކުރަން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދިނުމުން އެ ވެކްސިން ޖެހުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެންމެ ފުރަތަމަ މަރުހަލާގައި އެ ވެކްސިން ދެނީ ސިއްހީ ޚިދުމަތްތެރިންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންނަންނޫރު
07 February 2021
ކޮބާ ޕިންކީސްތައް. ޖަހަން ކެރޭނެބާ ޗައިނާ ވެކްސިން.
1828
07 February 2021
އިންޑިއާ ވެކްސިން ޖަހަން އެއްބަޔަކަށް ކެރެންޏަ، ޗައިނާއިން ދިން ވެކްސިން ޖަހަން ނުކެރެންވީ ސަބަބެއް ނެތް.
އާރީ
04 February 2021
ޗައިނާއިން ވެކްސިން ދިނީމަ ގާނޫނުގަ ލިޔެފަ ނެތަސް އަޒީބެ ޖަންސަވާނެ.
ޒިންދަގީ
04 February 2021
އިންޑިއާ 100000، ސިނގަޕޫރުންގަންނަ 700000، ހެޔޮ އެދޭ 5000 އަނެއްކާ ޗައިނާއިން 100000. އަދި ކޮވެކްސްގެ ވެކްސިންތަކާއި އެއްކޮން މިހާރު ނިސްބަތުން އެންމެ ވެކްސިންވެސް ގިނަވާނީ މިރާއްޖެއަށް އިރާދަކުރެއްވީތީ..
ބޯވަ
04 February 2021
ކުރިން އަންނަ ބަޔަކަށް ޖަހާ އަވަހަށް ތި ވެކްސިން ހުސްކޮށްލަންވީއެވެ. ގިނަ ބަޔަކަށް ވެކްސިން ދިންވަރަކަށް ބަލި ފެތުރޭލެއް މަދުވާނެއެވެ.
ަސދަސ
04 February 2021
މިހާރު ދެން ވެކްސިން ޖަހަންވީ.