މާލެ: ފެބްރުއަރީ 1، 2021: ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ނަރުހުންތަކެއް ވެކްސިން ދިނުމަށް ތައްޔާރުވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
09 ފެބުރުއަރީ 2021 - 10:42
ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ ބަލި މީހަކު މިއަދު މަރުވެއްޖެ އެވެ.
މަރުވީ ކުރިން ސްޓްރޯކެއް ޖެހި ބަލި އެނދުގައި އޮންނަތާ އެތައް ދުވަހެއް ވެފައި ވަނިކޮށް ކޮވިޑް ޖެހިގެން ހާލު ދެރަވި 77 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ފެސިލިޓީ އަށް ގެންދިޔައީ މިދިޔަ މަހު އެވެ. އަދި ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރު ގުޅައިގެންނެވެ.
މި މަރާ އެކު، ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 56 އަށް އަރައިފަ އެވެ.
މިއީ ކޮވިޑް ޖެހިގެން މި އަހަރު މިހާތަނަށް މަރުވި އަށް ވަނަ މީހާ އެވެ. މިދިޔަ އާދީއްތަ ދުވަހު ވެސް ވަނީ މީހަކު މަރުވެފަ އެވެ.
ރާއްޖޭގައި މިހާތަނަށް 16,909 މީހަކަށް ކޮވިޑް ޖެހިފައި ވާއިރު އޭގެތެރެއިން 14,772 މީހަކު ވަނީ ރަނގަޅުވެފަ އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު މިދިޔަ މަހުން ފެށިގެން އަނެއްކާވެސް އިތުރުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އިއްޔެގެ ނިޔަލަށް 204 މީހަކަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބްރާހިމް6684
09 February 2021
އާމީން
ށަވިޔަނި
09 February 2021
اللهم اغفرله وارحمه وادخله الجنة آمين ބަލިޖެހޭ މީހުން އިތުރުވާއިރު މަރުވާ މީހުން ގެ އަދަދުވެސް އިތުރުވުން ކާރިވާނެ. ހިތާ މަކުރަން.