ޚަބަރު / ބ. ކެންދޫ

ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ ކެންދޫ އައްޔަބެ އަވަހާރަވެއްޖެ

ކެންދޫ އައްޔަބެ: އޭނާއަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވަންދެން ގުރުއާން ކްލާސް ހިންގެވި ބޭފުޅާ

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެންމެ ގިނަ ދުވަސް ވީ ގުރުއާން ކްލާހުގެ ބާނީ އަލީި ހުސައިން (ކެންދޫ އައްޔަބެ) މިއަދު އަވަހާރަވެއްޖެ އެވެ.

ގިނަ އަހަރުތަކެއް ވަންދެން ކެންދޫގެ ނައިބުކަމާއި ރަށުގެ ތިން މަދަރުސާއެއްގެ ނާޒިރުކަން ކުރެއްވި އުމުރުން 84 އަހަރުގެ އައްޔަބެ އަވަހާރަވީ އުމުރުފުޅުން ދުވަސްވުމުގެ ސަބަބުން ސިއްހީ ހާލުކޮޅު ގޯސްވެ، މާލޭގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.

"މުސްކުޅި ބަލީގައި ފަހަކަށް އައިސް ވަރަށް ބޮޑަށް ބަލިވެ އުޅުއްވީ،" ކެންދޫ ކައުންސިލަރަކު ވިދާޅުވި އެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެންމެ ގިނަ ދުވަސްވީ ގުރުއާން ކްލާސް ތޮލަބަތުއްނޫރު އުފައްދަވައި، ހިންގަން ފެއްޓެވީ އައްޔަބެގެ އުމުރުން ވިއްސަކަށް އަހަރުގައި މީގެ 50 އަހަރު ކުރިންނެވެ. އެތަން ރަޖިސްޓްރީ ކުރުމުގެ ކުރިން ވެސް 10 ވަރަކަށް އަހަރު ވަންދެން އޭނާ އެތައް ބަޔަކަށް ގުރުއާން އުނގަންނަވައި ދެއްވި އެވެ. އޭނާ ބެއްލެވުމުގެ ދަށުން އެތައް ސަތޭކަ ބަޔަކަށް ގުރުއާން އުނގަންނަވައި ދެއްވީ ގިނަ ދުވަސްތަކެއްވަންދެން ހިލޭ ސާބަހަށެވެ.

އައްޔަބެ 12 ބޭފުޅުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިންނާއި ވަކީލުންނާއި ޑޮކްޓަރުން ވެސް ހިމެނެ އެވެ. ތައުލީމީ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ޑެޕިއުޓީ ވައިސް ޗާންސެލަރުު އަދި "މިހާރު" ނޫހުގެ ދީނީ ސަފްހާގެ ލިއުންތެރިޔާ ޑރ. ސައުދުﷲ އަލީ އާއި ދީނީ އިލްމުވެރިޔާ އަދި އިސްލާމިކް މިނިސްޓްރީގެ ނައިބް ނަސްރުﷲ އަލީ އަކީ ވެސް އައްޔަބެގެ ބޭފުޅުންނެވެ.

ތޮލަބަތުއްނޫރު ގުރުއާން ކްލާސް މިހާރު ހިންގަނީ އައްޔަބެގެ ބޭފުޅުންގެ ބެލުމުގެ ދަށުންނެވެ. އެ ކްލާހަށް 50 އަހަރު ފުރުނީ ޖޫން 14، 2017 ގަ އެވެ. އެ ދުވަހާ ގުޅުވައިގެން 50 ދަރިވަރަކު 50 ހަތިމްކުރި އެވެ.

އައްޔަބެގެ މައްޗަށް ކުރާ ކަށުނަމާދު މިއަދުގެ މަޣްރިބް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އޮންނާނެ އެވެ.

8 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަމަރޭ

12 February 2021

އިއްޒަތްތެރިންނަކީ މީ އިނގޭތޯ.. ގުނާ އަދަދު ނުކުރެވޭހާ މީހުންގެ ހެޔޮ ދުއާ މި ބޭފުޅާއަށްޓަކާ ވާނެ. ދުއާ އަކީ ސުވަރުގެވަންތަ ވެރީންގެ ތެރޭގައި ލެހެއްޓެވުން އަދި އެ ބޭފުޅާގެ މަސައްކަތުން ބިނާ ކުރެއްވެވި މަދަރުސާއިން އަދިވެސް އެތަކެއް ދަރިވަރުންނަށް ކީރިތި ގުރުއާންުގެ އަލިކަމުން ނޫރު ލިބޭނެ ގޮތް މިންވަރުކޮށްދެއްވުން...

The name is already taken The name is available. Register?

ނައިިމްބެ

12 February 2021

ޢައްޔަބެ އައް ސުވަރުގެ މިންވަރު ކުރައްވާށި އާަމީން

The name is already taken The name is available. Register?

އައްޔަ ބޮޑޭ

12 February 2021

ތީ!އާނރަނގަޅު އެދުރުބެ އެއް މިރަށުގެ އެތައްސަތޭކަ ބަޔަކައް ކީރިތި ގުރުއާން ކިޔަވައި ދެއްވި އެދުރެއްތިއީ.އަހަންނައް އަލިފު ކީއްކުރަން ބާ ވެސް އެނގުނީ އެ އައްޔަބެ ފަރާތުން, މިއަދު އަހަރެންގެ އެއްމެ ބޮޑުހިތާމަ އަކީ އެ އައްޔަބެ ގެ ޖަނާޒާގައި ބައިވެރި ވާނެފުރުސަތު ނުލިބުން,!!!އައްޔަބެގެ ފުރާނަ އައް ހެޔޮރަހުމަތް ލައްވާ އާއިލާ އައްކެތްތެރިކަން ދެއްވާށި! އާމީން!

The name is already taken The name is available. Register?

ސަމޭދާން

12 February 2021

އައްޔަބެގެ ފުރާނަފުޅަށް ރަޙްމަތްލައްވާންދޭވެ!

The name is already taken The name is available. Register?

ސަމޭދާން

12 February 2021

އައްޔަބެގެ ފުރާނަފުޅަށް ރަޙްމަތްލައްވާންދޭވެ!

The name is already taken The name is available. Register?

ށަވިޔަނި

12 February 2021

اللهم اغفرله وارحمه واسكنه في الجنة آمين

The name is already taken The name is available. Register?

ހުސައިން

12 February 2021

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ اللّهم اغفرله والرحمه وعافه واعف عنه وأکرم نزله ووسِّع مدخله واغسله بلماء والثّلج والبرد

The name is already taken The name is available. Register?

ހުކުރު

12 February 2021

ހުކުރު ދުވަހެއް. ހެޔޮ ނިމުމެއް. ﷲ މައްޔިތާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. ޢާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454