ދަރިވަރުން ސްކޫލަށް ވަނުމުގެ ކުރިން ކޮވިޑަށް ސްކްރީންކޮށް އަތް ސެނިޓައިޒްކުރަނީ. -- ފޮޓޯ: މިހާރު
12 ފެބުރުއަރީ 2021 - 23:53
މާލޭ ސަރަހައްދުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދާތީ މި ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1-6 ގެ ކިޔެވުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އޮންލައިންކޮށް ކުރިއަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނިންމައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން، އަންނަ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 25 ގެ ނިޔަލަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ގްރޭޑް 1-6 އަށް ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ.
ގްރޭޑު 7 އިން ފެށިގެން މަތީގެ ދަރިވަރުންނަށް މިހާރު ވެސް ހަމަޖައްސާފައިވާ އުސޫލުން ސްކޫލަށް ހާޒިރުވާން ޖެހޭނެ އެވެ.
ހަލުއިކަމާއެކު ކޮވިޑް ފެތުރެމުންދާތީ މާލެ ސަރަހައްދުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސްކޫލު ބަންދުކުރި އެވެ. ނަމަވެސް ސްކޫލުތައް ބަންދުކޮށް ދިގުލައިގެން ދިއުމުގެ ސަބަބުން ދަރިވަރުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ލިބޭނެ ކަމަށް ބުނެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަލުން ކިޔަވައިދޭން ފެށީ އެވެ.
ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް ގްރޭޑު 6 އިން ދަށުގެ ދަރިވަރުންނަށް މިދިޔަ އަހަރު ކިޔަވައިދީފައެއް ނުވެ އެވެ. އެހެންވެ، މިދިޔަ މަހުގެ 10 ގައި އަލުން ސްކޫލުތައް ހުޅުވުމަކީ، ދަށް ގްރޭޑުތަކުގެ ދަރިވަރުންނާއި ޓީޗަރުން ގާތްގަނޑަކަށް އަހަރެއް ފަހުން ބައްދަލުވި ފުރަތަމަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަން
13 February 2021
ޣިޔާސުއްދީން ސްކޫލް އޮންލައިންކޮށް ކިޔަވައިދޭން ފެށީމަ އެޑިއުކޭޝަން މިނިސްޓަރ ހީވީ މޮޔަވިހެން. ކިހިނެއްބާ މިވީ. ފައިބުޑާ ހަމައަށް ވިސްނަން އިނގޭ ފެންވަރު މީހުން މަގާމުތަކަށް ލައިގެން ކަމެއް ރަނގަޅުވޭތޯ؟. އިލްމެއް ހުއްޓަސް ހިލްމެއްވެސް ބޭނުންވޭ.
ދަރިވަރު
13 February 2021
ބަލަގަ ހޮޓާ ކެފޭ ބަންދުކުރޭ. ސްކޫލް ބަންދު ނުކުރޭ
ޓެން
13 February 2021
100 އަށް އަދަަދުތައް ފުރަތަމަ އަރާފަހަރު އެއީ ދީފައި އޮންނަ ލުއިތައް ބަދަލުކުރަން ރަނގަބީލު ޖެހެންޖެހޭ ވަގުތެއް. މާލަހުން ކޮންމެފަހަރަކު ފިޔަވަޅުތައް އަޅަން ފަށަނީ. ބަލި ފެތުރޭނެވަރު ކުރިއާލާ ޕްރެޑިކްޓްކުރުމުގެ ގާބިލްކަން އެހާ ހުރިނަމަ ރާޅުއައުމުގެ ކުރިން ފިޔަވަޅުތައް ބަދަލުކުރާނެ. މިހާތަނަށް އައި އެންމެ ގާބިލް ކުޅަދާނަ ވައިރަސް ފެތުރޭއިރު މާދަމާ ވާނެގޮތް ބަލަން މަޑުކޮށްނުލާ ވަރަށް ކުރީބައިގައި ފިޔަވަޅުތަކަށް ބަދަލުގެންނަން ފަށަންޖެހޭ