ޚަބަރު / އިއްޒުއްދީން ސްކޫލް

އިއްޒުއްދީން ސްކޫލުގެ ގިނަ ލީޑިން ޓީޗަރުންތަކެއް އެއްފަހަރާ އިސްތިއުފާ ދީފި

މާލޭގައި މިދިޔަ އަހަރު އަލަށް ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލު: އެ ސްކޫލުގެ ލީޑިން ޓީޗަރުންތަކެއް ވަނީ އިސްތިއުފާދެއްވާފައި-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މާލޭގައި މިދިޔަ އަހަރު ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލުގެ ގިނަ ލީޑިން ޓީޗަރުންތަކެއް ކުއްލި ގޮތަކަށް އިސްތިއުފާދީފި އެވެ.

އެނގިފައިވާ ގޮތުގައި، ގްރޭޑު 1-6 އަށް ކިޔަވައިދޭ ސްކޫލުގެ ގްރޭޑު 1 ގެ ލީޑިން ޓީޗަރު ފިޔަވައި ދެން ތިބި އެންމެން ވަނީ އެއްފަަހަރާ ވަޒީފާއިން ވަކިވެފަ އެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އިއްޒުއްދީން ސްކޫލުން އަދި އެޑިއުކޭޝަން މިނިސްޓްރީން ވެސް ނުލިބެ އެވެ.

ލީޑިން ޓީޗަރުންގެ ޒިންމާގެ ތެރޭގައި، ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން އެ ގްރޭޑެއްގެ ކަންކަން ބެލެހެއްޓުން ހިމެނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެއްދަންފަޅީގެ ސިޔާސަތާ އެއްގޮތަށް މާލޭގައި މި ވަގުތު ކިޔަވައިދެމުން އަންނަ ހަމައެކަނި ސްކޫލަކީ އިއްޒުއްދީން ސްކޫލެވެ.

ކުރީގެ އެމްއީއެސް އިމާރާތުގައި ހެދި ސްކޫލުން 200 އަށް ވުރެ ގިނަ ދަރިވަރުންނަށް ވަނީ ޖާގަ ދީފަ އެވެ.

55 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 19%
icon angry icon angry 19%
icon wow icon wow 42%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިއްޒުއްދީން

15 February 2021

ތިޔަ ޓިޗަރުން ދެން ރަނގަޅީ ސްކޫލަށް ނައިއްޔާ. ކަނޑާލަ

The name is already taken The name is available. Register?

ހާމިދު ޝާހިދު

15 February 2021

މިއީ ސަރުކާރުން ނަމޫނާ ސްކޫލް ކަމަށް ބުނެ ހެދި ސްކޫލެއް. އެއްދަންފަޅީގެ ސްކޫލެކޭ ކިޔައިގެން ފެށި ސްކޫލަށް ރާއްޖެތެރެއިންނާއި، އެކިއެކި ސްކޫލްތަކުގައި ކުނިޖެހިގެން ބޭރުވެފައިވާ މީހުން ގެނެސްލީ. އާހިރުގައި ޕްރިންސިޕަލް މާމޮޅުމީހަކަށްވެސް، އެހެންމީހުން ދޭ ހެޔޮ ނަސޭހަތްތައްވެސް ގަބޫލުކުރުމެއްނެތި ސްކޫލް ހިންގަން ހަދައިގެން ގްރޭޑް 1، 2، 3، ގެ ދަރިވަރުންގެ ކިޔެވުން މުޅިން ގެއްލި ހަލާކުވެއްޖެ. މިއީ، އެތަނަށް ދަރިވަރަކު ފޮނުވާ ބެލެނިވެރިއެއްގެ ޝުއޫރު.

The name is already taken The name is available. Register?

ތުނޑުހަސަނު

15 February 2021

މިހާރު ޓީޗަރުންނަށް ކެތްވާވަރަށްވުރެ ތަކުލީފު ބޮޑުކޮށްފި. އެމީހުންނަށް ބުރަ ބޮޑުކުރަނީ މިނިސްޓްރީގައިތިބޭ ބަޔަކު. އިރުއިރުކޮޅާ ކޮންމެވެސް މަޢުލޫމާތެއް ހޯދަން އަބަދު ގުޅާނެ. ދަރިވަރުންނަށް ކިޔަވައިދީ ޕޭޕަރ މާކުކޮށް ހަދާފަ ދެންއިތުރުކަމެއް ކުރާނެ ވަގުތެއްނޯވޭ. އެހެންކަމުން ދެންޖެހެނީ ގެއަށްގޮސްގެންވެސް އެ މަސައްކަތްކުރަން. އަސުލު އެއީ ސްކޫލްތަކުގައިތިބޭ އިދާރީ މުވައްޒަފުންކުރާޒާތުގެ އިދާރީ މަސައްކަތް އެކަމަކު އެހުރިހާކަމެއްކުރަންޖެހެނީ ޓީޗަރުންނަށް

The name is already taken The name is available. Register?

ނަޖްވާ

15 February 2021

ކީއްވެގެނޯ ލީޑިންގ ޓީޗަރުންތައް އިސްތިޢުފާ ދިނީކީ؟ އެ ސަބަބު ބަޔާން ކޮށްދިންނަމަހީ އަޅޭ ކިހާ ރަނގަޅުވީސް!

The name is already taken The name is available. Register?

ޖޯޖް

15 February 2021

ކަލޯ މިހެންވީ މަ ދިވެހިންނަށް ބަޔަކު ވަޒީފާދޭން ދެކޮޅުހަދަނީ ތިޔައިގެ ތެރެއިން އެކަކައްވެސް ދެން އަނބުރާ އަޔަސް ވަޒީފާ ނުދޭންވީ

The name is already taken The name is available. Register?

ކަޑަ ސަރުކާރު

15 February 2021

ޓީޗަރުންގެ ފްލެޓުތައް އަތުލީ. އެމީހުން އުޅެމުންދަނީ ބޮޑުކުލީގަ.

The name is already taken The name is available. Register?

އަރުތަ

15 February 2021

ޓީޗަރުންނަށް ދޭން ކަނޑައެޅުނު ފްލެޓްތައް އެފަރާތްތަކަށް ވަނީދީފަ، ފްލެޓަށް އެދުނު ހުރިހާ ޓީޗަރުންނަށް ފްލެޓެއް ނުދެވޭނެ، އެހެނޭ ކިޔާފަ އިސްތިއުފާ ދިނީމަ ހިލޭ ސާބަހަށް އުޅޭނެ ތަނެއް މި މާލެއިން ލިބިދާނެބާ!؟

The name is already taken The name is available. Register?

އަނދުން

15 February 2021

މިހާރު ތިބި ގިނަމިނސްޓަރުންނަކީ ކުޅޭކުޅޭ ބައެއް.

The name is already taken The name is available. Register?

ދަނބިދަރި

15 February 2021

ސްކޫލެއްގެ ކަންތައްތައް މިހިސާބަށްގޮސް، ޓީޗަރުންތަކެއް ވަކިވާއިރު، އެ މަޢުލޫމާތު މިނިސްޓްރީ އަށް ލިބިފައިނެތުމަކީ ހިތާމަހުރިކަމެއް. އަދި އެ މަޢުލޫމާތު ލިބި އެކަން ހައްލުކުރުމުގެ ގާބިލްކަން މިނިސްޓްރީގައި ނެތްނަމަ އެއީ ހިތާމައިގެ އިންތިހާއެވެ.

The name is already taken The name is available. Register?

ރިސަރޗަރ

15 February 2021

މިނިސްޓަރު އުޅުއްވަނީ 21ވަނަ ގަރުނުގައި ވަރޗުއަލް ލަރނިންގެ ގެއްލުން ބޮޑުކަމާއި ގުޅޭ ދިރާސާކޮށް މީހުންނަށް އޮޅުންފިލުންވަދޭން. ދެން އެހެންކަމަށް ވަގުތެއް ނޯންނާނެ ނޫންތޯ؟

The name is already taken The name is available. Register?

މުހައްމަދު..

15 February 2021

މިހާރު މިނިސްޓްރީގައި ތިކަންކަން ބަލަހައްޓަން ހުންނަނީ ޑެޕިޔުޓީ މިނިސްޓަރ މުޖާހިދު . އެބޭފުޅާ ތި ޕްރިިންސިޕަލަށް ވުރެ ރުންކުރުވާނެ، އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރާނެ، ލީޑިންގ ޓީޗަރުން އެޕްރޯޗްކުރެއްވިޔަސް އަޅާވެސްނުލާނެ.

The name is already taken The name is available. Register?

ޕްރޮފެސަރު

15 February 2021

މިހެންވާންޖެހުނު ކޮންމެވެސް ސަބަބެއް އޮންނާނެ. ނޫސްވެރިންވެސް އެ ސަބަބު ތިލަކޮށްނުލާ، ބޮޑު ސުރުޚީއެއް އަޅާލީމާ، ކޮމެންޓްކުރާނީ ކޮންމެވެސް އެއް ފަރާތެއް ކުށްވެރިވާގޮތަށް. އަޅައިގަންނަ ސުރުޚީއަކަށްވުރެ މަޢުލޫމާތު ލިބޭ ޚަބަރެއް ލިޔުން މުހިއްމު. އުއްމީދު ކުރަނީ މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއްގެ ވާހަކަތައް ހިމެނޭ ޚަބަރެއް ގެނެސްދޭނެކަމަށް. ނޫސްވެރިކަމަކީ ރައްޔިތުންގެ މަޢުލޫމާތު އިތުރުކޮށްދިނުން. ރައްޔިތުން ވާ ވެއްދުމެއް ނޫން

The name is already taken The name is available. Register?

މިވެސް

14 February 2021

ޢެހެންވީމާ ތިޔަ ސްކޫލް ވުޖޫދަށް އައީވެސް މިނިސްޓްރީން ގޯސް ހަދައިގެން، 1ވަނަ އައި މީހާ އަށް ޑީޕީ ކަން ނުލިބުނީ އިންޓަވިއުވެސް ކޮށް ނިމުނީމަތާ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454