ކުރީގެ ނައިބު ރައީސް ޖިހާދު: އޭނާ ފުރުން ހުއްދަ ދިނުމުގެ މައްސަލަ ނިމެންދެން ޕާސްޕޯޓް ހިފަހައްޓަން ވަނީ އަންގާފައި --- ފޮޓޯ/މިހާރު
15 ފެބުރުއަރީ 2021 - 11:17
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނުމުގެ މައްސަލަ ނިމެންދެން، އެ މަނިކުފާނު ފުރުން މަނާކުރަން ސުޕްރީމް ކޯޓުން އަމުރުކޮށް، އެ މައްސަލައިގެ ޝަރީއަތް މިރޭ ފަށަން ނިންމައިފި އެވެ.
ޖިހާދުގެ މައްޗަށް ދައުލަތުން ކުރާ ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާއާ ގުޅިގެން ޖިހާދު ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ވަޑައިގަންނަވަން އެދިވަޑައިގަތުމުން ދައުލަތުގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ވަނީ އެ މަނިކުފާނަށް އެ ހުއްދަ ނުދޭން ނިންމައި، ޕާސްޕޯޓު ހިފަހައްޓަން އަމުރުކޮށްފަ އެވެ. އެ އަމުރު ޖިހާދުގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރުގައި ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުން ނިމުމުގެ ކުރިން ޖިހާދު ފުރާވަޑައިގެންފި ނަމަ ސުޕްރީމް ކޯޓުގެ ނިންމުމުގެ ބާރު ނުހިނގާނެ ފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، އެ މައްސަލަ އެ ކޯޓުން ނިންމަންދެން ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން އެންގީ ކަމަށް އެ އަމުރުގައިވެ އެވެ.
އެ މައްސަލައިގެ ޝަރީއަތް މިރޭ ފަށަން ސުޕްރީމް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.
އެ މައްސަލަ ބައްލަވާނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހށނ
15 February 2021
ޖިހާދުމެން ކުރި މަސައްކަތް ދެފުށް ފެންނަ ގޮތަށް ކުރެވިފަ ހުރިނަމަ، މިއަދު ތިހެން އުޅޭކައް ނުޖެހުނީސް.
އަސްތާ
15 February 2021
މިހާރު ޖިހާދުމިވީ މިގައުމުގައި ހުރި އެންމެ ނުރައްކާތެރި މީހާއަށް. ފުރާފާނެތީ ޕާސްޕޯޓް އެއޮތީ ބޮޑު ޗޭނުގަނޑަކުން އައްސާފަ. ޖިހާދު ބޭސްފަރުވާއަށް ދާންޖެހޭކަމަށް ކޯޓަށް ގަބޫލެއް ނުކުރެވޭ ވަކި ކުލައެއްވީމަ.
ރާއްޖެ
15 February 2021
ޑރ ޝާނަށް ގުޅާބަލަ. އަދީބު ޒިޔަތު އަލީ ވަހީދު އެބަ އޮތް ގޭގަ.
އައްޔަ ބޮޑޭ
15 February 2021
ނައިބުރައީސްކަން ނުކުރަން ވީކީނޫން,! ކަމެއްލިބުނީމަ މީހާގެ ހިތްއަރަނީ އުޑައް މީހާ އައް މީހާފެންނަނީ! ހިތައްއެރިގޮތަކައް ކަންތައް ކުރަނީ! ހިތަކައް ނާރާ ދުވަހެއް އޮތްކަމެއް! އެދުވަސް ތިމާޔާ ހަމައައް އައްނާނެ ކަމެއެއް!
Muraidhoo
15 February 2021
މީނައިބުރައީސްކަމުގަ ހުރެ ކުރިކަމެއްގެ ދައުވާއެއްނޫން.. މީ ޖިހާދު ފިނޭންސް މިނިސްޓަރރަކަށް ހުރި އިރު ކުރިކަމެއްގެ ދައުވާ. ހަގީގަތަކީ މީޖިހާދު އާއި އަދީބު ހޮޓެލް ޖެންގަ ތިބެގެން ކުރިކަމެއް، ޔޫކުރެއިން މީހެއްގެ އަތުން ފައިސާ ނަގައިގެން، އެމީހާއަށްވެސް އޮޅުވާލާފަ
ޝަކީލް އޯނީލް
15 February 2021
ޖިހާދޫ ލަސްނުކޮށް އަރިކަށްޓަށް ތަދުވާ ވާހަކަ ބުނެލަބަލަ ޝާންކައިރީ އޭރުން ޕާސްޕޯޓު ލިބިދާނެ
ފުންއަސަރު
15 February 2021
މިހާރު ހިތަށްއަރާ ރާއްޖޭގެ ނައިބްރައީސްކަން ނުކުރެވުނު ނަމައޭ. ދެން ވިސްނާލަން ޖެހޭނެ އަނެއް ތަންކޮޅަކީ މިހާރު ރާއްޖޭގެ ވެރިކަމުގާ ތިއްބެވި ބޭބޭފުޅުންނަށްވެސް މިއިމްތިޚާނާ ކުރިމަތިލާން ޖެހޭނެކަން. ބޮޑުކުށެއްކޮށްގެން ޖަލަށްދިޔަސް މީގަ އެންމެ ސަޅިކަމަކީ އެބަޔަކާގުޅޭ ސަރުކާރެއް ވެރިކަމަށް އަތުވެއްޖެނަމަ، ޖަލުގާ ތިއްބެވި ބޭބޭފުޅުން ހުދުފޮތިކޮޅަކަށް ވާކަން. ކުށެއްނުކުރައްވާ ފަސްބައިގާ ކިލަނބުކަމެއްނެތް ބޭބޭފުޅުންނަށްވާކަން. މީނޫންތޯ ހަގީގަތަކީ.
ރަދީފްއޮފިޝިއަލް
15 February 2021
ޖިހާދު ސަލާމަތް ވާނެ ތަނެއް ނުފެނޭ.އެހެނީ ކޮންމެ ތަނެއްގަ ހައްގުބަސް ނުބުނެވޭނެކަމަށް ދީނީ ތާކިހާ އަޅައިގެން ހުރި ސީޔާސީ މީހަކު ރޭގަ ބުނި ތަން ދެކުނިން.