މުނިފޫހިފިލުވުން / އަޖޭ ދޭވްގަން

އަޖޭގެ ފުރަތަމަ ފިލްމު ކުރިން ލިބުނީ އަކްޝޭ އަށް

އަޖޭގެ ފުރަތަމަ ފިލްމަކީ 1991 ގެ "ޕޫލް އޯރް ކާންޓޭ"، އަކްޝޭގެ ފިލްމަކީ ހަމަ އެ އަހަރުގެ "ސޯގަންދު"

އަޖޭ ދޭވްގަން ބޮލީވުޑަށް ނުކުތް ފިލްމު "ޕޫލް އޯރް ކާންޓޭ" އަކީ، އެކްޓިން އަށް ނުކުންނަން އޮތް ފިލްމު ކަމަށާއި އެ ފުރުސަތު ގެއްލުނީ ފިލްމުގެ ޝޫޓިން ފަށަން އެއް ދުވަސް ކުރިން ކަމަށް އަކްޝޭ ކުމާރު ބުނެފި އެވެ.

އެ ހަނދާންތައް އާކުރަމުން މިހާރު ބޮލީވުޑްގައި ތިބި އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭ ބުނީ އޭނާ ފިލްމުގެ ޝޫޓިން އަށް ވަރަށް ތައްޔާރުވެފައި ވަނިކޮށް ޝޫޓިން ފަށަން އޮތް ދުވަހުގެ ކުރީގެ ދުވަހު އޭގެ ޓީމުގެ ފަރާތުން ލިބުނީ ފޯނު ކޯލެއް ކަމަށެވެ.

"ވާހަކަ ދެއްކި މީހާ ބުނީ ޝޫޓިން އަށް ކަލޭ ނާންނައްޗޭ. ދެން ވީ ގޮތަކާ ދޭތެރޭ ވަރަށް ކަންބޮޑުވި. ފަހަކުން އެ މީހުން ޚަބަރެއް ވެސް ނުވި،" އަކްޝޭ ބުންޏެވެ.

"ޕޫލް އޯރް ކާންޓޭ" އަކީ 1991 ގައި ރިލީޒްކުރި ފިލްމެކެވެ. އެއިން ލިބުނު ފުރުސަތު ގެއްލުނަސް އަކްޝޭ ބޮލީވުޑަށް ތައާރަފުވީ ހަމަ އެ އަހަރު ރިލީޒްކުރި "ސޯގަންދު" އިންނެވެ. އެކަމަކު އެއީ ބެލުންތެރިންނަށް ކަމުދިޔަ ފިލްމެއް ނޫނެވެ. އެއާ ހިލާފަށް އަޖޭ އާއި މަދޫ ލީޑް ރޯލު ކުޅުނު "ޕޯލް އޯރް ކާންޓޭ" ވެގެން ދިޔައީ ވަރަށް ވެސް ކާމިޔާބު ފިލްމަކަށެވެ. އެ ފިލްމުގެ ލަވަތައް އެ ދުވަސްވަރު ބޮޑު މަޝްހޫރުކަމެއް ހޯދި އިރު ފިލްމުގައި ދެ ސައިކަލެއްގެ މަތީގައި ކޮއްޅަށް ހުރެގެން ދައްކައިލާ ސްޓަންޓް މަންޒަރަކީ އަޖޭގެ ސިގްނޭޗާ ސްޓަންޓެކެވެ.

އަކްޝޭ ބުނީ އޭނާ ބޭރުކޮށްލި ފިލްމުން އަޖޭ އަށް ފުރުސަތުދީ އެ ފިލްމު ބޮޑު ކާމިޔާބީއެއް ހޯދި ނަމަވެސް އަޖޭއާ ދޭތެރޭ އެއް އިރެއްގައި ވެސް އެއްވެސް ހިތްބަރުކަމެއް ނެތް ކަމަށެވެ. އަދި އެ ދެ މީހުންގެ ފިލްމީ ކެރިއަރު ފެށުނީ އެކުއެކީގައި ކަމަށް ވިޔަސް އަބަދު ވެސް ގުޅުން ވަރަށް ރަނގަޅު ކަމަށް ބުންޏެވެ.

"ޕޫލް އޯރް ކާންޓޭ" އިން ފުރުސަތު ލިބުނު ގޮތާ ބެހޭ ގޮތުން އަޖޭ ބުނީ އެ ފިލްމު އޭނާ އަށް ލިބުނީ 1990 ގައި ކަމަށެވެ. އެގޮތުން އެއް ދުވަހަކު ކޮލެޖްގައި އުޅެފައި ގެއަށް ދިޔަ އިރު އެ ފިލްމުގެ ޑައިރެކްޓަރު ކުކޫ ކޯލީ، ބައްޕަ ވީރު ދޭވްގަންއާ އެކު އުޅޭ ކަމަށް ބުންޏެވެ.

"ދެން އޭނަ އަހަރެން ފެންނަ އިރަށް ބުނެފި ވެއްޖޭ ފިލްމެއް ކުޅެދޭން. އެބައޮތޭ ފިލްމެއް. ދެން އަހަރެން ބުނިން ކިހިނެއް ހެއްޔޭ ފިލްމެއް ކުޅޭނީ ކިޔަވަނީއޭ އަދި. އުމުރުން އެންމެ އަށާރަ އަހަރޭ،" އަޖޭ ބުންޏެވެ. "ބޭނުމެއް ނޫނޭ ފިލްމު ކުޅޭކަށް."

އޭނާ ކިޔައިދިން ގޮތުގައި "ޕޫލް އޯރް ކާންޓޭ" އިން ލިބުނު ފުރުސަތުގެ ބޭނުން ހިފަން ހިތްވަރު ދިނީ ބައްޕަ އެވެ.

"ބައްޕަ އަބަދު ވެސް ބޭނުންވި އަހަރެން އެކްޓަރަކަށްވާން. އެކަމަކު އެކްޓަރަކަށްވުމަކީ އަހަރެން އެ ހިސާބަށް އައި އިރު އެއްގޮތަކަށް ވެސް ދެކުނު ހުވަފަނެއް ނޫން. ބައްޕަ އަކީ ފިލްމީ މަސައްކަތުގައި [އެކްޝަން ޑައިރެކްޓަރެއް] އުޅޭ މީހަކަށްވާތީ އަހަންނަކީ އޭރު ބައްޕައާ އެކު ފިލްމުތަކުގެ ކުދިކުދި މަސައްކަތުގައި އެހީވަމުން ދިޔަ މީހެއް. އެކްޓްކުރުމަކީ އަހަރެން ވިސްނާފައި ވެސް އޮތް ކަމެއް ނޫން،" މިހާރު އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޖޭ ބުންޏެވެ. "ދެން ކުކޫ އަހަރެން ލައްވައި ފިލްމު ކުޅުވަން އުޅޭ ވާހަކަ ބުނީމަ ބައްޕަ ބުނެފި ނޫނޭ ނޫނޭ ފުރުސަތުގެ ބޭނުން ހިފާށޭ ޖެހޭނީ."

އޭނާ ބުނީ "ޕޫލް އޯރް ކާންޓޭ" އަށް އެއްބަސްވީ ޝަރުތަކާ ވެސް އެކީގަ ކަމަށެވެ. އެއީ އެ ފިލްމު ވަރަށް ކަމުދާ އެއްޗަކަށް ނުވެއްޖެ ނަމަ ދެން އިތުރު ފލްމެއް ނުކުޅުމެވެ.

"އެކަމަކު ކަންދިމާ ކުރި ގޮތުން ފިލްމުވީ ވަރަށް ބޮޑު ހިޓަކަށް. އަނެއްކާ އެކްޓިންވީ އަހަރެން ވަރަށް ޝައުގުވެރިވާ ކަމަކަށް. އެހެންވެ ފަހުން ކުރިއަށް ދާން ނިންމީ." އަޖޭ ބުންޏެވެ.

އަޖޭ އާއި އަކްޝޭ އަކީ އެކީގައި ފިލްމުތަކެއް ކުޅެފައިވާ ދެ އެކްޓަރުންނެވެ. އޭގެ ތެރޭގައި ސުހާގް (1994) އާއި ކާކީ (2004) އަދި އިންސާން (2005) ހިމެނެ އެވެ.

މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރާ "ސޫރިޔަވަންޝީ" އަކީ ވެސް އަޖޭ އާއި އަކްޝޭ އެކީގައި ފެންނާނެ ފިލްމެކެވެ. އަކްޝޭ ލީޑް ރޯލް ކުޅެފައިވާ އެ ފިލްމުން އަޖޭ ފެންނާނީ އޭނާ ކުޅޭ "ސިންގަމް" ގެ ކެރެކްޓާގެ ހާއްސަ ފެނިލުމަކުންނެވެ.

އަޖޭ އާއި އަކްޝޭއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނަ އިރު، ދެ ތަރިން އެކަކު އަނެކަކުގެ އަނބިންނާ އެކު ވެސް ފިލްމުތަކެއް ކުޅުނެވެ. އެކަމަކު އެއީ ކައިވެނިކުރުމުގެ ކުރިންނެވެ.

އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާއާ އެކު އަޖޭ ކުޅުނު ފިލްމުތަކަކީ ޖާން (1996) އާއި އިތިހާސް (1997) އެވެ. އަޖޭގެ އަންހެނުން ކާޖޮލްއާ އެކު އަކްޝޭ ކުޅުނު ފިލްމަކީ 1994 ގެ "ޔޭ ދިއްލަގީ" އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަންގަމަ

11 May 2021

ޔޭ ދިއްލަގީގެ އިތުރުން "އިޝްޤް" ގައިވެސް އަޖޭ އާއި ކާޖޮލް އެކުގައި ލީޑް ރޯލް ކުޅެފައި ވަނީ. ޖޫހީ އާއި އާމިރުވެސް މި ފިލްމްގައި ހަމަ ލީޑް ރޯލްގައި. ބޮކްސް އޮފީސްގައި ބޮޑު ކާމިޔާބެއް ހޯދި ބްލޮކް ބަސްޓާރ އެއް އިޝްގަކީވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454