މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ގިނަ ބަޔަކު މިދިޔަ އަހަރުން ފެށިގެން އެންމެ ބޮޑަށް އިންތިޒާކުރަމުން އަންނަ ރަންވީރު ސިންގެ ކްރިކެޓް ފިލްމު "83" ޖޫން 4 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

ކަބީރް ޚާން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ކުރިން މިދިޔަ އަހަރުގެ އެޕްރީލް 10 އަށް ތާވަލުކުރި ފިލްމެކެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ފިލްމު ދެއްކޭ ގޮތް ނުވީ އެވެ.

ރަންވީރާ އެކު ބޮޑު ކާސްޓެއް ފެންނާނެ މި ފިލްމަކީ އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރަން ކުރި މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. ރަންވީރު "83" ގައި ކުޅެފައި ވަނީ އޭރު ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލެވެ. މި ފިލްމުން ރަންވީރުގެ އަންހެނުން ދީޕިކާ ޕަދްކޯން ވެސް ފެންނާނެ އެވެ.

މިއީ އެ ދެ ތަރިން 2018 ގައި ކައިވެނިކުރި ފަހުން އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ. ރަންވީރުގެ "83" ގެ އިތުރުން އޭނާގެ "ޖަޔޭޝްބާއީ ޖޯރްދާރު" އަކީ މި އަހަރުގެ އޮގަސްޓް 27 ގައި ރިލީޒްކުރާނެ ފިލްމެކެވެ. ބެލެވޭ ގޮތުން އޭނާ މިހާރު ކުޅެމުން އަންނަ "ސާކަސް" އަކީ ވެސް މި އަހަރު ރިލީޒްކުރާނެ ފިލްމެކެވެ.

"83" އަކީ "2017 ގެ "ޓިއުބްލައިޓް" އަށް ފަހު ކަބީރް ގެނެސްދޭ ފުރަތަމަ ފިލްމެވެ.

"އަތުރަންގީ ރޭ" އޮގަސްޓް 6 އަށް

ކުރިން މި މަހުގެ 14 ގައި ރިލީޒްކުރާ ގޮތަށް އިއުލާންކުރި ޑައިރެކްޓަރު އާނަންދު އެލް ރާއީގެ "އަތުރަންގީ ރޭ" މި އަހަރުގެ އޮގަސްޓް 6 އަށް ތާވަލުކޮށްފި އެވެ.

ވަރަށް ތަފާތު ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ފިލްމަކީ ސާރާ އަލީ ޚާނާއި އަކްޝޭ ކުމާރާއި ދަނޫޝް މައިގަނޑު ރޯލްތަކުން ފެންނާނެ ފިލްމެކެވެ. މީގެ ޝޫޓިން މިދިޔަ އަހަރުގެ ފަހުކޮޅު ނިންމާލައި، ފިލްމު މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަންގަ އެވެ.

"އަތުރަންގީ ރޭ" އާ އެކު މި އަހަރު އަކްޝޭގެ އިތުރު ތިން ފިލްމެއް ވެސް ރިލީޒްކުރާނެ އެވެ. އެއީ އެޕްރީލްގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ "ސޫރިޔަވަންޝީ" އާއި މެއި 28 ގައި ރިލީޒްކުރާ "ބެލް ބޮޓަމް" ގެ އިތުރުން ނޮވެމްބަރު 5 ގައި ރިލީޒްކުރާ "ޕްރިތުވީރާޖް" އެވެ.

"އަތުރަންގީ ރޭ" ގެ އިތުރުން އަކްޝޭ އަކީ އާނަންދުގެ ކުރިއަށް އޮތް ފިލްމު "ރަކްޝާބަންދަން" ގެ ވެސް ބަތަލެވެ.

އަމީތާބްގެ "ޖުންދު" އަށް ވެސް ތާރީހެއް

ދެހާސް ނަވަރާއިން ފެށިގެން ރިލީޒްކުރުމުގެ ވާހަކަ ދެކެވެމުން އަންނަ އަމީތާބް ބައްޗަންގެ ކުޅިވަރު ފިލްމު "ޖުންދު" ޖޫން 18 ގައި ރިލީޒްކުރަން ނިންމައިފި އެވެ.

މި ފިލްމަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި މަރާޓީ ފިލްމު "ސައިރާތު" ގެނެސްދިން ޑައިރެކްޓަރު ނާގްރާޖް މަންޖުލޭ ހަދާފައިވާ ފިލްމެކެވެ.

"ޖުންދު" ގައި ކިޔައިދޭނީ އިންޑިއާގެ ފަގީރު ހިސާބެއްގައި ފުޓްބޯޅަ ކުޅެން އުޅޭ ކުދިންތަކެއް ކުރިއަރުވައި ދޭން ސްލަމް ސޮކާ އެންޖީއޯގެ ބާނީ ވިޖޭ ބަރްސޭ ކުރާ މަސައްކަތެވެ.

މި ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކުރި އިރު އަމީތާބްގެ އެހެން ފިލްމެއް ވެސް ރިލީޒްނުކުރެވި ދިގުލައިގެން ގޮސްފައިވެ އެވެ. އެއީ ރޫމީ ޖެފްރީ ޑައިރެކްޓްކޮށްފައިވާ ތުރިލާ "ޗެހެރޭ" އެވެ. އޭގެ ކާސްޓްގައި އިމްރާން ހާޝިމީ އާއި ރިއާ ޗަކްރަބަތީގެ އިތުރުން ޓީވީ ބަތަލާ ކްރިސްޓަލް ޑި ސޫޒާ ހިމެނެ އެވެ.

"ޝޭރްޝާހް" ޖުލައި 2 ގައި

ރިލީޒްނުކުރެވި ލަސްވެފައިވާ ސިދާތު މަލްއުތުރާގެ ބައޮގްރަފިކަލް ޑްރާމާ "ޝޭރްޝާހް" މި އަހަރުގެ ޖުލައި 2 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

މި ފިލްމަކީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ވިޝްނޫވަރުދާން ޑައިރެކްޓްކޮށްފައިވާ ހަނގުރާމަ ފިލްމެކެވެ. "ޝޭރްޝާހް" ގައި ކިޔައިދޭނީ ކަރްގިލް ހަނގުރާމައިގެ ބަތަލު ވިކްރަމް ބަޓްރާގެ ވާހަކަ އެވެ. އެގޮތުން ވިކްރަމް އާއި އޭނާގެ އެއްމާބަނޑު ކޮއްކޮ ވިޝާލް ބަޓްރާ ރޯލުންތަކުން ޑަބަލް ރޯލެއްގައި ސިދާތު ފެންނާނެ އެވެ.

މި ފިލްމުގެ ބަތަލާ އަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުއަރާފައިވާ ކިއާރާ އަދުވާނީ އެވެ.

"ޝޭރްޝާހް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޖާވިދު ޖެފްރީ އާއި ޝިވް ޕަންޑިތު ވެސް ހިމެނެ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާިލޔާ

21 February 2021

އަތުރަންގީރޭ އެންޑް ޖުންޑް ވ ބަލާ ހިތްވޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454