ދަރިވަރަކު ޓެލެކިލާހުން ކިޔަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
21 ފެބުރުއަރީ 2021 - 14:59
ކޮވިޑު-19 ގެ ބަލިމަޑުކަމުގައި ޓީވީ މެދުވެރިކޮށް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ދައްކާ "ޓެލިކިލާސް" އަށް އޭޝިޔާ ސަރަހައްދުގެ ޝަރަފުވެރި އެވޯޑެއް ލިބިއްޖެ އެވެ.
އެ ޕްރޮގްރާމަށް ޔުނެސްކޯ ވެންހޫ އެވޯޑު ލިބިފައިވަނީ ބަލިމަޑުކަމުގައި މެދުކެނޑުމެއްނެތި ގައުމީ ޓީވީން ފިލާވަޅުތައް ދެއްކުމުގެ ޕްރޮޖެކްޓުންނެވެ. އެ އެވޯޑާއެކު ރާއްޖެއަށް 20،000 ޑޮލަރު ލިބިފައި ވެ އެވެ.
ޓެލިކިލާސް މެދުވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީން ކިޔަވައިދޭން ފަށާފައިވަނީ ކޮވިޑުގެ ސަބަބުން މިދިޔަ މާޗު މަހު ސްކޫލުތައް ބަންދުކުރުމަށްފަހު މާޗު 15، 2020 ގަ އެވެ. އޭގެ ފަހުން ސްކޫލުތައް ހުޅުވިއަސް ޕީއެސްއެމްގެ ޔެސް ޗެނަލާއި މުންނާރު އަދި ދިވެހި ޗެނަލުން ޓެލިކިލާސް ފިލާވަޅުތައް ދައްކާފައިވެ އެވެ.
މިދިޔަ ޑިސެމްބަރު 3 ގައި ސްކޫލުތައް ބަންދުވުމާއެކު ޓެލިކިލާސް މެދުކަނޑާލުމަށްފަހު މިނިސްޓްރީން މިހާރު އަންނަނީ އެ ޕްރޮގްރާމް ދެއްކުމަށް ތައްޔާރުވަމުންނެވެ.
Congratulations to our hardworking team who made #Telikilaas possible. A special thank you to @YES_Maldives, @DhivehiChannel & @alkaunmv for helping us telecast the lessons. https://t.co/j3rxRrcVDz
— Aishath Ali (@aisthly) February 21, 2021
ވެންހުއި އެވޯޑަކީ ޔުނެސްކޯ އޭޝިޔާ ޕެސިފިކް ޕްރޮގްރާމް އޮފް އެޑިއުކޭޝަނަލް އިނޮވޭޝަން ފޯ ޑިވެލޮޕްމަންޓާއި ނޭޝަނަލް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ފޯ ޔުނެކްސޯ ގުޅިގެން 2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އެވޯޑެކެވެ.
އެ އެވޯޑުގެ މަގުސަދަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ތައުލީމީ ދާއިރާ ކުރިއެރުވުމަށް އީޖާދީގޮތެއްގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރާ މީހުންނާއި އިދާރާތަކުގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް ހިތްވަރު ދިނުމެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ކާމިޔާބުކަމާއެކު ޓެލިކިލާސް ގެންދިއުމުގައި އެހީތެރިކަން ދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލީލީ
22 February 2021
އަދި އެވޯޑެއްދޭން ބޭނުންވޭ އެބަ 1 ހަފްތާގަ ނިމެންވީ ފިލާވަޅުތައް 2 ހަފްތާއިން ނިންމާ އެއްވެސް އޮންލައިން ކްލާހެއްނެތި ގެންދާތީވެސް. ސްކޫލަށް އެންމެ 2 ދުވަހު ދާންއޮތީމަ ކިޔެވުމުގައި ކުރިއަށް އެރި ތަންކޮޅު ފަހަތަށް ޖައްސާލާތީވެސް. ރޯޔަލް އާއިލާގެ ކަމަނާއެއް ޕްރިންސިޕަލަކަށް ހުރި ސްކޫލެއްގަ ވާ ގޮތެއް އެއީ.
ޢިބޫ
21 February 2021
މިއޮއް ދަތި ދުވަސްވަރުވެސް ތިޓެލެކްލާހަށް ކޮންމެ ދުވަހަކުހެން ކޮންމެވެސް އެއްޗެހި ތަކެއް ގަންނަށް އަންގާނެ ސްކޫލުން، އަދި ނުވިތާކަށް ބާތްޑޭ ޕާޓީ ތަށްވެސް އޮންލައިން ކޮއްބާއްވާ، ހަދަން ޖެހޭ ކޭކާ އެއްޗެހި ގަނެގެން ގޭގެ މޭޒުމަތީ އަތުރާގެން.
ޓީޗަރެއް
21 February 2021
އަސްލު ޓެލެކިލާހަކީ ޓީޗަރުން ގެ ވަރަށް ބޮޑުު ބުރަ މަސައްކަތެއް. ކުލާސްތަކުގެ ރެކޯޑިންގ ހެދުމަށް އަދި ޕްލޭން ކުރުމަށް ނުހަނު ގިނަ ވަގުތު ހޭދަވޭ. މި މަސައްކަތަކީ ދަރިވަރުންނަށް ކިޔަވައިދިނުމުގެ އާއްމު މަސައްކަތުގެ އިތުރަށް ހިލޭ ސާބަހަށް ކުރަންޖެހޭ މަސައްކަތަކަށް ވާއިރު ޓެލެކުލާސް ބަލައި އެއިން ފިލާވަޅު އުގެނި ދަސްކުރަނީ ކިތައް ކުދިންތޯ، ދަރިވަރުން މިކަމަށް ޝައުގުވެރިކަން ހުރިތޯ، ބެލެނިވެރިންގެ އިތުބާރު އޮތްތޯ، ބެލުމަށް ދިރާސާއެއް ކުރުން މުހިންމު
ޖަޒީރަތުލް މަހަލްދީބިއްޔާ
21 February 2021
ކޮވިޑުވެށުނުފަހުން ރާއްޖެ ހާދަ ވިދާލައިފިއޭ. މިއޮތީ އެވޯޑު ގެނައްސާ. ވެކްސިންދިނުމު އެންމެކުރީގައި ހިމެނޭގައުމެއް ރާއްޖެއަކީ. ދެން މިގައުމު ހިފާއްޓާނުލެވޭނެ.
މަހޭބެ
21 February 2021
އެވޯޑް ލިބުން އިރު ދަރިވަރުންނަށް ޓެލިކްލާހުން އެގުނު އެއްޗެއް ހަރާން
ސުޒީ
21 February 2021
އެހެންވީމައޭ އެވޯޑު އެލިބުނީ.
ބާލައާދަނު
21 February 2021
ޕްލޭނެއް ނެތި ކުއްލިއަކަށް އެހެން ކުރާ ކަންކަމުން ދަރިވަރުންނަށް މާ ބޮޑު ފައިދާއެއް ނުލިބޭނެ. އެހެން ނޫނަސް އަޅުގަނޑުމެންގެ މުޤައްރަރުތަކަކީ ކުލާސްރޫމުގައި ކިޔަވައިދީގެން ހާސިލްކުރުމަށް ތައްޔާރުކުރެވިފައިވާ އެއްޗެއް.
ސްކިޕަރ
21 February 2021
ބޭރު ތަންތަނަށް ހަބަރު ފޮނުވާފައި އޮންނަނީ ޓެލިކިލާސް ވަރަށް ކާމިޔާބުކަމަށް އެކަމަކު ކުދީންނަށް އެނގޭ އެއްޗެއް ނެތް ތެދެއް ތިޔަ ބުނީ. ޓެލިކިލާސް ފެއިލްވެގެން މިއޮތް ނުރައްކާ ޕެންޑަމިކުގައިވެސް ސްކޫލު ފަށަން މަޖުބޫރުވީ