ފްލެޓްތަކެއް: ރަށްރަށުގެ ބޯހިޔާވަހި ކަމަށް 500 މިލިއަން ރުފިޔާގެ ލޯން ދޫކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި --- ފޮޓޯ/ މިހާރު
21 ފެބުރުއަރީ 2021 - 12:00
ރަށްރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން 500 މިލިއަން ރުފިޔާ ލުއި ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ބައެއް ކެންޑިޑޭޓުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން 500 މިލިއަން ރުފިޔާ މި އަހަރު ދޫކުރަން ނިންމާފައިވާ ކަމަށާއި އެ ފައިސާ ދޫކުރާނީ ލުއި ލޯނެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް އެމަނިކުފާނު ރޭ ނުދެއްވަ އެވެ.
"އަޅުގަނޑުމެން މި އަންދާޒާ ކުރަނީ ގާތްގަނޑަކަށް 500 މިލިއަން ރުފިޔާ ވަރު ލުމަށް ފަހު ކޮންމެ ރަށަކަށް ލުއި ލޯނެއްގެ ގޮތުގައި އެކަން ކުރިއަށް ގެންދަން،" ރައީސް ވިދާޅުވި އެވެ.
ރައީސް އެގޮތަށް ވިދާޅުވިއިރު، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދާދިފަހުން ވިދާޅުވެފައިވަނީ ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ވިޔަފާރި އުސޫލުން ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ކައުންސިލްތައް މެދުވެރިކޮށް އެކަން ކުރުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެތެރޭގެއަޑު
21 February 2021
ޕްލޭނިންގ މިނިސްޓަރަކަށް އަސްލަމް ހުރިހާދުވަހަކު ތި ކަމެއްވިޔަކަ އޭނަނުދޭނެ، ވަރަށް ސާފުބަހުން އޭނަ އެއޮތީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެވާހަކަ ބުނެފައި، ރައްޔިތުންގެ ލޯބި ލިބިގެންވާ ރައްޔިތުންގެ ތާއީދު އޮތް ސަރުކާރަކަށް މިސަރުކާރު ހައްދަވަންބޭނުންފުޅުނަމަ ސަރުކާރުތެރޭގައިތިބި މިކަހަލަ އަމިއްލައެދުމުންފުރިފައިވާ ހުރިހާ ވަޒީރުން ބޭރުކޮށް ރައްޔިތުންގެ މަންފާއާއި ލާބައަށް މަސައްކަތްކޮށްދޭނެ ބަޔަކަށް ވަޒީރުކަންދެއްވަންވީ އެވެ.
ތަރަބެ
21 February 2021
އަޅާ ނިންމާފަހުރި ފްލެޓް ނުދެވިގެންއުޅޭ ބަޔަކަށްް ކޮން ލޯނެއް ދެވޭނީ؟ ޢިނތިޚާބު ކައިރިވާއިރަށް އުޑުން ތަރި ބާލަން ފަށާނެ.
ބޮޑުމީހާ
21 February 2021
ވައުދަކަށްފަހު ވައުދެއް!
1613905157
21 February 2021
ލުއި ލޯނޭ؟؟؟ ކީއްވެތަ ނުކެރެނީ އަދަދުން ބުނަން؟؟ %2.5 އިންޓަރެސްޓް 25 އަހަރުވެއްޖެޔާ ދެން ލުއިޔޭ ކިއިދާނެ.
ޙަބީބު.
21 February 2021
ކޮއްކޯ އިބުރާހިމާ ތިޔަލުއިލޯނު ވާހަކަ ނުދައްކާ އަހަރެން ކުޅުދުއް ފުށި ބުރާންޗުން 40.000 ރު ފިޔާގެ ލުއިލޯނެއް ނެގިން ލުއިކަމުން ސަލާމަތް ނުވެވޭ %18 އިންޓްރަސްޓްގަ އަދި މޮޅުތަންކޮޅަކީ ސެލަރީ ޖަމާވަނީ ޑޮލަރު އެކައުންޓައް ކަމައްވާތީ ކަނޑާލަނީ ޑޮލަރުކޮޅުން ގުޅާ ފަ އެހެންނުހަދަ ދިވެހިރު ފިޔާ އެކައުންޓުގަ ލޯނައްވާވަރައް ބަހައްޓާނަމޭ އެހެންނުހަދާށޭ ބުނީމަވެސް އެގޮތެއްވެސް ގަބޫލެއްނުކުރި ބޭރުގައުމުގަ އުޅޭ އަނބިދަރިންނައް ދަތިވާތީ އެހެންބުނީމަވެސް ވީމާ ލޯނ
އެމްއެމްޑީޑީޕީޕޯ
21 February 2021
ގެއެއް ހަދަން އެބަދޭ 10 މިލިއަންވަރު. އެހެން ކަމަށްވަނީ ނަމަ ތިބުނާ ފައިސާއިން ހެދޭނީ އެންމެ 50ގެ. 5 މިލިއަނަށް ގެއެއް ބެލިޔަސް އެކީ 100ގެ. މިވަރުން ބޯހިޔާވަހިކަން ހައްލުވޭތޯ؟؟ އެނެއްވާސް ކުލީގެ އަޅުންނަށް މީހުން ވުން ނޫން ގޮތެއް ނެތް.
ސާމިޔާ
21 February 2021
މަ ބޭނުން ތި ލޯނު ކޮންތާކަށް ހޯދަން ދާންވީ ވަޒީ ފާގަ އުޅޭތާ 15 އަހަރުވީ އެކަމަކު ރަށުގައޮތްގޭ ނޭޅިގެންް މިއުޅެނީ އެޗްޑީއެ ފްސީ އިންވެސް ލޯނުދެނީ ވެރިކަން ކުރާ ރަށްތަކުގަ އުޅޭމީހުންނަށް .ތީ އެނެތްކާ ކެންޕެއިނަށް ދައްކާ ވާހަކައެތް ނޫންބާ ސިޔާސީ މީހުން އަބަދުވެސް ރައީތުން ގުނބޯހައްދާވިއްޔަ ތިހެން މޮޅެތި ވާހަކަ ދައްކައިގެން
ލޯން
21 February 2021
ރައީސް ގެ ރިޔާސީ ވައުދެއް %05 އިންޓްރެސްޓް ލޯން ދޭން. ހައުސިން އަން. ކޮބާތޯ މިހާރު އެލޯން. ޢަނެއްކާ އާ ވައުދެއް. ޢެއީވެސް ހަމަ ވޯޓައް ދެތޯ...
ޢަވައްޓެރިޔާ
21 February 2021
ޙުރިހާ ރައްޔިތުންނަންވެސް ހަމަހަމ އުސޫލަކުން ލޯންލިބޭނެ ގޮތައްހަދާބަލަ. މުސާރަޔަން ބަލާ ފައެމައުންޓް ލިމިޓް އުސޫލް އުވާލަބަ. ޢެންމެންވެސް ބޯހިޔާވަހިކަން ބޭނުންވޭ ރައީސް. ކުޑަ މުސާރަ ލިބޭމީހާ ލޯން އަބުރާ ދައްކާ މުއްދަތު އިތުރު ކޮށްބަލަ. ރައްޔިތުމީހާގެ ވޯޓުން ވެރިކަމަށް އައިސް ރއްޔިތުމީހާ ބޭނުންވާގޮތައް ރައްޔިތުމީހާ އަށް މަންފާކުރާނެ ގޮތައް ތި ލޯން ސިސްޓަމް ބައްޓަން ކޮށްބަލަ ރައީސް
ރައްޔިތުމީހ
21 February 2021
ކަލޯ ބުނާކަން ބީއެމްއެލް އިން ހައުސިން ލޯނު ނެގީމަ ނަމެއްގަ 10% އެކަމަކު 100 % ރިޓާން ދައްކަންޖެހޭ. ލުއި ލޯނުގެ ވާހަކަ ދެއްކީމަ ބުނެލަން އޮތީ 10000 މުސާރަ ލިބޭ މީބާ 40000 ލުއި ލޯން. 30000 މުސާރަ ލިބޭމީހާ އަށް 200000 ލުއި ލޯން. ބަލަ އިބޫ. ޙުރިހާ ރައއޔިތުން ހަމަ މިދައްކަނީ ލޯން. މުސާރައިން ލޯން ލިމިޓް ކުރުމުގެ ބަދަލުގައި ކުޑަމުސާރަ ލިބޭމީހާ ލޯންގް ޕީރިއަޑް އަކަށް ބަހާލައިގެން ދޭއްކޭނެ ގޮތެއް ހަދާބަލަ. ޙުރިހާ ރައްޔިތުން ނަންވެސް ހަމހަމަ އުސޫލަކުން ލ