ގިނަ ބަޔަކު ވެކްސިން ޖެހުމުން ކޮވިޑް-19 ގެ އަލާމަތްތައް ފެންނާނީ އާދައިގެ ރޯގައެއްގެ އަލާމަތްތަކާ އެއްގޮތަށް ކަމަށް ޓެގް ޓީމުގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ. ވީހާ ވެސް ގިނަ ބަޔަކު ވެކްސިން ޖަހަން އޭނާ އިލްތިމާސް ކުރެއްވި.
ކޮވިޑް ވެކްސިން ޖަހަން ކިއު ހަދާފައި: މިހާތަނަށް 75،000 އަށް ވުރެ ގިނަ މީހުން ވެކްސިން ޖަހައިފި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
22 ފެބުރުއަރީ 2021 - 00:16
ކޮވިޑް-19 އިން ރައްކާތެރިވާން ގިނަ ބަޔަކު ވެކްސިން ޖެހުމުން، އެ ބަލި ވާނީ އާންމު ރޯގާއަކަށް ކަމަށް ޓެގް ޓީމުގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް މިރޭ ވިދާޅުވެއްޖެ އެވެ.
ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު ވިދާޅުވީ ވެކްސިން ޖެހުމުގެ މަގްސަދަކީ ކޮވިޑް ޖެހުމުން މީހާއަށް ކުރިމަތިވާ އަލާމާތްތައް ދަށް ކުރުމާއި އެ ބަލި ޖެހުމުން އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު ދަށް ކުރުން ކަމަށެވެ.
"މި ބަލި ހަގީގަތުގައި ވަކި ހިސާބަކުން ހަމަ އާންމު ރޯގާއަކަށް ވެގެންދާނީ، ގިނަ ބަޔަކު ވެކްސިން ޖަހައިފި ނަމަ،" ޑރ. ފައިސަލް ވިދާޅުވި އެވެ.
ވެކްސިންގެ އެންމެ ފުރިހަމަ ފައިދާ ކުރަން ފަށާނީ ދެވަނަ ޑޯޒް ޖަހާތާ ދެ ހަފްތާ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
*️⃣ COVID-19 : Vaccination updates pic.twitter.com/95qtF93Dt7
— Health Protection Agency (@HPA_MV) February 21, 2021
މިހާތަނަށް ވެކްސިން ޖަހާފައިވާ މީހުންގެ ތަފާސް ހިސާބު އާންމުކުރަން އެޗްޕީއޭ އިން ކުރި ޓްވީޓެއް
ކޮވިޑް ވެކްސިން ޖަހަން ރާއްޖޭގައި ފެށީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. މާލެ ސަރަހައްދުން މިއަދު 3،310 މީހުން ވެކްސިން ޖެހި އިރު ރަށްރަށުން 1،694 މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ. ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 75،013 އަށް ވަނީ އަރައިފި އެވެ.
ފައިސަލް ވިދާޅުވީ ގިނަ ބަޔަކު ވެކްސިން ޖެހުމުން، ވެކްސިން ނުޖަހާ މީހުން ވެސް ރައްކާތެރި ކުރެވޭނެ ކަމަށެވެ. މާބަންޑު މީހުންނާއި 18 އަހަރުން ދަށުގެ ކުޑަކުދިންނަކަށް ވެކްސިނެއް ނުޖަހަ އެވެ. އެ ދެ ކެޓަރީގެ މީހުންގެ ރައްކާތެރި ކަމަށްޓަކައި ވެސް އެހެން މީހުން ވެކްސިން ޖަހަން އޭނާ އިލްތިމާސް ކުރެއްވި އެވެ.
ކޮވިޑުން ރައްކާތެރިވާން ކުރަމުން އަންނަ މަސައްކަތުގައި ދެމިތިބުން މުހިއްމުކަން ފައިސަލް ފާހަގަކުރެއްވި އެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވައިރަހަކީ އޭގެ ޒާތުގައި ވައިގައި ގިނަ އިރު އުޅެވޭނެ އެއްޗެއް ނޫން ކަމަށެވެ. ވައިރަހަށް ދިރިއުޅެވޭނީ "ހޯސްޓް" އެއްގެ ތެރޭގައި ކަމަށް ވުމުން، އެ ފުރުސަތު ނުދިނުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 18،769 އަށް އަރައިފަ އެވެ. މިއަދު ޕޮޒިޓިވްވި 157 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 103 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 20 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 34 މީހަކު ހިމެނެ އެވެ. މި ބަލި ޖެހިގެން މިހާތަނަށް 60 މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލުމަށް އެދެމޭ
22 February 2021
ދެން ކުއްލިނުރައްކާ އުވާލަންވީނުން...އާދައިގެ ރޯގާއަކަށް ކޮވިޑް ބަދަލުވެއްޖެ އެއްމެފުރަތަމަކޮޅުވެސް..މޑޕ މަޖުލިސް މެމްބަރުން އެހެންބުނީ..އަދި ސަރުކާރާ މޑޕ މީހުންގެ ފަހަތުން ކޮވިޑެ ދަތުރެނުކުރޭ..ރައްރަށަށް ދާންވީމަދަނީ ޗޕއ ބުނެލަންޖެހެނީ ތިމަންމެންގެ ހުއްދަދީގެންނޭދިޔައީ..ކޮވިޝީލްޑް ވެކްސިން ޖެހުމަށް އެދެންވީނުން ދުނިޔޭގެ ހުރިހާގައުމެއްގަވެސް ޗއސ އިން..ކޮވިޑްގެ އެއްމެފަހުގެ ދިރާސާ މިހޯދީ ރާއްޖެއިން..މަރުހަބާ..މަރުހަބާ..
ތޯމަސް
22 February 2021
މި ރޯގާ ޖެހި ރެކޯޑް ކުރެވޭ މީހުންގެ ތެރޭން ފުރާނަ ގެއްލޭ މީހުންގެ އަދަދަކީ (ކޭސް ފެޓެލިޓީ ރޭޓް) 0.31% ބަލި ޖެހި ރެކޯޑް ނުކުރެވޭ އަދަދު ގިނަ ވާނެ ކަމަށް ބެލެވޭތީ މިބަލި ޖެހި ފުރާނަ ގެއްލޭ މީހުންގެ އަދަދަކީ (އިންފެކްޝަން ފެޓަލިޓީ ރޭޓް) ލަފާކުރެވޭ ގޮތުގައި 0.17% މީގެ މާނައަކީ 500،000 މީހުންނަށް މިބަލިޖެހިއްޖެ ނަމަ އޭގެ ތެރޭން 850 މީހުންގެ ފުރާނަ ގެއްލޭނެއެވެ. ކުޑަ ގައުމަކަށް މީ ބޮޑު އަދަދެކެވެ. ވެކްސިނުން މިއަދަދު ކުޑަކުރެވޭނެކަމަށް ބެލެވެއެވެ.
ކުލަ
22 February 2021
ބަލިޖެހޭ ގިނަ މީހުންނަށް މިހާރުވެސް އެއީ އާދައިގެ ރޯގާއެއް. އަނެއްބަޔަކަށް އާދައިގެ ރޯގާއަކަށްވުރެވެސް ކުޑަކޮށް އުނދަގޫވާ ބައްޔެއް.
ޒެނެކާ
22 February 2021
މިހާރުވެސް ރާއްޖޭގެ ގިނަ މިހުން ދެކެނީ މީ އާދައިގެ ރޯގާއެއްގެ ޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮގޮތުގަ. މީހުން ރާއްޖޭގަ އަހަރަކު މަރުވާ ނިސްބަތް އެންމެ ތަންފުކެއްވެސް މައްޗެއްނުވޭ. މީތި މާބޮޑކޮށްގެން އުޅެނީ ބަޔަކު ނުބައި މަގްސަދެއްގައި އަމިއްލަ ފައިދާޔަށް. ތަފާތު ބިރުވެރި ވާހަކަތައް ދައްކައިގެން މި ރޯގާގެ ހަގީގަތް ވަނީ އޮޅުވާލާފަ.
ސިކްސް
22 February 2021
ވެކްސިންނުޖަހާ ތިބި ކެޓަގަރީތަކުގެ މީހުން ކިހިނެތް ސަލާމަތްވާނީ އެހެން މީހުން ވެކްސިންޖެހިއަސް އެ ބަލި އެމީހުންގެ ފަރާތުން ފެތުރުމުގެ ޗާންސް އޮންނަނަމަ. ޑރ ތިޔަ ބުނުއްވަނީ ވެކްސިންޖެހުމަކީ ހަމައެކަނި އެވެކްސިން ޖަހާ މީހާ ބަލިން ދިފާއުކޮށްދީ އެމީހާއަށް ބޮޑުވަރުނުވާން ޖަހާ އެއްޗެއްކަމަށް. އޭގެ މާނައަކީ ވެކްސިންޖެހިއަސް ތިމާއަށް ކޮވިޑްޖެހިދާނެކަމާ ބަލިޖެހިއްޖެނަމަ ތިމާގެ ފަރާތުން އެހެން މީހުންނަށް އަރާނެއޭނޫންބާ؟
ސޭކެއް
22 February 2021
ކުޑަ ކުދިންގެ ޑޮކްޓަރަކު ބައިޕާސް ސަރޖަރީ ހަދާނަމަ ވާނީ ކިހިނެތް؟
ގްރޭޑް
22 February 2021
ކޮމާސް ޑިގްރީއަށް ކިޔަވާ މީހަކު ގްރޭޑް 7 ގެ ޓެސްޓެއްގައި ބައިވެރިވީމަ ވާނީ ކިހިނެތް؟
އަހުމަދު1
22 February 2021
އެކަމު އާދައިގެ އަލާމާތް ތައް ފެނުނަސް އޭނާގެ ފަރާތުން ބަލި ފެތުރޭނެ ކަމަށް ލަފާކުރެވެނީ!
ފޫޅު އަލިބޭބެ
22 February 2021
މިކަހަލަ ޚަބަރު ކިޔާފައި އަހަރުމެން ކަހަލަ ނުކިޔަވާ ތިބި މީހުން ހެއްލިދާނެ. އެކަމަކު ކިޔަވައިގެން ތިބި މީހުންނަށް އެނގޭނެ މިއީ ވެކުސިން ޖެހިޔަަަަސް ނުޖެހިޔަސް އާދައިގެ ރޯގާއެއްކަން. ތިޔަ ބުނާ އާދައިގެ ރޯގާގައި މަރުވާ ސިއްޙަތު ދެރަ ބަލި މީހުންނާ މުސްކުޅީންގެ ތަފާސް ހިސާބު ނަގާފަ ޖަހާ ބަލަ. އެއިރަށް އެނގޭނެ. މިއީ ހަމަ އާދައިގެ ރޯގާއެއް. މިބާވަތުގެ ރޯގާ އެއްކޮށް ކޮންޓުރޯލު ކުރުމަކީވެސް ވާނޭކަމެއް ނޫންކަން ކިޔަވައިގެން ތިބޭ މީހުންނަށް އެނގޭނެ
އަހުމަދު
22 February 2021
ތިބުނީ ހެޔޮކޮށް!
އިބްރާ1
22 February 2021
މީ އާދއަިގެ ރޯގާއެއްނޫން. މިރޯގާ ފެތުރޭ ވަރާ އެޑްމިޓް ކުރަންޖެހޭ އަދަދު ވަރަށް ބޮޑު.
ތެދެއްނު
22 February 2021
ބަލިޖެހުނަސް އަލާމާތްނެތި ކަމެއްނުވާ މީހުން އޭގެ ތެރެއިން އެންމެ ގިނައީ. ބަލިބޮޑުވާ/މަރުވާ މަދު އަދަދުތައް ގުނައިގެން ބިރުގަތީ. ބަލައިގެން އުޅުނަސް ބަލި ޖެހެންވީމަ ހަމަ ޖެހެނީ. ބަލީގަ މަރުވާންހުރިނަމަ ގޭގެ އެންމެ އެތެރޭގަ ނުނިކުމެ އޮތަސް މަރުވާނެކަންވެސް ފެނިއްޖެ. މަރުވާންނެތްނަމަ ފަރުވާކޮށްގެން އެބަ ރަގަޅުވޭ 90، 100 އަހަރުން މަތިވިއަސް ކިތަންމެ ސިއްހީ މައްސަލައެއް ހުއްޓަސް.
ކިޔަވައިގެންހުރިމީހެއް
22 February 2021
ބަލަ ކިޔަވައިގެން ތިބިމީހުންނޭ ކަންކަން އެތިބަގެން ނިންމަނީ. ދެން ނުކިޔަވާތިބިމީހުން މަޑުން ދުރުގައި ތިބެބަލަ، ކިޔަވައިގެން ތިބިމީހުން ކަންކަން ކޮށް ނިންމީމާ އޭގެ ރާހަތާއި ފޮނިކޮޅުބޯން. #ލަދް
ޓަކުރު
22 February 2021
ރާއްޖޭ ގިނަ ރައްޔިތުން ހޭލުންތެރި ވާންވެއްޖެ. ގިނަ ބައެއްގެ ޖާހިލު ކަމުގެފައިދާ ބަޔަކު ނަގަމުން ގޮސް ބަޖެޓު ދޮވެލައިފި. ޢާދައިގެ އަރިދަފުސް ރޯގާއަކަށް 3.5 ބިލިޔަން ހަރަދު ކޮށްލި އިރު މީ ގެދޮރު ނެތް ހުރިހާ އެންމެނަށް ބޯހިޔާވަހިކަން ހޯދައި ދެވޭނެ އަދަދެއް.
ރާއްޖެ
22 February 2021
ކޮބާ ޑރ އަލީ ލަތީފު؟
ޟިނާ
22 February 2021
ޑރ ފައިސަލް އަށް މާބޮޑަށް އެނގެނީ