ޚަބަރު / ސުޕްރީމް ކޯޓް

ޕީޕީއެމް މީހެއްގެ ކެންޑިޑެސީ އީސީން ބާތިލްކުރީ ގާނޫނާ ޚިލާފަށް: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓު: ޕީޕީއެމް ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބަލައިގަންނަން ވަނީ އަމުރު ކޮށްފައި --- ފޮޓޯ/މިހާރު

ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރި ކެންޑިޑޭޓެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ހަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހު ބާތިލްކުރީ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ކަމަށް ބުނެ އެވެ. އޭނާގެ ކެންޑިޑެސީ ބާތިލް ކުރުމުން އެ ގޮނޑިއަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އިންތިޚާބަކާ ނުލައި ހޮވުނު ކަމަށް އޮތީ އިއުލާންކޮށްފަ އެވެ.

އެ މައްސަލަ ހަސަން މޫސާގެ ފަރާތުން ހުށަހެޅުމުން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ހަސަން މޫސާގެ ކެންޑިޑެސީ ބާތިލްކުރީ އޭނާގެ ކެންޑިޑެސީ ބަލައިގަތް ކަން އެންގުމަށް ފަހު ކަމަށެވެ. އިންތިޚާބަށް ކުރިމަތިލާތާ 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާއިރު، އެ މުއްދަތު ހަމަވުމަށް ފަހު މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް އަމިއްލައަށް ބާތިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މީހެއްގެ ކެންޑިޑެސީ ބަލައިގަތުމަށް ފަހު އެ ކޮމިޝަނަށް ފަހުން ލިބޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް މީހެއްގެ ކެންޑިޑެސީ ބާތިލް ކުރެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށެވެ. އަދި ހަސަންގެ ކެންޑިޑެސީއާ މެދު ގޮތެއް ނިންމަން އެ ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުމުން އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކޮށްފައި ނުވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އެކަންކަން ފާހަގަ ކުރައްވައި، ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހަސަންގެ ކެންޑިޑެސީ ބާތިލްކޮށް، އިލެކްޝަންސް ކޮމިޝަނުން އޭނާއަށް އެންގީ ގާނޫނާ ޚިލާފަށް އެންގުން ބާތިލްކުރާ ކަމަށެވެ. އަދި އޭނާގެ ކެންޑިޑެސީ ބާތިލް ކުރަން ސުޕްރީމް ކޯޓުން ނުނިންމާހާ ހިނދަކު، ކެންޑިޑޭޓުންގެ ލިސްޓުން އޭނާގެ ނަން އުނި ނުކުރަން އިލެކްޝަންސް ކޮމިޝަނަށް އަންގާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

8 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޜީޝާ

23 February 2021

ސްޕްރީމްކޯޓުގައި ތިއްބްވީ ކަމުގެ ތަޖުރިބާއާއި އެކަމުގެ ޢިލްމު ލިބިވަޑައިގެން ތިއްބެވި ފާނޑިޔާރުންނެވެ. އެބޭފުޅުން މައްސަލަތައް ފައިޞަލާކުރެއްވުމުގައި ގެންގުޅުއްވާ ޢަދުލުވެތިކަން މިންކުރާނީ ރައްޔިތުންނެވެ. އަދުލުވެރި ޙާކިމެއްގެ ޙައްޤު ނިޔާކަނޑައެޅުން 7 އުޑުގެ މައްޗަށް އުފުލި ﷲގެ ރުހިވޮޑިގަތުން އެ ފަނޑިޔާރަކަށް ލިބިގެން ދިޔުމަށްވުރެ ވަކިން ބޭނުން އެހެންކަމެއް އޮންނާނޭހެއްޔެވެ؟

The name is already taken The name is available. Register?

ޢަލީބެ

23 February 2021

ސުޕްރިމްކޯަތުގެ ރަޖިސްޓްރާރަކަށް އިނީ ޕީޕީއެމް ޕަޕެޓެއް.

The name is already taken The name is available. Register?

ޅަބޭ

23 February 2021

މާދަމާ ތިހުކުންކުރި ފަނޑިޔާރުގެ އަހުލާގީ މައްސަލައެއް ޖޭއެސްސީއައް ވައްދާނެ.

The name is already taken The name is available. Register?

އަހޭ

23 February 2021

ޔަގީނުން މިހާރު އިންސާފު ގާއިމް ކުރެވިއްޖެ!!!!!!!!!!!!

The name is already taken The name is available. Register?

1235

23 February 2021

ފަނޑިޔާރުގެ މިނިވަންކުރުމުގެ ވައުދު ފުއްދައިފި. ޕީޕީއެމް ވެރިކަންނަމަ...

The name is already taken The name is available. Register?

ޙަބީބު.

23 February 2021

އިލެކްޝަން ކޮމިޝަނުން ޕީޕީއެމް މީހުންނާ ދޭތެރޭ އަމަލުކުރަނީ ވަރައް ބޭއިހުތިރާމުކޮއް ހިތަކައް ނާރާ ތިމާމެންގެ ބާރު އޮތީތީ މަރުވާނެކަމައްވެ ސް

The name is already taken The name is available. Register?

ބޮކި

23 February 2021

ޕީޕީއެމް ކުދިންކޮޅު ވަރަށް އުފާވާނެ މިޔަދު.....

The name is already taken The name is available. Register?

ފާމްދޭރި

23 February 2021

ޕިޕީ.އެމްގެ ވރިކަމެއްގަ އެމްޑީޕީ މީހެއްގެ ކޮޅަށް ނިމުނުނަމަ ގާޒީގެ ދުވަސްދިޔައީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454