މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑް ޚަބަރުތައް ކުރުކޮށް

"ޓައިމް ޓު ޑާންސް" ގެ ޕޯސްޓަރެއް.

26 ފެބުރުއަރީ 2021 - 08:27

ކަންގަނާ ރަނާވަތުގެ "ތަލައިވީ" އަންނަ އެޕްރީލް މަހުގެ 23 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން އެއްކޮށް ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް އެ ފިލްމަކީ 2016 ގައި އަވަހަރާވި އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.

ކަންގަނާ ޓައިޓްލް ރޯލު ކުޅެފައިވާ "ތަލައިވީ" އޭއެލް ވިޖޭ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމު ހިންދީ، ތަމަޅަ އަދި ތެގެލޫ ބަހުން ގެނެސްދޭނެ އެވެ.

"ތަލައިވީ" ގެ ކާސްޓްގައި އަރުވިންދު ސްވާމީ، ބަގިޔާޝްރީ، މަދޫ، ޕްރަކާޝް ރާޖް އަދި ޖިއްޝޫ ސެންގުޕްތާ ފަދަ ތަރިން ހިމެނެ އެވެ. މި ފިލްމަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ.

"ތަލައިވީ" ރިލީޒްކުރާ ތާރީހު ރިލީޒްކުރާ އިރު މިދިޔަ ހަފުތާގެ ތެރޭގައި ކަންގަނާ ވަނީ އޭނާގެ އެކްޝަން ފިލްމު "ދާކަޅް" ގެ ޝޫޓިން ވެސް ނިންމާލައިފަ އެވެ. ކަންގަނާ ދެން މަސައްކަތް ފަށާނީ "ތޭޖާސް" ގަ އެވެ.

"މުމްބާއީ ސާގާ" ގެ ޓީޒާ ދައްކާލައިފި

އަންނަ މަހުގެ 19 ގައި ރިލީޒްކުރަން ނިންމި ގޭންގްސްޓާ ފިލްމު "މުމްބާއީ ސާގާ" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ޖޯން އަބްރަހަމް ގޭންގްސްޓާރެއްގެ ރޯލު ކުޅެފައިވާ އިރު، އޭނާ ހަމަބިމަށް ގެނެސް މައިތިރިކުރަން މަސައްކަތްކުރާނީ ފުލުހެއްގެ ރޯލު ކުޅެފައިވާ އިމްރާން ހާޝިމީ އެވެ.

މީގެ ކާސްޓްގައި ސުނިލް ޝެޓީ، ޕްރަތީކް ބައްބަރް، ކާޖަލް އަގަރްވާލް، ގުލްޝަން ގްރޯވާ، ރޯހިތު ރޯއި، އަންޖަނާ ސުޚާނީ، މަހޭޝް މަންޖްރޭކަރް، ސަމީރް ސޯނީ އަދި އަމޯލް ގުޕްތޭ ފަދަ ހިމެނެ އެވެ.

އާންމުކޮށް ގޭންގްސްޓާރުންގެ ފިލްމުތައް ގެނެސްދޭ ސަންޖޭ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2017 ގައި ރިތިކް ރޯޝަނާއި ޔާމީ ގޯތަމް ފެނިގެން ދިޔަ "ގާބިލް" އެވެ.

"ފައުޖީ ކޯލިން" މާޗް 12 ގައި

ޝަރުމަން ޖޯޝީ ސިފައިންގެ މީހެއްގެ ރޯލު ކުޅެފައިވާ "ފައުޖީ ކޯލިން" އަންނަ މަހުގެ 12 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

އާރިއަން ސަކްސޭނާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ރާންޖާ ވިކްރަމް ސިންގް އާއި ބިދިތާ ބަގް، މާހީ ސޯނީ، މުގްދާ ގޮޑްސޭ އަދި ޒަރީނާ ވައްހާބް ހިމެނެ އެވެ.

"ފައުޖީ ކޯލިން" އަންނަ މަހުގެ 12 އަށް ތާވަލުކުރި އިރު ހަމަ އެ ތާރީހުގައި ކެޓްރީނާ ކައިފްގެ ކޮއްކޮ އީޒަބަލް ކައިފް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ޓައިމް ޓު ޑާންސް" ވެސް ރިލީޒްކުރާނެ އެވެ.

"ފައުޖީ ކޯލިން" އާއި "ޓައިމް ޓު ޑާންސް" ގެ އެއް ދުވަސްކުރިން ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯގެ "ރޫހީ" ރިލީޒްކުރާނެ އެވެ.

"ޓައިމް ޓު ޑާންސް" ގެ ޓީޒާ

ކެޓްރީނާގެ ކޮއްކޮ އީޒަބެލް ކައިފް ބޮލީވުޑަށް ނެރޭ ފިލްމު "ޓައިމް ޓު ޑާންސް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ ޓީ ސީރީޒާއި ރެމޯ ޑި ސޫޒާ ގުޅިގެން ޕްރޮޑިއުސްކޮށް، ސްޓޭންލީ ޑި ސޫޒާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ޓައިމް ޓު ޑާންސް" ގެ ބަތަލަކީ ސޫރަޖް ޕަންޗޯލީ އެވެ.

ނެށުމުގެ ތެރެއިން ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 12 ގަ އެވެ. މީގެ ކާސްޓްގައި ސާގިބް ސަލީމާއި ވަލޫޝާ ޑި ސޫޒާ އާއި ރާޖްޕަލް ޔާދަވް ވެސް ހިމެނެ އެވެ.

"ޓައިމް ޓު ޑާންސް" އަކީ އެއްކޮށްހެން އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ ފިލްމެކެވެ.

އީޒަބެލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސަސްވަގަތަމް ޚުޝާމަދީދު" އަދި "ކުވާތާ" ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454