ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅާފައިވާ ޓަވަރެއް: އެއް ކޮޓަރީގެ 1600 ފްލެޓް ދޭން ކުރީގެ ސަރުކާރުގައި އިއުލާންކުރި. -- ފޮޓޯތައް: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
25 ފެބުރުއަރީ 2021 - 12:14
ހިޔާ މަޝްރޫއުގައި ދޭން އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓުތަކަށް ހުށަހެޅި ފޯމުތައް ފަހު ވަގުތު ބާތިލު ކުރުމުގައި ގާނޫނާ ޚިލާފު ކަންތައްތަކެއް ހިނގިތޯ ބަލައި މައްސަލަ ޝަރީއަތަށް ހުށަހަޅަން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)ން މަސައްކަތް ފަށައިފި އެވެ.
އެ ތަނުން ބުނީ ހިޔާ މަޝްރޫއުގެ 7،000 ފްލެޓާ އެކު ދޭން ނިންމި އެއް ކޮޓަރީގެ ފްލެޓުތައް ނެތް ކަމަށް މި ސަރުކާރުން ނިންމައި ފޯމުތައް ބާތިލު ކުރުމުގައި ގާނޫނާ ޚިލާފު ކަންކަން ހިންގާފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ހުށަހަޅަމުން އަންނަ ކަމަށެވެ.
ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތެއްގެ ވެސް އަސާސީ ހައްގަކަށް ވާތީ، އެއް ކޮޓަރީގެ ފްލެޓުތަކުގެ ފޯމުތައް ބާތިލު ކުރުމުގައި ގާނޫނީ ހަމަތަކާ ހިލާފު ކަންތައްތަކެެއް ހިންގާފައިވޭތޯ އެ ޖަމިއްޔާ އިން އަންނަނީ ދިރާސާ ކުރަމުންނެވެ. އެފަދަ އަމަލެއް ހިންގި ކަމުގެ އެކަށީގެންވާ ހެކި ލިބިއްޖެ ނަމަ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގައި އެހީތެރިވެދޭނެ ކަމަށް ޕީއައިއެލްސީން ބުންޏެވެ.
އެ ތަނުން ބުނިގޮތުގައި، ފުރަތަމަ މަސައްކަތް ކުރާނީ ކަމާ ބެހޭ އިދާރާތަކާ ވާހަކަ ދައްކައިގެން ހައްލު ކުރެވޭތޯ ބެލުމަށެވެ.
"މި ދެންނެވި ގޮތަށް ވާހަކަ ދައްކައިގެން މައްސަލަ އަށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ހައްލު ނުކުރެވިއްޖެ ނަމަ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް މި ޖަމިއްޔާއިން ވަނީ ނިންމައިފަ އެވެ،" ޕީއައިއެލްސީގެ ބަޔާނުގައިވެ އެވެ.
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި ހިޔާ މަޝްރޫއުގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓްތައް ލިބުނު ގިނަ ބަޔަކަށް ފްލެޓް ނުދީ އެ ފްލެޓްތައް ބާތިލުކުރަން ޖެހުނީ އެ ފްލެޓުތައް އަޅަން ކުންފުނިތަކާ ހަވާލުކުރި އެއްބަސްވުމާ އެއްގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަމަލުކޮށްފައި ނުވާތީ އެވެ.
ފްލެޓު ކޮމިޓީން ގޭގެ އަށް ގޮސް ހާލަތު ވެސް ބެލުމަށް ފަހު ފޯމުތައް ބާތިލްކުރީ އެއް ކޮޓަރީގެ ފްލެޓްތައް ދޭން ނިންމި އަދަދަށް ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ
އަސްލަމް ވިދާޅުވީ އެއް ކޮޓަރީގެ އެޕާޓްމެންޓުތައް އަޅަން 20 ކުންފުންޏަކަށް ދޭން ސަރުކާރުން އޭރު ނިންމައި އެއްބަސްވުންތަކުގައި ސޮއިކުރީ ނޮވެމްބަރު 5، 2017 ގައި ކަމަށެވެ. މީގެ ތެރެއިން ގިނަ ކުންފުނިތަކުން ފްލެޓުތަކުގެ މަސައްކަތް ނުވެސް ފަށާ ކަމަށާއި މި ވަގުތު އެއްބަަސްވުން ޓާމިނޭޓް ނުކޮށް އޮތީ ހަތް ކުންފުނި ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމަލު
25 February 2021
މިހާރު އަސްލަމކީ އެހެން ޕާޓީއެއްގެ މިނިސްޓަރެއް ނަމަ، ހުންނާނެ ފޯރިއެއް އިތުބާރުނެތް ކަމުގެ ވޯޓު ނަގަން
ކކކކ
25 February 2021
ރެނދުކޮމިޓީ ޠާހާ ތަހުގީގު ކުރަނީތަ؟
ޢަހު
25 February 2021
ތިނަދޫ ގަ ދިރިއުޅޭ މީހުންނަށް ފްލެޓް ލިބުނީ ކޮން އުސޫލަކުން މާލޭގަ ދިރިއުޅޭ މީހުންނަށް އެކަނި ހުޅުމާލެން ފްލެޓް ދޭން ނިންމީ އެކަން ރައްރަށުގަ އުޅޭ މީހުންނަށްވެސް ފްލެޓް ލިބުނު މީ ކިހާ ހެްްއްވާކަމެއް
އަރުތަ
26 February 2021
ތިކަން އޮތީ ތިވިދާލުވިގޮތަށް، ކުރިންވެސް މިހާރުވެސް، އަދި ކުރިޔަށް އޮތްތާގަވެސް ތިކަން ކުރިއަށް ދާނީ ހަމަ ތި ވިދާޅުވި އުސޫލުން، ވަރަށް ހަމަހަމަ ކޮށް އިންސާފުވެރިކޮށް................
ސަސަ
25 February 2021
ޑރ.މުއިއްޒު ހެދީ ހުރިހާ ގޯހެއް. ސިވިލް އިންޖިނިއަރިނގ އިން ޕ.އެޗް. ޑީ ހަައްދަވައިގެން ނަކަސްތެޅީ. އޭނާ ލަދުގަންނަން ޖެހޭނެ.
ޕްރޮފެސަރު
25 February 2021
3 އަހަރުން ލިސްޓެއް ފައިނަލް ކޮއްލަން ނޭގިގެން މިއުޅެނީ މުއިއްޒުއަށް ތަ؟ ފްލެޓް ބޭނުން ނުވާ ކަމަށް ބުނީ މުއިއްޒުތަ؟
ާ ނެކްސްޓް
25 February 2021
ނުދޭން ނިންމީ މީހާ މައްސަލަ ބަލައި ނިންމާނީ މައްސަލައެއް ނެތްކަމަށް ?
އަރުތަ
26 February 2021
އާނ ތިވާހަކަ، ރައްޔިތުން ހޯބޯ ލަވަންފެށީމަ ބަޣާވާތްކުރި މީހުން ޒާތެއްގެ ކޮމެޓީއެއް އުފެއްދީ އެވެރިން ބަޣާވާތެއް ނުހިންގާކަން ރައްޔިތުންނަށް އަންގަދޭން، އެގޮތަށް އަމިއްލައަށް އެކަން ކޮށްގެން އެތިބީ، އެކަމަކު އެނގޭބަޔަކަށް އެނގޭނެތާ ހަމަ ކުރީ ބަޣާވާތެއްކަން.........
ލާލުޕަރީ
25 February 2021
ތިކަން ވާނީ ބިލާހަކައް
ބަބުރަންޖީ ހާޖީ
25 February 2021
ބަލައިފިއްޔާ ހޭވިހަޑި ފެންނާނެ.
ހަސަންމުނީރު
25 February 2021
ވަރަށް ރަނގަޅު ކަމެއް. ފްލެޓުން ވައްކަން ކުރި އެންމެންނަށް ހައްޤު އަދަބު ލިބެން ޖެހޭނެ
އަރުތަ
26 February 2021
ފްލެޓުން ވައްކަންކުރި ކަމަށް ވާނީ، ބަޔަކަށް ނުދީ ފްލެޓުތަކުން ބައެއް ރައްކާކޮށްފަ ހުރިއްޔާ، ހުރިހާ ފްލެޓެއްވެސް ރައްޔިތުންނަށް ދީފަ ހުރިއްޔާ ފްލެޓުން ވައްކަން ކުރި ކަމަކަށް ނުވާނެ، ދެން ސުޕާރީދީގެން ހޯދާ ފްލެޓްތަކަކީ އަދި މުޅިން އެހެން ކަމެއްތާ.