އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި. ސަރުކާރުން މަޖިލީހަށް ފޮނުވާނެ ކަމަށް ބުނެފައިވާ ބިލްތައް އަދިވެސް ނުފޮނުވާ.
02 މާޗް 2021 - 10:00
މި އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ބުނެފައިވާ ބިލްތައް އަދިވެސް ނުފޮނުވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މިއަދުގެ ޖަލްސާ ފެއްޓެވުމަށް ފަހު ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ބިލުތައް ނުފޮނުވާތީ މަޖިލީހުގެ މަަސައްކަތް ވަަރަށް މަދުވެއްޖެ ކަމަށެވެ. ނަޝީދު ވިދާޅުވިގޮތުގައި މަޖިލީހަށް މިހާރު ފޮނުވާފައި ހުރި ބިލްތަކުގެ މަސައްކަތް ނިންމަން ސުންގަޑި ކަނޑައަޅައި، އެ ބިލްތަކުގެ މަަސައްކަތް ކޮމިޓީތަކުން އަންނަނީ ކުރަމުންނެވެ.
"މަޖިލީހުގެ ކޮންމެ ދައުރެއް ފަށާއިރު، އެ ދައުރަކަށް ސަރުކާރުން ފޮނުއްވަވާނެ ބިލްތަކުގެ ލިސްޓެއް މަޖިލީހަށް ލިބޭ. މި ދައުރުގައި ވެސް އެ ލިސްޓު ވަނީ ލިބިފައި. އެހެން ނަމަވެސް ލިސްޓާ ގުޅޭ ބިލެއް އަދި ވަނީ ނުލިބި،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، ބިލްތައް ޑްރާފްޓް ކުރުމަށްޓަކައި މަޖިލީހުން ކުރެވެން ހުރި މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މަޖިލީހުގެ އެކިއެކި މެމްބަރުންނާއި ކޮމިޓީތަކުން، ބިލްތަކުގެ ތަސައްވުރުތައް އެކުލަވާލާފައިވާ ކަމަށާއި ސިޔާސީ ޕާޓީތަކުން ވެސް އެ މަސައްކަތްތައް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނު ވިދާޅުވީ ބިލުތައް ނުފޮނުވާތީ މަޖިލީހުގެ މަސައްކަތް މަދުވެފައިވާ ކަމަށް.
ބޭނުންވެފައިވާ ގިނަ ބިލްތަކަކީ ނަޝީދު ވިދާޅުވިގޮތުގައި ފައިސާއާ ވެސް ގުޅުންހުރި ބިލްތަކަށް ވާތީ، އެ ބިލްތައް މަޖިލީހަށް ފޮނުވަން ޖެހޭނީ ސަރުކާރުންނެވެ. އެހެންވެ، ބަންޑާރަނައިބު އިބްރާހިމް ރިފްއަތާ ބައްދަލުކުރައްވައި، މަޖިލީހަށް އަވަހަށް ފޮނުއްވެން ހުރީ ކޮންކޮން ބިލެއްކަން އޮޅުންފިލުއްވާނެ ކަަމަށް ވެސް މަނިކުފާނު ވިދާޅުވި އެވެ. ބިލުތައް ނުލިބި ހުރި އިރު، އެމްޑީޕީގެ ލީގަލް އެޖެންޑާގައި ކުރަން ހުރި ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އެހެންވީމާ ބިލްތަކުގެ ކަންތަކުގައި އޭޖީއާ ވާހަކަ ދައްކަވަންވީ ހަގީގަތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ކަަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"މަޖިލީހުގެ އިދާރާ އަށް މިކަމުގައި ކުރެވޭނެ ވަކި ހާއްސަ މަސައްކަތެއް ނޯންނާނެ. އެހެން ނަމަަވެސް ރައްޔިތުން ވަރަށް ބޮޑެތި މުސާރަ ދީފައި އަދި ވަރަށް ގިނަ، ބޮޑު އުއްމީދުކޮށްފައި އޮންނަ މަޖިލީހެއްގައި ބޭނުންވާ ވަރަށް މަސައްކަތް ކުރިއަށް ނުދެވެންޏާ އެއީ ރައްޔިތުން ކަންބޮޑުވާނެ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
މަޖިލީހަށް ސަރުކާރުން ފޮނުވަން ޖެހޭ ބިލްތައް ނުފޮނުވާތީ ކުރާނެ މަސައްކަތެއް ނެތިގެން، މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ވެސް ވަނީ ކުރިން ފާޑު ވިދާޅުވެފަ އެވެ. ސަރުކާރުން ބުނެފައި އޮތީ މި އަހަރުގެ މި ދައުރަށް 33 ބިލް ފޮނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްލާ
03 March 2021
ކޮބާ "ހެއްކާއި ބެހޭ ޤާނޫން". މަޖްލިސް ރައީސް ގެ މޭޒްމަތީ ގަ އޮންނަތާ 3 އަހަރު މި ވަނީ. ޑްރަ ގް ވިޔާފާރި ކުރާ ފަރާތްތަށް ހިތްހަމަ ނުޖެހިދާނެތީބާ މި ބިލް ބަހުސް ކުރިއަށް ނު ގެން ގޮސް ބާއްވާފަ އޮންނަނީ. 20" ޑްރަ ގް ކޮންޓެއިނަރ އެއް އެތެރެ ކުރިޔަސް ސާބިތު ނުވޭ...ކުށްވެރިއެއް ނުވޭ. ސުޕަރ މެޖޯރިޓީ ލިބުނީމަވެސް ވީ ކަމެއް ނެތް.
މިވަރެއްނެތް
03 March 2021
ރިޔާސީ ނިޒާމެއްގައި ގާނޫނުތައް އެކުލަވާލަންޖެހެނީ މަޖިލީހުން. ގާނޫނުހަދާ މަޖީލިސް މިކިޔަނީ އެހެންވެދޯ؟ މިހާރު ތި މެންބަރުން ތިކުރާކަމަކީ ސަރުކާރުން ބިލުތައް ފޮނުވީމަ އެއިގެ އިބާރާތް ރަނގަޅުކޮށްލަނީ. އެއަކީ ގާނޫނު ހެދުމެއް ނޫނޭ. އެއީ އިދާރީ މުވައްޒަފުން ކުރަންޖެހޭ މަސައްކަތް. ފެންވަރު ނެތް މީހުން މަޖިލީހަށް ހޮވީމާ ޒިންމާއަދާނުކުރެވި ސަރުކާރު ބޮލަށްޖަހަނީ ދޯ؟ ސަރުކާރުގެ އޮންނާނީ ސިޔާސަތު. އެ ސިޔާސަތު ގާނޫނަކަށް ބަދަލުކުރަންޖެހޭނީ މަޖިލީހުން.
އެސްކިއުޒް
02 March 2021
ފޮނުވާފަ ހުރި ބިލުތައް ލަސްނުކޮށް ނިންމެވުން ކިހިނެއްވާނެތޯ
ހައްޕުނޑު
02 March 2021
ދެން ފަޅުއޮޑިފަހަރުން މީހުން ގެންގޮސްގެން ސުވާލުކުރަންވީނު.
ސިމްޕަލް
02 March 2021
ތިޔަ ވިދާޅުވި ބަސްފުޅުގެ މާނައަކީ ކޮބައިތޯ؟ ސަރުކާރުގެ ބިލްތައް ނުލިބޭނަމަ އަމިއްލަ މެންބަރުންނަށްވެސް ބިލްތައް ހުށަހެޅޭނެ ނޫންތޯ؟
ފޫހި
02 March 2021
ހެޔޮނުވާނެ އަތުންފައިން ގޯސްނުހަދާ ގެއަށް ދޭބަލަ. އަހަރެމެން ދިވެހިން އެންމެ ރައްޔިތަކަށްވެސް ތިޔަހަދާ ބިލްތަކުން ވާނެ ފައިދާއެއްނެއްތާގައި ތިޔަ ތަންފީޒުކުރާނެ މީހުނެއްވެސް ނެތް. ބިލްތައް ހަދަންށޭ ކިޔައިގެން ހާވަނީހަޑި. ރައްޔިތުންނަށް ތިޔަހަދާ ގާނޫނު ވާނުވާ ނޭންގޭހާއަވަހަށް އެބަބަދަލުކުރޭ. މިވަރުގެގައުމެއް ހަމަ މަދުވާނެ. އަހަރެންނަށް ވެގެންވާނަމަ ތިޔަ 86 މެމްބަރުން ގޭގައި ބައިތިއްބައިގެން މުސާރަފުޅުދޭނީ. އޭރުން ދެން ރައްޔިތުންނަށްބޮލަށްފަސޭހަވޭނެ
ސުންމުނު
02 March 2021
ކޮންމެވެސް އެހެން ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރަންވީނު؟ ނޫނީ ކޮންމެވެސް ދީނީ މައްސަލައެއްގެ ވާހަކަ ދައްކާލާ މަސްރަހު ހޫނުކޮށްލަންވީނު؟ މުސާރަ 'ހަލާލު' ކުރަން ވާނެނު؟
ކޮރަލް
02 March 2021
ހަމަ އެކަނި ސަރުކާރުން ބިލެއް ފޮނުވީމަ މަސައްކަތް ކުރަން އެނގެނީ ފެންވަރެއް ނެތީމަ އެވެ. ވޯޓް ލާއިރު ޕާޓީ އަށް ނުބަލާ ގާބިލް ކަމަށް ބަލާލަ ބަލާށެވެ. ރައްޔިތުންނަށް ފައިދާ ހުރި ގާނޫނު ހަދަން އެނގެން ޖެހެ އެވެ. ސަރުކާރުން ހުރިހާ މަސައްކަތެއް ކޮށްފަ ބިލް ފޮނުވީމަ ހަމަ އެކަނި ފާސް ކުރާ ބަޔަކަށް ވީމަ މެމްބަރުންގެ ފެންވަރެއް ނެތް ކަން ނޫނީ އިހްލާސް ތެރިކަން ނެތް ކަން އެނގެ އެވެ.
މެންބަރ
02 March 2021
އުސޫލެއްގެ ގޮތުން ވެރިކަން ކުރާ ބައެއްގެ ލެޖިސްލޭޓިވް އެޖެންޑާ ތަންފީޒުކުރުމުގެ ގޮތުން ބިލު ހުށެހެޅޭނެ ދާއިރާތައް އޮންނާނީ ކަނޑައަޅާފައި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް. ޑްރާފްޓެއް ފޮނުވީމާ އެއައް އިސްލާހުކޮށް ފާސްކުރާނީ ތަޖުރިބާކާރުންގެ މަސްވަރާ ހޯދާ އަދި ބަހުސްއެއްވެސް ކޮށްފައި. މީގައި މެންބަރެއްގެ ތައުލީމީ ފެންވަރު އެއްގޮތަކަށް ވެސް މުހިންމެއްނޫން. އެހެނަސް މިކޮމެންޓް ކުރި މީހާ އެބަޖެހޭ އާންމުތަންތާގައި ވާނުވާ ކޮމެންޓް ކުރުމުގެ ކުރިން ކިޔަވަން
ޖައިސާމް
02 March 2021
ހަގީގަތަކީ މި މަޖިލީހުން ޔާމިނާ މަސީހުގެ މަޖިލީހުން ފަސް އަހަރު ކުރި މަސައްކަތައްވުރެ ގިނަ މަސައްކަތް އެއް އަހަރު ތެރޭ ކުރާކަން.
ހާސަރުބެ
02 March 2021
ދެން ޓިކްޓޮކް ކުޅެފައި ޕާޓީ ބާއްވާލާފައި އެވަރުން ނުވިއްޔާ ރައީސް ޞޯލިހުގެ ސަރުކާރުން ބިލްތައް ނުފޮނުވާތީވެ ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ނަގާ! އެކަމަކު އެންމެ މޮޅުއިތުރު ގޮތަކީ ތިޔަ ބޭކާރު އަގެއްނެތް މަޖިލިސް އުވާލުން!