03 މާޗް 2021 - 18:31
މިދިޔަ އަހަރުން ފެށިގެން އައްޑޫގެ ދެ ރިސޯޓެއް ބަންދުކޮށްފައި އޮތުމާ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ކަންބޮޑުވުންތަކާ އެކު އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން މިއަދު ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާ ބައްދަލުކޮށްފި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ބަންދުކޮށްފައި އޮތް އައްޑޫގެ ދެ ރިސޯޓަކީ ކެނަރީފް (ހެރަތެރަ) އާއި ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އެވެ. އެ ރިސޯޓްތައް ބަންދުކުރުމުން އެތަންތަނުގައި ވަޒީފާ އަދާކުރަމުން މުވައްޒަފުންނާއި ޖުމްލަކޮށް މުޅި އައްޑޫގެ އިގުތިސާދަށް ވެސް އޭގެ ނުރަނގަޅު އަސަރުކޮށްފައިވެ އެވެ.
މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން އޭޑީސީގެ ނައިބު ރައީސް އަހުމަދު ޝަރީފް "މިހާރު" އަށް ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި ވަރަށް ޝަކުވާތަކާއި ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކުރެއްވި ކަމަށެވެ.
"ފުރަތަމަ ކަމަކަށް ކެނަރީފްގެ މައްސަލާގައި މިނިސްޓަރު ވިދާޅުވީ އެތަން ހުޅުވުމާ ބެހޭ ގޮތުން މެނޭޖްމަންޓާ އެކު މިހާރު ވާހަކަތައް ދެކެމުން އަންނާތީ އުފާވެރި ޚަބަރެއް ވަރަށް އަވަހަށް ދެއްވާނެ ކަމަށް. ދެން ޝަންގްރިއްލާ މެޖޭމަންޓާ އެކު ވެސް ވާހަކަ ދެކެވެމުން އަންނާތީ އެތަން ވެސް މި އަހަރު ހުޅުވޭނެ ކަމުގެ އުންމީދު މިނިސްޓަރު ދެއްވި،" އޭނާ ވިދާޅުވި އެވެ.
Shangri-La aai Herethere nuhulhuvi lasvumuge sababun #AdduCity ge Rahyithunnah libemun dhaa veynaai kekelhun #ADC in Minister Dr Mausoom aai hihssakohfi. Adducity ge tourism tharahggee kurumugai #Lamarukazee usoolu ge therein City Council ge dhauru varah bodukamah vidhaalhuvi. pic.twitter.com/p8qltbiQCg
— Addu Development Committee (ADC) (@AdcAdduCity) March 3, 2021
ޝަންގްރިއްލާގެ މައްސަލާގައި އޭޑީސީން ވަނި އެ ރިސޯޓަކީ ސަރުކާރުން 30 ޕަސަންޓް ހިއްސާވާ ތަނަކަށްވާތީ އެތަން ހިންގުމުގައި ސަރުކާރުގެ ދައުރެއް އެކަށީގެންވާ ގޮތަކަށް ނުފެންނާތީ އެކަން ވެސް މިނިސްޓަރުގެ ސަމާލު ކަމަށް ގެނެސްފަ އެވެ.
"އަސްލު މީގައި ވާނުވާއެއް ނޭނގޭ. ސަރުކާރުގެ ހިއްސާ އޮންނަ ކަމަށް ވަންޏާ އެތަން ހިންގޭނެ ގޮތްތައް ހޯދަން ސަރުކާރުގެ ތެރެއިން މަސައްކަތްކުރެވި އެކަމުގެ ވާހަކަ ދެކެވި، ވާނުވާ ރައްޔިތުންނަށް ވެސް އޮޅުންފިލާ ގޮތަށް ކަންކަން ކުރާނެ،" ޝަރީފު ވިދާޅުވި އެވެ. "ދެން މީގައި ބޯޑްގައި ގޯހެއް އުޅޭ ކަމަށްވަންޏާ ގޮނޑި ހޫނުކުރަން މީހުން ބޭތިއްބުމުގެ ބަދަލުގައި ކަންކަން ކުރެވޭ ވަރުގެ ޒިންމާދާރު މީހުން ގެންނަން ޖެހޭ."
އޭޑީސީން މިނިސްޓަރާ އެކު ބޭއްވި ބައްދަލުވިމުގައި އައްޑޫގެ ޓޫރިޒަމް ފުޅާކުރުމަށް ކުރަން ހުރި މަސައްކަތްކާއި ލޯކަލް ޓޫރިޒަމް ތަރައްގީކުރަން ކުރާ މަސައްކަތްތައް ވެސް އެންމެ ރަނޅަށް ކުރިއަށް ނުދާކަން ފާހަގަކޮށްފައިވެ އެވެ.
"މިނިސްޓަރު ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ތަރައްގީކުރުމުގައި ލާމަރުކަޒީ އުސޫލުގެ ތެރެއިން ސިޓީ ކައުންސިލް ވަރަށް ބޮޑު ކަމަށް. އެހެންވެ އެ ބޭފުޅުންނޭ އެކަމުގައި އެންމެ ދައުރެއް އަދާކުރާނެ ބަޔަކީ،" ޝަރީފް ވިދާޅުވި އެވެ.
Addu Development Committee @AdcAdduCity meets with Minister @Mausoom_Maus .
— Ministry of Tourism (@MoTmv) March 3, 2021
Discussions were on tourism development in Addu City and speeding up the reopening of 2 resorts that are closed.@AdduCityCouncil #Maldives pic.twitter.com/Hd7Qu7nOCv
ޓޫރިޒަމް ތަރައްގީކުރަން އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން 8،000 އެނދު ތަރައްގީކުރާނެ ވާހަކަ ސަރުކާރުން ކުރިން ބުނެފައިވެ އެވެ. އަދި ޓޫރިޒަމަށް މިހާރު އައްޑޫން ޒޯންތަކެއް ކަނޑައަޅައި 96 ބިމެއް ހަމަޖައްސައި ގިނަ ބިންތަކުގެ ލޭންޑްސްކޭޕިން މަސައްކަތް ފަށާފައިވެ އެވެ.
"ހަގީގަތުގައި މި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މާ ސާފު ޕްލޭންތަކެއް ނެތް. ވާނުވާ ނޭނގޭ އަދި ކަންބޮޑުވުން އުފެދޭ ކަހަލަ ގޮތްގޮތަށް މަސައްކަތްތައް ބައްޓަންކުރެވެމުން ދަނީ." ޝަރީފު ވިދާޅުވި އެވެ.
އެހެންވެ އޭޑީސީން ވަނީ އައްޑޫގެ ޓޫރިޒަމް ދާއިރާގައި ހުރި ކަންކަމާ ބެހޭ ގޮތުން ސްޓޭކް ހޯލްޑަރުންނާ އެކު ބައްދަލުވުންތަކެއް ބާއްވައި ހުރި އަސްލު މައްސަލައް ހޯދަން މަސައްކަތްކޮށް ދެއްވުމަށް މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފަ އެވެ.
"އެބަޖެހޭ އެންމެން އެއްތަންވެގެން ވާހަކަ ދައްކައި މަޝްވަރާކުރެވޭނެ ގޮތްތަތަކެއް ހޯދަން. ޓޫރިޒަމަށް ދޮރު ހުޅުވޭނީ ގަން އެއާޕޯޓްގެ އޮޕަރޭޝަން ވެސް ހަރުދަނާކުރެވިގެން. އެހެންވީމަ ހަގީގަތުގައި ބައިވަރު އިޝޫތައް އެބަހުރި،" ޝަރީފް ވިދާޅުވި އެވެ. "މިކަންކަމަށް ހައްލު ހޯދޭނީ އެންމެން އެކީގައި ތިބެގެން ޑިސްކަސްކުރެވިގެން. އެކަން އެބަޖެހޭ އެއް ކަމަކަށް ކުރަން."
އައްޑޫގެ ރިސޯޓެއް ބަންދުކޮށްފައި އޮތް ނަމަވެސް 2019 އިން ފެށިގެން އައްޑޫގެ ތިން ވަނަ ރިސޯތް ސައުތު ޕާމް އަންނަނީ އޮޕަރޭޓްކުރަމުންނެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން އަންނަ އަހަރު އައްޑޫގައި ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާ އިރު، އައްޑޫގެ ޓޫރިޒަމް ދާއިރާގެ ކުރިމަގު އަދި ފެންނަން އޮތީ ވަރަށް ކުލަ ފަނޑުކޮށް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ނަމަވެސް މިނިސްޓަރު މައުސޫމް މިދިޔަ ޖެނުއަރީ މަހު އައްޑު އަށް ކުރެއްވި ދަތުރުގައި ވިދާޅުވީ "ރާއްޖޭގެ ޓޫރިޒަމްގެ ރަން އަހަރަށް މަރުހަބާ ކިޔާ އިރު އައްޑޫގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ އެންމެންގެ މޫނަށް ހިނިތުންވުމުގެ ކުލަވަރު ގެނެސްދޭނެ" ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސް ހޮޅި ވާހަކަ
19 March 2021
މިހާރު ދެން ކޮންމެ ކަމެއްވެސް ސިޓީ ކައުންސިލަށް ފޫޅު ކަޑާތުޔަލައްވަނީ ކުރިޔަށް އޮތް އިންތިހާބުގެ ބޭނުމުގައެވެ. ވެރިކަން ލިބުމުން ބުނީ މަޖަލިސް ލިބުނީމައޭ ކަމެއް ކުރެވޭނީ. މަޖްލިސް ލިބުނީމަ ތިޔަ ވިދާޅުވަނީ ކަމެއްވާނީ ކައުންސިލް ލިބުނީމައޭ.....ދެން ކައުންސިލް ލިބުނީބަ ބުނާނީ އަދި 5 އަހަރުގެ އެއް ދައުރު ދެއްވާށޭ....... ހަމަ ހުސް ހޮޅިވާހަކަ
މޮލޮކި މީހާ
04 March 2021
އައްޑޫ މީހުން ބޭނުންވަނީ އިގިރޭސިން މިލިޓަރީ ބޭސް އެއް ހިންގަން ޚަރަދު ކުރިގޮތަށް ވިޔަފާރީގެ ގޮތުން ދެކޮޅު ނުޖެހޭ ބޮޑެތި ޚަރަދު ތަކެއް ސަރުކާރުން ކުރުމަށް. ގުދުރަތީ، އިންސާނީ ވަސީލަތައް ބެލިއަސް ދިވެހި ދައުލަތައް އެންމެ ފައިދާ ބޮޑީ ހުވަދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް އަޅައި އެ ކުލަސްޓަރގެ ތެރެއަށް އައްޑޫ އަތޮޅުގެ ވައިގެ ދަތުރުފަތުރުތައް ލުމުން. މާލެ އަތޮޅުގައި މައި އެއަރޕޯޓް އޮވެ އ. އަތޮޅާއި ބ. އަތޮޅުގައި ރިސޯޓްތައް ހިންގަމުން މިދަނީ.
އޮނަރަބްލް އަފީފު ދީދީ
03 March 2021
ކަ އަތޮޅު މާލެ އާއި ހިންމަފުށި މާފުށި ފަދަ ރަށްރަށުގައި ފަތުރުވެރިކަން ފުޅާވެގެން ގޮސްފައިވަނީ އެރަށްރަށުގައި ސަރުކާރުން ދޫކުރި ބިންބިމުގައި ގެސްޓް ހައުސް ހަދައިގެނެއްނޫން. # އައްޑޫގައިވެސް އަމިއްލަ މީސްމީހުންގެ އަތުގައި ގެސްޓްހައުސް ހަދާނެ ބިންތައް އެބަހުރި. ސަރުކާރުން ކޮށްދޭންޖެހޭ ކަމަކީ މާލޭ އެއަރޕޯޓް ހަދާ ތަރައްޤީ ކުރިފަދައިން ގޭން އެއަރޕޯޓް ތަރައްޤީކޮށް ފުލްފުލޭޖްގައި ހިންގޭނެގޮތް ހެދުން. މިހާރު ތިކަން ކުރާން ތިއުޅެނީ އެކޮޅުކޮޅުން.
ޅަބޭ
04 March 2021
ތިހެން ހެދީމަ ގުރޭޓާ މާލެއައް ގެއްލުންވާނެ އެއްނު. މީ ރައީސް ނަޝީދުވެސް ބުނާ ވާހަކަ.
ބެއްޔާބެއްޔާ
04 March 2021
ދީދީ ވިދާޅުވިއަސް އައްޑޫގަ ނެތް މިގައުމުގެ އެހެން ރައްރަށުގަހުރިކަހަލަ ގޮނޑުދޮއްތަކެއް މިގައުމުން ޓުއަރިސްޓުންނައް ވިއްކާ އެންމެ އަގުބޮޑުއެއްޗަކީއެއީ އެނެތްތަނެއްގަ މިގައުމުގެ އެހެންތަންތާ ޓުއަރިޒަމް ފުޅާކުރެވޭވަރައް ޓުއަރިޒަމް ފުޅާކުރަން ދަތިވާނެ އެހެންކަންނޭގެ ބޮޑައްވެގެން އުޅެނީ ހެދިފަހުރި ރިސޯޓުތައްވެސް ހިންގަން ދަތިވެގެންއުޅެނީ ޓުއަރިޒަމްގެ ޝައުގުހުރި އެތަކެއް ޒުވާނުން ތިބިއިރުވެސް.
ރައްތަގައްލާ.
04 March 2021
ފަތުރުވެރިކަމަށްވުރެން ބޮޑު ފައިދާއާއި އެކުގައި އައްޑޫގައި ކުރެވެންއޮތް ވިޔަފާރި އަކީ ގަން އެއަރޕޮޓު ހިންގުން. ގަން އެއަރޕޮތަކީ ކާރގޯ އާއި ޕެސެންޖަރުން ޓްރާންސިތް ވާ ހަބެއްގެ ގޮތުގައި ތަރައްޤީ ކޮށްފިނަމަ ދައުލަތަށް ހީނުކުރާފަދަ ބޮޑު އާމްދަނީ އެއް ލިބޭނެ ކަމެއް. އައްޑޫ ގައި ޓްއަރިޒަމްގެ ބަދަލުގައި މިކަން ނުކުރާޏް އުލެނީ މާލޭ ވިޔަފާރިވެރިންގެ ނުފޫޒުން.
88765
03 March 2021
އައްޑޫ މީހުން ވަރަށް ގަދަވާނެ. ކޮންމެ 5 އަހަރަކުން އެންމެ ގިނަ ދިދަ ފަހައިގެން ޕާރޓީ ކުލައިގެ ހެދުމުގައި ގޮސް ވޯރޓު ފޮށްޓަށް ވޯރޓުލާނެ. އަބަދު ޟަކުވާ.ތިގޮތުގައި ތިބޭތި.ކީއްކުރާ ތަރައްޤީއެއް. 10 އަހަރު ސޯބޭ މޭޔަރު ކަން ކުރި. ޢެމަނިކްފާކު ވިދާޅުވެ ބައްލަވަ އައްޑޫގެ ތަރައްޤީ އަށް ކުރީ ކޮން ކަމެއްތޯ. ނިޒާރު އަކީ ސީދާ ހަމަ ދެވަނަ ސޯބޭ އަށް ވާނީ. މައުސޫމު ޕައުންޑު ހިފައިގެން އެބައާދޭ ޖީބައްލާން
ކަނޑި
03 March 2021
އައްޑޫ ކައުންސިލް މެޖޯރިޓީ ދީފަތާ އެއޮތީ..ޖުމްލަކޮށް ތިބުނަނީ މިސަރުކާރަށް 2އަހަރުވެގެން ދިޔައިރު އެއްކަމެއްވެސް ނުކޮށްދެވޭ...ޕައުންޑް ޖީބަށް ވަންނަން ފަށާނެ ހުވަފެން ދައްކައިފި..
44333
03 March 2021
ވޯރޓު ކައިރިވާ ވަރަކަށް ޕައުންޑު ފެންނާނެ. މާތާހިރު ވާނެ ތި މަދިރިން އަތޮޅު ސަލާމަތް ކުރީޔާ .