މަޖީދީމަގުން އުޅަނދުތަކެއް ދަތުރުކުރަނީ: ވެހިކަލްތަކެއްގެ ރަޖިސްޓްރީ ވަނީ ބާތިލްކޮށްފައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
04 މާޗް 2021 - 15:57
ވަގު ލިޔުންތައް ހުށަހަޅައިގެން ރަޖިސްޓްރީކޮށްފައިވާ 15 ވެހިކަލެއްގެ ރަޖިސްޓްރީ މިއަދު ބާތިލްކޮށްފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ މިދިޔަ މަހު ކުރި އިއުލާނަށް ފަހު، އިތުރަށް ބަލައި 15 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކޮށްފައިވާ ކަމަށެވެ. އޭގައި ހިމެނެނީ ހަތަރު ފުރޮޅުލީ އުޅަނދުތަކެވެ.
އެ އޮތޯރިޓީން މިދިޔަ މަހުގެ 23 ވަނަ ދުވަހު ކުރި އިއުލާނުގައި ވަނީ ބައެއް މައުލޫމާތު ސާފުކުރަން ބޭނުންވާތީ، 17 ވެހިކަލެއްގެ ވެރިން އެ ވެހިކަލްތަކުގެ ރަޖިސްޓްރީއާ އެކު ޓްރާންްސްޕޯޓަށް ހާޒިރުވާން އެދިފަ އެވެ.
މި ދަންނަވާ ވެހިކަލްތައް ރަޖިސްޓަރީ ކޮށްފައިވަނީ ޞައްޙަ ނޫން ލިޔެކިއުންތައް ހުށައަޅައިގެން ކަމުގައިވާތީ، މި ދެންނެވި ވެހިކަލްތަކުގެ ރަޖިސްޓަރީތައް ވަނީ ބާޠިލު ކޮށްފައެވެ. pic.twitter.com/cBPPilBCfG
— Ministry of Transport and Civil Aviation (@MoTCAmv) March 4, 2021
މުއްދަތަށް ފަހު ދެ އުޅަނދެއް ފިޔަވައި އެހެން އުޅަނދުތަކުގެ ރަޖިސްޓްރީ ވަނީ ބާތިލްކޮށްފަ އެވެ.
މި ވެހިކަލް ރަޖިސްޓްރީތައް ބާތިލްކޮށްފައި ވާއިރު، އުޅަނދުތައް ރަޖިސްޓްރީކުރުމުގައި ޓްރާންސްޕޯޓު އޮތޯރިޓީއަށް ކޮރަޕްޝަންގެ ތުހުމަތުތައް ވަރަށް ބޮޑަށް އަމާޒުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީދު
05 March 2021
ސައިކަލް ރަޖިސްޓްރީ ކުރުންވެސް އޮންނަނީ ތިހެން. މަ ހީކުރީ އެއީ ނޯމަލް ޕްރޮސީޖާކަމަށް
ނަން
04 March 2021
ތިގޮތަށް އެއްޗެހި ރަޖިސްޓަރީ ކުރެވެންޔާ މަ ދެން ހަދާނެގޮތަކީ މީހެއްގެ ގެއެއް މަގޭ ނަންމަތީ ރަޖިސްޓްރީކޮށްގެން ބޮޑު ލޯނެއް ނަގާނީ.. ލޯނު ނަގާފަހުން ރަޖިސްޓްރީ ބާތިލް ކުރާނީތާ. މަށަށް ކީއް. ބޭންކަކަށްނު ހުރިހާ ގެއްލުމެއް ވާނީ.
ޙުސޭނު ހަސްން
04 March 2021
ޜަޖިސްޓުރީ ވާނެ ގޮތެއް ވެސް އޮންނަން ޖެހޭ ތާ... ގަރާޖު ހަދާފަ ރެންޓު ކޮށްބަލަ ސްޕޮޓު.. ސޮލިއުޝަން އޮންނަން ޖެހޭނެ ސަ ރުކާރެއްވެއްޖެޔާ.. ދެން ޑެޑު ލޮކު އެޅުވުމެއް ނޫނެއް ނުން ހައްލަކީ..
އަރުތަ
04 March 2021
ތިކަމުގަ ބައިވެރިވި މުވައްޒަފުންގެ "ރަޖިސްޓްރީ" ވެސް ބާތިލު ކުރާތި، އޭރުން ތިޔައެއްޗެއް ވަށާ ޖެހޭނީ.
ސަނީމް
04 March 2021
ނަހުލާ ނޫން މީސް މީހުންނައް ލާރިދީގެން ކުރަންޏާ ވާނީ ތިހިން
ނާނާ
04 March 2021
6ކޭ ޖަހައިގެން ނަގާ ލައިސަންސްތައް ކޮބާ؟
ޖަމަލު
04 March 2021
ޖިނާއީ ދައުވާކޮބައިތޯ؟
ރަންނަ
05 March 2021
ޖިނާއީ ކުށެއްނޫނޭ. މޭޒުދަށުންދޭންޖެހޭ ބައި ނުދިން ވެހިކަލްތައް ބާތިލުކޮށްލީ. ހަމަ އެވެހިކަލްތައް މޭޒުދަށުން ނިންމާނެ ދެތިންދުވަހުން