ފޮރިން މިނިސްޓަރު ޝާހިދު: މިއަންމާގައި ގެނައި އަސްކަރީ ބާޣާވާތް ރާއްޖެއިން ވަނީ ކުށްވެރިިކޮށްފައި --- ފޮޓޯ/މިހާރު
04 މާޗް 2021 - 23:35
މިއަންމާގައި ގެނައި އަސްކަރީ ބަޣާވާތް ރާއްޖެއިން ކުށްވެރިކޮށް، ހައްޔަރުކޮށްފައިވާ އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ ވަގުތުން ދޫކޮށްލަން ރާއްޖެއިން ގޮވާލައިފި އެވެ.
މިއަންމާގައި މިދިޔަ ޖެނުއަރީ މަހު ބޭއްވި އާންމު އިންތިޚާބުގައި އެ ގައުމުގެ ލީޑަރު އަން ސަން ސޫކީގެ ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީ ގަބޫލު ނުކޮށް، މިދިޔަ މަހު އެ ގައުމުގެ ސިފައިން ގެނައި އަސްކަރީ ބަޣާވާތެއްގައި ސޫކީ ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. އަދި އެކަމާ ދެކޮޅަށް އެ ގައުމުގައި ހިނގަމުންދާ މުޒާހަރާތައް ހުއްޓުވަން ސިފައިން ނިކުމެ، ހަތިޔާރު ބޭނުން ކުރުމުގެ ސަބަބުން 38 މީހަކު ވަނީ މަރުވެފަ އެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައިވަނީ މިއަންމާ ސިފައިން ގެނައި އަސްކަރީ ބަޣާވާތް ހަރުކަށި އިބާރާތުން ރާއްޖެއިން ކުށްވެރިކުރާ ކަމަށާއި އަދި އާންމު ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވާތީ އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ސޫކީ އާއި ހައްޔަރު ކޮށްފައިވާ ލީޑަރުން ވަގުތުން ދޫކޮށްލުމާ އެކު މިއަންމާގައި ގާނޫނު އަސާސީ ނަގަހައްޓަން ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުންް އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށް، ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރުމަށާއި އަދި އެ ގައުމުގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމާ އެކު، އިންސާނީ ހައްގުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް އިހްތިރާމް ކުރަން އެ ބަޔާނުގައި ގޮވާލާފައިވެ އެވެ. އަދި ރާއްޖެއިން އޮތީ މިއަންމާ ރައްޔިތުންނާ އެކު ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މިިއަންމާއަށް ޑިމޮކްރަސީ ގެންނަން ސޫކީ ކުރި މަސައްކަތުގައި އޭނާ އެތައް އަހަރެއް ވަންދެން ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު، އަސްކަރީ ވެރިކަން ނިމުމަކަށް ގެނެސް، ސިފައިންގެ ބާރުތައް އެ ގައުމުގައި ކުޑަކުރީ 2012 ވަނަ އަހަރު އެވެ. ސިފައިންގެ ބާރުތައް ކުޑަކުރިޔަސް، ސޫކީ ހުންނަވަން ޖެހިވަޑައިގަތީ ސިފައިންގެ ފިއްތުންތަކުގެ ތެރޭގަ އެވެ.
އެގޮތުން މިއަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ސިފައިން ހިންގި ގަތުލު އާންމު ދިފާއު ކުރަން ވެސް ސޫކީއަށް ޖެހިވަޑައިގަތެވެ. އަސްކަރީ ދެވަނަ ބަޣާވާތާކުން އޭނާ ހައްޔަރުކުރީ، ސިފައިން ހިންގި ގަތުލު އާންމު ދިފާއު ކުރެއްވުމުގައި ހުންނަވަނިކޮށް، އެ ގައުމުގެ ބޭއްވި އާންމު އިންތިޚާބުގައި ސޫކީގެ ޕާޓީއަށް މަޖިލީހުން ގިނަ ގޮނޑިތަކެއް ކާމިޔާބުވުމުންނެވެ. ސިފައިން ތުހުމަތު ކުރަނީ އިންތިޚާބުގައި މަކަރު ހެދި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑިއެދުރުކަލޭގެފާނު
05 March 2021
ރޮހިންގިޔާ މުސްލިމުންގެ ގަތުލު އާއްމުގެ މައި ޖައްލާދު އަދި އެކަން އިންޓަރނޭޝަނަލް ކޯޓުގައި ދިފާއުކުރަމުންދާ މީހަކު ދޫކޮށްލުމަށް ދިވެހި ދައުލަތުގެނަމުގައި ގޮވައިލުމަކީ އަހަރެމެން ދިވެހި މުސްލިމުންނަށް ކުރި ފުރައްސާރައެއްކަމުގައި ދެކެމެވެ.
ހިބިކަސް
05 March 2021
ރޮހިންޏާ މީހުން ދޫކޮށްލަން ގޮވާލާނަމަ ކިހައި ރަނގަޅު . އަނިޔާތައް ހުއްޓާލަން.
ބޯނެތްވިސް
05 March 2021
ކިތަންމެ ފަހަރަކު ގޮވާލި.
އައްބެ
05 March 2021
ހަމަ ތިޔަ މޭރުމުން މިސްރުގައި ޑރ.މުރުޝީގެ ވެރިކަން ބަޣާވާތަކުން ވައްޓާލައި ނަމެއްގައި އިންތިޚާބެއް ބާއްވައިގެން މިހާރު ވެރިކަމުގައިހުރި ސީސީގެ ވެރިކަން ޤަބޫލުނުކުރާކަމަށް ބުނެ ބަޔާނެއް ނެރެބަލަ. އަދި މުރުޝީ ޝަހީދުކޮށްލި ޖަރީމާ ތަހުޤީގުކުރަން ގޮވާލަބަލަ. އިންޑިޔާގެ ކަޝްމީރުގެ މުސްލިމުންގެ ޙައްޤުތަކާއި ޗައިނާގެ މުސްލިމުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ގޮވާ ބަޔާނެއް ނެރެބަލަ. ބޮޑެތި ޤައުމުތަކާއި ދެކޮޅަށް ޗުއްޕުވެސް ނުބުނާނެ. ތިއީތޯ އިންސާފަކީ؟
ކަބޯލާ
05 March 2021
ކަސީގަ ހިފާފައި ތިހިރީ ބަގާވަތޭ ކިޔާ ކިޔާ ފަތެއް ހެލިލިޔަސް ބަގާވައް ބޭރުގައުމެކޭ ކިޔާކައް ފުރަތަމަ ތިމާމީހާގެ ގައުމުގެ ވާހަކަ ދައްކާލަބަލަ ކޮންހާލެއްގަތޯ މިއުޅެނީ ހައްތާ ސޫކީ
ުސައިފް
05 March 2021
އަދި އަވަސްނޫންތޯ ތިހެންވިދާޅުވަން.ހެހެ
ކީސް
05 March 2021
ވެރިކަންކުރާނީ އަޅުންނެއްނޫން. ސޫކީ އަކީ ސިފައިންގެ އަޅެއްކަން އެގިއްޖެ މިހަބަރުން އޭނަ އޮންނަންޖިހޭނީ ޖަލުގައި
ކަކުނިބޯ
05 March 2021
ވަރިހަމަ ސޫކީ ދޫކޮށްގެންނުވާނެ ވަރިހަމަ ކޮންމެ ބަޤާވާތަކަސް
ހަސަނު
05 March 2021
ބަގާވާތް މަ ކުށްވެރި ކުރަން...!
މުރާސިލް
05 March 2021
ސޫކީ ދޫކޮށްލާކަށް ނުޖެހެއެވެ. ޢެއީ ޑިކްޓޭޓަރެކެވެ.
ބަބުރަންޖީ ހާޖީ
05 March 2021
އަހަރެމެންނާ ކޮންކަމެއް އެމީހުން ބަޣާވާތްކުރިއޭ ކިޔާފާ.