ފިތުނަ އަކީ ހިތާއި ސިކުނޑިއަށް ޖެހޭ މުސީބާތެއްގެ ގޮތުގައި ސިފަކޮށް ޚުތުބާގައި ބުނީ އެކަމުގެ ސަބަބުން ކެތްތެރިން ވެސް އާވާރެ މަގު އޮޅިގެންދާ ކަމަށް
ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ޖަމާއަތުގައި ކުރަނީ: މިއަދުގެ ޚުތުބާ ހާއްސަކުރީ ފިތުނައިގެ ނުރައްކަލުން ސަލާމަތްވެ ތިބުމަށް. -- ފޮޓޯ: މިހާރު
05 މާޗް 2021 - 12:45
އެންމެ ނުރައްކާތެރި ފިތުނަޔަކީ ދީނީ ފިތުނަ ކަމަށާއި އެއީ ﷲގެ އަޅުންނާއި އެ ކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިހާނުކުރެވޭ ފިތުނަކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފި އެވެ.
ފިތުނައިން ރައްކާތެރިވުމުގެ މުހިންމުކަން ބަޔާންކޮށް ދިން ޚުތުބާގައި ބުނީ ނަބަވީ ހިދާޔަތާއި ޝަރުއީ މިންގަނޑަކީ ދީނުގެ މެދުމިން ކަމަށާއި އެކަމުން ކައްސާލައިފި ނަމަ، ހައްދުފަހަނަޅާފައިވާ ޚިޔާލުތަކުގެ ދަލުގައި ޖެހި ފިތުނައިގެ ތެރެއަށް ވެއްޓިދާނެ ކަމަށެވެ.
"ގައުމެއްގައި، ސައްހަ ތެދު މައުލޫމާތާއި ހުނަރު ފެތުރިއްޖެ ނަމަ އެ ގައުމެއް ކުރިއަރާނެ އެވެ. ދުނިޔޭގެ ގައުމުތަކުގެ މެދުގައި ގަދަރާއި އިއްޒަތް އުފުލޭނެ އެވެ. އެކަމަކު ނަބަވީ ހިދާޔަތާއި ޝަރުއީ މިންގަނޑު ކަމުގައިވާ ދީނުގެ މެދުމިން ކައްސާލައިފި ނަމަ، ހައްދުފަހަނަޅާފައިވާ ޚިޔާލުތަކުގެ ދަލުގައި ޖެހި ފިތުނައިގެ ކަނޑަކަށް ޣަރަގުވެދާނެ އެވެ." މިއަދުގެ ހުކުރު ނަމާދުގައި ކިޔުމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ޚުތުބާގައި ބުނެފައިވެ އެވެ.
ފިތުނައިގެ ނުރައްކާ ބަޔާންކޮށްދިން ޚުތުބާ ފެށުމުގެ ގޮތުން، އެކަމާ ބެހޭ ގޮތުން ކީރިތި ރަސޫލާ ﷺގެ ހަދީސްފުޅެއް ގެނެސްފައިވެ އެވެ.
"ތިޔަބައިމީހުންނާ ފިތުނަތަކާ ކުރިމަތިވާނެ އެވެ. އެ ކަންތައްތަކުގައި ދެތުވެ ހުރި މީހާއަށް ވުރެ އިށީނދެ އިން މީހާގެ ހެޔޮކަން ބޮޑެވެ. އަދި [ފިތުނަވެރިކަމާ ގާތަށް] ހިނގާފައި ދާ މީހާއަށް ވުރެ، [ދުރުން އެކަން] ބަލަން ހުރި މީހާގެ ހެޔޮކަން ބޮޑެވެ. އަދި [ފިތުނައިގެ ތެރެއަށް ވަނުމަށް] ދުވާ މީހާއަށް ވުރެ، ހިނގާފައި ދާ މީހާގެ ހެޔޮކަން ބޮޑެވެ. ފިތުނައިގެ ތެރެއަށް ވަދެއްޖެ މީހާ، އެކަމުގައި ހަލާކުވެ ހިނގައިދާނެތެވެ. ފަހެ ފިތުނައިން ރެކި، ފިލަން ވަންނާނެ ތަނެއް ލިބުނު މީހާ، ފަހެ އެ ތަނަކަށް ވަދެ ރައްކާތެރިކަން ހޯދާފައި ހުށި ކަމެވެ." ފިތުނަޔާ ވީހާ ވެސް ދުރުވުމާއި ދުރުވި މިންވަރަކުން ހެޔޮކަން އިތުރުވެގެންވާކަން ބަޔާން ކުރައްވާފައިވާ ހަދީސްގެ މާނާގައިވެ އެވެ.
ހަމަ ކަށަވަރުން، ބާއްޖަވެރިޔަކީ ފިތުނަޔާ ދުރުހެލިކުރެވުނު މީހާ: ހަދީސް
ދީނީ އެކި ކަންކަމުގައި ޚިޔާލު ތަފާތުވެ އެއްބަޔަކު އަނެއް ބަޔަކަށް ކުޑައިމީސްކޮށް ރައްދު ދިނުން އިތުރުވެފައިވާ މި ވަގުތު ދިން ޚުތުބާގައި ބުނީ ދުނިޔެ އަކީ އިމްތިހާނުގެ، އަޖުމަ ބެލުމުގެ ގޮވައްޗެއް ކަމަށާއި އިމްތިހާނުގެ މައިދާނުން އެއްވެސް މީހަކު އިސްތިސްނާ ވެގެން ނުވާ ކަމަށެވެ.
"މި އިމްތިހާނުގައި ފެއިލްވާ މީހުން ފުރެދުމުގެ ތެރެއަށް ވެއްޓިގެންދެ އެވެ." ޚުތުބާގައިވެ އެވެ.
ޚުތުބާގައި ބުނި ގޮތުގައި، ފިތުނައާ ނުލައި މަރުގެންނެވުމަށް އެދިވަޑައިގެން "އަޅަމެންގެ ދީނުގައި އަޅަމެންނަށް މުސީބާތެއް ނުލައްވާންދޭ" ވިދާޅުވެ ރަސޫލާ ދުއާ ކުރެއްވި އެވެ.
ފިތުނަ އަކީ ހިތާއި ސިކުނޑިއަށް ޖެހޭ މުސީބާތެއްގެ ގޮތުގައި ސިފަކޮށް ޚުތުބާގައި ބުނީ އެކަމުގެ ސަބަބުން ކެތްތެރިން ވެސް އާވާރެ މަގު އޮޅިގެންދާ ކަމަށެވެ. އަދި ފިތުނަވެރިކަމަކީ ދެކޮޅުވެރިކަމާއި ބައިބައިވުން އުފެއްދުމަށް މަގު ފަހިކުރުވާ ޝައިތާއީ އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.
"ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ، މީހުން ރުޅިއަރުވައި، ފިތުނައިގެ ހުޅު ރޯކުރުމަށް ބޭނުންކުރެވޭ އެންމެ ބާރުގަދަ ވަސީލަތެވެ،" ދޮގު ވާހަކަ ފެތުރުން ހުއްޓުވުމުގައި މީޑިއާގެ ދައުރު ފާހަގަކޮށް ޚުތުބާގައި ބުނެފައިވެ އެވެ.
ނުބައި އަދި ނުރައްކާތެރި ފިތުނައިން ސަލާމަތްވެވޭނީ ހަމަބުއްދީގެ ބޭނުންކޮށްގެން، ރަނގަޅު ގޮތް ދެނަގަނެ އެއަށް ތަބާވެގެން ކަމަށް ވެސް ޚުތުބާގައި ނަސޭހަތްތެރިވި އެވެ.
ފިތުނައިގެ ސަބަބުން މުޖުތަމައު އެއްކޮށް ހަލާކުވެހިނގައިދާނެ ކަމުގެ އިންޒާރު ދެމުން ޚުތުބާގައި ބުނީ ފިތުނައެއް ކުރިމަތިވެއްޖެ ނަމަ އެއީ އެއްވެސް މީހަކު އިސްތިސްނާނުވެ އޮޔާ ގެންދާ ސުނާމީއަކަށް ވާނެ ކަމަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަން ނުރައްކާވެފައި އޮތުމުން، ޖަމާއަތްތަކުގެ ވަގުތު ކުޑަވާގޮތަށް ދިން ކުރު ޚުތުބާ ނިންމާލީ ފިތުނަޔާއި މުސީބާތުން ސަލާމަތްވެވޭނީ އެންމެން އެކީ ﷲގެ އަމުރުފުޅުތަކަށް ތަބާވެ އިސްލާމްދީން މަތިވެރިކޮށްގެންކަން ހަނދާންކޮށްދެމުންނެވެ. އިސްލާމް ދީނުގެ އަދާވާތްތެރިންނަށް ޖާގަ ނުދީ އެ މީހުންނަށް ނޫނެކޭ ބުނަންޖެހޭނެ ކަމަށާއި ތަރައްގީ އާއި ކުރިއެރުމަށް މަގުތައް ކޮށައި އެކަމުގައި ބައިވެރިވާންޖެހޭނެ ކަމަށް ވެސް ނަސޭހަތްތެރިވި އެވެ.
"ހަމަ ކަށަވަރުން، ބާއްޖަވެރިޔަކީ ފިތުނަޔާ ދުރުހެލިކުރެވުނު މީހާ" ކަމަށް އޮތް ހަދީސަކަށް ފަހު ޚުތުބާ ނިންމާލީ ހިތް އުފާކުރުމާއި ޖިސްމާނީ ދުޅަހެޔޮކަމަށް ވަކި ހުދޫދެއްގެ ތެރެއިން ކުޅިވަރު ހުއްދަކަން ހަނދާންކޮށްދިނުމާ އެކު، ކުޅިވަރާއި މަޖަލުގައި ޣާފިލުވެ، ﷲ ވާޖިބުކުރެއްވި ކަންކަމުގެ މަތިން ހަނދާނައްތާނުލަން އެދެމުންނެވެ. އެއްވެސް ކަމެއްގައި ހައްދުފަހަނަޅައި ދިއުން ހުއްދަ ނޫން ކަމަށާއި ޝައިތާނާ އަބަދުވެސް ބޭނުންވަނީ ކުޅިވަރާއި މަޖަލުގައި މީހުން މަޝްއޫލުކޮށް ﷲ ހަނދުމަކުރުމާ ދުރުހެލިކުރަންކަން އިތުރަށް ހަނދާންކޮށްދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުބޮދު
06 March 2021
ޔާ ﷲ އެމްޑީޕީގެ ފިތުނަ ވެރިކަމުން އަޅަމެން ސަލާމަތް ކޮށްދެއްވާށި
ކޮރަލް
06 March 2021
ލާދީ ނީ ފިތުނަ އެވެ.
ކިހާސިޅި
06 March 2021
ހުތުބާ ކިޔަ ކިޔާފަ . ވެރިން ތިބެގެން ގައުމު ގެ ދުވަސް ދުއްވާލަނީ.. ކިހާ ސަޅި
ފޮނި ހުސޭނު
06 March 2021
ވަރަށް ދެރަކަމެއް، އިސްލާމް ދީން އެގޭ މީހަކު މުޖުތަމައު ފިތުނަކުރާކަށް ނޫޅޭނެ. އަންހެނަކު ވިއްޔާ މޫނުބުރުގާ ނޭޅިއްޔަ ނުވޭ އިސްލާމަކަށް. ފިރިހެނުން ހެދުންއަޅަންޖެހެނީ އަފްގާން މީހުން ހެދުންއަޅާހެން. އެމީންގެ މަސައްކަތަކީ ދީނޭކިޔައިގެން މީހުން ވާވެއްދުން. އެމަޅީގަ ވަރަށް ގިނަ މީހުން ޖައްސައިފި.
ފަތުވާ
05 March 2021
ތިޔަ ފަތުވާއަށް ބަލާއިރު ދީނީ ކަންކަމުގައި ހައްދުފަހަނަޅައިގެން އުޅުނު ބަޔަކު މާލޭގެ މިސްކިތެއްގައި ވަކިން ހުކުރުކުރި. އޭރު އެތަނަށް ގޮސް ހިތްވަރުދީ ވާގިދޭން ހުރީ މަޖިލީހުގެ މެންބަރެއް. އެ މެންބަރަކީ މަޝްހޫރު އައިޕެޑް މެންބަރު. އެހެންވެ ދީނީގޮތުން ހައްދުން ނައްޓުވަން މީހުންނަށް ދަސްކޮށްދިނީ ކޮންބައެއްކަން ވަރަށް ސާފު.
ހށނ
05 March 2021
ކުރަން އަމުރު ކުރައްވާފައިވާ ކަންތައް ކުރަމުން ނަހީކުރެއްވި ކަންކަންމުން ދުރުހެލިވެފަ، ދެން ދިރިއުޅުމުގަ ކުރިމަތިވާކަންކަން ތިމާއަށާއި ވަށައިގެންވާ ހުރިހާ ފަރާތްތަކަށް ލާބައާއި މަންފާހުރި ގޮތަކަށް ކުރެވޭތޯ ބެލީމަ ނިމުނީ. ވަކި ލޭބަލް ތަކުގަ މަށާފަ ކޮށާފަ އޮރިކޮށްފަ އެކިގޮތްގޮތަށް ނެރޭ ފަތުވާތަކުން ތިމާއައި އަނެކުންގެ ދިރިއުޅުން ހަލަބޮލިވިޔަ ނުދީ ބުއްދި އިސްކުރުން މުހިއްމު.
އިބްރާހިމް6684
05 March 2021
އާމީން
އަލްޖިބްރާ
05 March 2021
ގައިދުރުކަން ބަހައްޓަން މިސްކިތުގައި ފާހަގަ ޖަހާފަ ހުއްޓަސް ސަފުތަށް ހަދަނީ އެގޮތް ބަލައިގެނެއް ނޫން ! މިފެންނަނީ ގަމާރުންގެ ގޮތް ދޫނުކުރުން !
ށަވިޔަނި
05 March 2021
ދީނީ ފިތުނަ އަކީ ވަރަށް ފުޅާކޮށް މާނަކުރެވިދާނެ އެއްޗެއް. މަށަށް ފެންނަނީ ފިޤްހީ ޚިލާފީ މައްސަތަކުގައި ހިފައިގެން ދަމާދެމުމަކީ އެންމެ ބޮޑު ފިތުނަކަމެވެ. މިހާރަކަށް އައިސް ކޮންމެވެސްތާކުން ކިޔަވައިގެން އައިސް ދީނުގައި އެނޫންގޮތެއްނެތޭ. މަޛްހަބެއްނެތޭ. ތިމަންނަ މިބުނަނީ ރަނގަޅަށޭ އެހެން އެންމެނަކީ ދީނުން ބޭރުވެފަވާ މީހުންކަމަށް އެބަބުނޭ. އެއީ ހަގީގީ ފިތުނސވެރިން.
ހަސަނު
05 March 2021
އިސްލާން ދީނުގަ އޮތީ ބަލިމަޑުކަމުގާ ދުރުދުރުގާ ސަފުހެދޭ ގޮތަށް ކަމަށް ވަތީ މައްކާގަ އެކަން ކުރަނީ އަދި މިރާއްޖޭގަ އެކަން ކުރާން މިނިސްޓްރީން ނިންމީ.. އެކަމަކު މިއުޅޭ ހަރުކަށި ޝޭހުން މި ކިޔަނީ އެހެން އެއްޗެކޭ.. އެއީ ފިތުނަހަމަ.. ބޯޑު ފިތުނަ...
ޑެޑުފޯސް
06 March 2021
އިސްލާމް ދީނުގައިވަނީ މިފަދަ ހާލަތުގައި ގޭގަ ނަމާދުކުރަން. ޢެއްވެސް ނައްސަކުން އައިސްފަވާ ގޮތެއް ނޫން ދުރު ދުރުގަ ނަމާދުކުރަން. ސައުދީއަކީ ދަލީލެއް ނޫން . ސައުދީގަ އެކަން ކުރަން އެންގީ ޔަހޫދީ ވަލީއަހުދު އަދި ތޯޤޫތު ރަސްގެފާނު އަދި އޭނާގެ ބޯއީސް ވިކިފަހުރި ޝޭހުން. އެތާގެ އެތައް ހާސް ޝޭހުންނެއް ވަނީ ޖަލުގަ ޙައްޤަ ވާހަކަ ދައްކާތި. ޢެތައް ޝޭހުންނެތް މަރާލެވިފަވަނީ.