މިއަދު ހެނދުނު އިހުތިޖާޖްކުރަން ފެށި މޯލްޑިވިއަން ސީޕްލޭން ޕައިލެޓުން، މެންދުރު 3:30 ކަންހާ އިރު މަސައްކަތަށް އަނބުރާ ނުކުމެއްޖެ.
މޯލްޑިވިއަންގެ ސީޕްލޭނެއް، މަލިކުގައި: ސީޕްލޭން ޕައިލެޓުންތަކެއް މިއަދު އިހުތިޖާޖު ކުރި. ފޮޓޯ: މޯލްޑިވިއަން
05 މާޗް 2021 - 18:51
މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުން އިހުތިޖާޖު ކުރުމަށް ފަހު މަސައްކަތަށް އަނބުރާ ނުކުމެއްޖެ އެެވެ.
އެ ކުންފުނީގެ މީޑިއާ ޑިރެކްޓަރު މޫސާ ވަސީމް "މިހާރު" އަށް ވިދާޅުވީ އިހުތިޖާޖުގައި ބައިވެރިވި ސީޕްލޭން ޕައިލެޓުންގެ ކަންބޮޑުވުންތައް އެ ކުންފުނިން ދަނީ ބަލަމުން ކަމަށެވެ.
ސީޕްލޭންގެ ބައެއް ޕައިލެޓުން މިއަދު ކުރި އިހުތިޖާޖާއި ގުޅޭގޮތުން މެނޭޖްމަންޓާއި ކަންކަން ހިއްސާކޮށް ކަންބޮޑުވުންފާޅުކުރުމަށްފަހު މަސައްކަތަށް އެނބުރި ނިކުމެއްޖެ. 1/2
— Maldivian (@MaldivianAero) March 5, 2021
މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓެއް
"ޕައިލެޓުން އިޖްތިޖާޖު ފެށީ މިއަދު ހެނދުނު. މެންދުރު 3:30 ކަންހާ އިރު އަނބުރާ މަސައްކަތަށް ނުކުމެއްޖެ،" އޭނާ ވިދާޅުވި އެވެ.
ޕައިލެޓުން ހުށަހެޅި ކަންބޮޑުންތައް އަޑުއެހުމަށް ފަހު، އެކަންތައް ހައްލުކޮށްދޭނެކަމުގެ ޔަގީންކަން މުވައްޒަފުންނަށް ދީފައިވާނެ ކަމަށް ވެސް މޯލްޑިވިއަން އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެރެދި ބެއްޔާ
06 March 2021
ތިޔާ މޯލްޑިވިއަން މިފަހަކަށް އައިސް ދަތުރުތައް ކުރަނީ ރަށުން ފަރުމަހަށް ފުރާ ބޮއްކުރާގަޑަށް ވުރެ ވެސް ހާލުދެރަކޮށް. އިހަކަށްދުވަހު ތިތަނުގެ އެންމެ ތައުލީމީ ތަޖުރިބާހުރި ސޭޕްޓީ އެންޑް އިންސްޕެކްޝަން ޑިޕާޓްމަންޓް ހެޑް ބޭރުކޮށްލީ. މިހެންދިމާވަނީ އެއާލައިން ހިންގަން ތިބީ ތަނެއްދޮރެއް ދޮރާއްޓެއް ނޭގޭސިޔާސީ ވެރިން. މުއައްޒަފުން ހަޅުތާލު ކުރުމާއި ތިތަނުން ތިޔާ ދޭޚިދުމަތުން ދޭހަވަނީ ތިތަން މާގިނަދުވަހެއް ނެތި ހުއްޓިދާނެކަން. ޝުކުރިއްޔާ އެލެކޮސް!
ދިއެޓޯލްޑޮޓްކޮމް
06 March 2021
ޕައިލެޓުން މުޒާހަރާއެއް ކުރަންޖެހުމުން ހާމަވަނީ ކުންފުނީގެ އިހުމާލު، މުޒާހަރާ އަކާ ނުލާ މުއައްޒަފުންގެ ޝަކުވާތަށް އަޑުނީވޭކަމަށްވަންޏާ މެނޭޖުމަންޓު ތިޔަވަނީ ފެއިލްވެފައި، މުޒާހަރާއެއްކޮށްލާ އިރަށް މައްސަލަތަށް ކަންބޮޑުވުންތައް ހައްލުކޮށްދޭނެކަމުގެ ޔަގީންކަން!!
ާަައަލީ
06 March 2021
ހާދަ މޮޔަ ކުދިން ކޮޅެކޭދޯ. މިކޮވިޑުތެރޭ އެންމެގިނަ ވަޒީފާނެއް މީހުންނަކީ ޕައިލެޓުން. މޯލްޑިވިއަން އިން ބިރުގަންނާކައް ނުޖެހޭނެ. ތިމީހުންތައް ހަމަ ވަގުތުން ބޭރުކޮއްލާފަ ރަންގަޅު ޕައިލެޓުން ގެންނޭ.
މޮޑްސަން
06 March 2021
މިހާރުގެ އެމްޑީ އަށް ވަރަށް އިތުބާރު ކުރެވޭ، ދެވަނަ ސްޓްރައިކަކަށް ފުރުސަތު ނުދިނުމަށް ތިއަ ސްޓްރައިކު ރޭވި މީހުން ވަކިކޮށްލުމަށް ގޮވާލަން. ޔަގީނުންވެސް ސްޓްރައިކެއްގައި ބައިވެރި ވިމީހަކު ދެވަނަ އޮޕަރޭޓަރ އެއް ވަޒީފާނުދޭނެ.
ކޮންޑަމްސް
06 March 2021
ސްޓްރައިކް ހަދަން ނުކުންނަނީ ހަމަހުރެފައެއްނޫން. ކަލޭމެންގެ ވިސްނުން ބަދަލް ކެރަން ޖެހޭ... އަހަރެންގެ ދުޢާ އަކީ ދުވަހަކުވެސް ކަލޭގެ ދަށުގައި ވަޒީފާ އަދާ ކުރަން ނުޖެހުން.... ވިސްނުން ބަދަލް ކޮހްބަލަ.....
ކަނެކްޝަން
05 March 2021
މިކަނުގެ ސަބަބުން ކުންފުންޏަށް ވީ މާލީ ގެއްލުމުގެ ޒިންމާ ނަގަނީ ކޮންބަޔެއް! މީ ރައްޔިތުންގެ ކުންފުނި.... މިކަމުގަ ބައިވެރިވި އެއްމެން ކަނޑާލާ
ޅާބު
06 March 2021
ޙަހަ ދެން ކަލޭތަ ފުލައި ކުރަނީ
ސމީދފ
06 March 2021
މިހާރު ތި ފުލއި ކުރާ ބަޔަކު ބައިވަރު. އޮޕްޝަަންސް އެބަހުރި ރިޕްލޭސް ދެމް އޯލް
ފޫޅު އަލިބޭބެ
05 March 2021
މީހަކު އަޖައިބުވެދާނެ. މޯލްޑިވިއަންއަކީ ސިޔާސީ ޕާޓީއެއްބާ. ކޮންމެ ދެއަހަރަކުން އެއް އަހަރު އިވޭ އެބަ ކޮންމެވެސް ހަޅުތާލެއް ކުރާ އަޑު. ކިހިނެތްވެގެން އުޅޭ ބައެއްބާ؟ މި ޚަބަރަކުން ނޭނގުނު މި މީހުން އިހުތިޖާޖު ކުރީ ކީއްވެގެންކަމެއް؟ ކުންފުންޏެކޭ ހިޔެއް ނުވޭ. ސިޔާސީ އައްޑާއެއް. މިއީ ގައުމުގެ ނިސްބަތުން އެންމެ ބޮޑު މުސާރަ ލިބިގެން އެންމެ އުފަލުގާ އުޅޭ މީހުން. ފައިސާ ގިނަވާ ވަރަކަށް ސިޔާސީ ކުޅިގަނޑު ކުޅުމަކީ ތަބީޢީ ސިފައެއްބާ؟
ކެޕްޓަން އަމީން
06 March 2021
އަލިބޭ ތިބުނީ ތެދެއް. މަވެސް ބޭރުކުރީ ތިގޮތަށް ހަޅުތާލުކޮށްގެން. ގައިމު މަށަކީ އެމީހުންނަށް ހާދަ އޯގާތެރި މީހެކޭ. އެކަމަކު ހަޅުތާލުކޮށްފާ ގެނައި މީހާ ފަހަތުގަ ނުހުރެވިގެން އަނެއްކާވެސް ހަޅުތާލު. ދުވަހަކު ހަޅުތާލެއް ނުނިމޭނެ. މަ ބޭރުކުރީމާ ވީގޮތް. ސުނޫއަށް ވެދުން
އޮނަރަބްލް އަފީފު ދީދީ
05 March 2021
މޯލްޑިވިއަންގެ ހުރިހާ ބާރުތަކެއް ވަކިބައެއްގެ އަތުތެރޭގައި އޮންންގޮތަށް އޮތް ކުންފުނީގެ މުޅި އޮނިގަނޑު ބަދަލުކޮށް މުސްތަޤުބަލުގައި މިފަދަ ކަންކަން ކުރާން ފުރުސަތު ނުލިބޭނެގޮތް ހަދާންޖެހޭ. # މޯލްޑިވިއަންގެ އައްޑޫ އޮފީހުގައި ކުރާންޖެހޭ ވަރަށް އާދައިގެ ކަންކަންވެސް ކ.އަތޮޅު މާލޭގައި ހުންނަވާ މީހަކަށް ދަންނަވައިގެން މެނުވީ ނުކުރެވޭ. # ގޭންއެއަރޕޯޓްގައި ގްރައުންޑް އޮޕަރޭޝަން މެނޭޖަރ ކިޔާފައި ޖަހާފަ ހުންނަނީ މާލޭގައި ހުރި މީހެއްގެ މޮބައިލް ނަމްބަރު؟!
އެޅަދީދީގެ އަލިދީދީ
05 March 2021
ބަލަ އަފީފޫ ދަރިފުޅާ މީ ސޯސެލުގެ އެއަރލައިނެއްގެ ވާހަކައެއް ނޫނޭ. މީ ރާއްޖޭގެ ވާހަކަ. މިތާ ކޮމެންޓު ކުރަން ނޫޅެ މަގޭ އަހަންމާދީ އަށް ސީސެލު ހިންގައިދޭން ދޭ.
ޖެނިފާ
05 March 2021
ތިތާންގެ އިއްޒަތްތެރި މާތް ކަމަނާގެ މުސާރަ ދަންނަވާފައިދީފާނަންތޯ
މުއްނަ
05 March 2021
ޢުސޫލުން ބޭރުން ފަލާއަރަންދެން 6މަސްވަންދެން މަހަކު 80000 މިހާރު 67000 ވަރަށް އީޒީ ކުރާނެ މަސައްކަތެއްނޯވޭ އެކަމަނަ ޓުވީޓް ކުރަނީ.
އޮނަރަބްލް އަފީފު ދީދީ
05 March 2021
މޯލްޑިވިއަންގައި މާކުރިން ވަޒީފާއަށްވަދެތިބި ކުރަލާފައިވާ މީހުންތަކެއްގެ ނުފޫޒާއިހެދި ކުންފުނި އިސްލާޙްކޮށް ޒަމާނާއިގުޅޭގޮތަށް ވިޔަފާރިބަދަލުކުރަން ވަނީ ހުރަސްއެޅިފަ. # ކ.އަތޮޅު މާލެއިން ޑޮމެސްޓިކް ކުދިކުދި އެއަރޕޯޓްތަކަށް ޑައިރެކްޓް ޝެޑިއުލް ދަތުރުކުރުމުގެ ބަދަލުގައި މާލެއިން އުތުރާއި ދެކުނުގެ މައި ހަބް ކަމަށްވާ ހަނިމާދުއާއި ގޭންއަށް ދަތުރުއަޅާފައި އުތުރާއި ދެކުނުގެ ކުދި އެއަރޕޯޓްތަކަށް އެތަންތަނުން ދަތުރު ކުރާން ހުރަސް އަޅަނީ މިދެންނެވި މީހުން.
މޭޔަރ ލަތީ
05 March 2021
މޯލްޑިވިއަން ގައި ތިބި ސީނިއަރ ވަރަށް ގިނަމީހުންނަކީ އެމީހުންތިބި މަޤާމް ގެއްލިދާނެތީ މާލެއިން ބޭރަށް އެއްވެސް ބާރެއް ދިނުމަށް ބޭނުންވާ ބައެއްނޫން. ގަމަށް ގެންނަ ޕާރިސަލްވެސް އަދި މިތަނުން ފޮނުވާ ޕާރިސަލްވެސް ނަގާން ޖެހެނީ މާލޭ މީހާ ބުނީމަ ނޫނީ އެކަންވެސް ނުކުރެވޭ.
ހަސާނ
05 March 2021
މިހާރު ދިވެހި 900+ އަދި ނިމެން އުޅޭ 350 ޕައިލެޓުން އެބަތިބި. ސީޕޭން އަދި ފުލައިޓް ތައް ވަރައް މަދު. ބޭރު ގައުމުތަކުން ދިވެހިން ބޭނުމެއް ނުވޭ ހާލަކުން ނޫނީ. ވާހަކައަކީ މަޑުން ރީތި ގޮތުގަ ނުތިބެންނާ ރިޕްލޭސް މިކިޔާ ކަންތައް ހިނގައިދިއުން ގާތް