ބަލިމީހާގެ އާއިލާ އިން ބުނަނީ ސްޓްރޯކެއް ޖެހުމުން ލިބެންވާ ފަރުވާ އޭނާއަށް ލިބިފައިނުވާ ކަމަށް. އުސޫލު ހަމަޖެހިފައި އޮންނަނީ ކޮވިޑް ބަލިމީހުން ހޮސްޕިޓަލަށް ނުގެންގޮސް ފަރުވާ ދޭ ގޮތަށް.
ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ކޮވިޑް ބަލިމީހަކާ ޑޮކްޓަރަކު މަޝްވަރާކުރަނީ: މިއީ ކޮވިޑަށް ހާއްސަ އެންމެ ބޮޑު ފެސިލިޓީ
06 މާޗް 2021 - 11:51
ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އޮތް ކޮވިޑް ބަލިމީހަކަށް ސްޓްރޯކެއް ޖެހުމުން އެކަށީގެންވާ ފަރުވާ ނުލިބުނުކަމުގެ ތުހުމަތު އާއިލާއިން އެޗުޕީއޭގެ ބޮލުގައި އަޅުވައިފި އެވެ.
މި މައްސަލަ ފެންމަތި ކުރުވި އާއިލާގެ އަންހެން މެންބަރަކު ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) ޓެގްކުރުމަށް ފަހު އާންމުކުރި ޓުވީޓެއްގައި ބުނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އޮއްވާ އޭނާގެ ބައްޕައަށް ސްޓްރޯކް ޖެހުމުން ހޮސްޕިޓަލަށް ބަދަލުކޮށްދިނުމަށް އާއިލާގެ ފަރާތުން ތަކުރާރުކޮށް އެދެނު ކަމަށެވެ. ނަމަވެސް ކޮވިޑް-19 އަށް ފަރުވާދެމުން ދާތީ ހޮސްޕިޓަލަށް ބަދަލުކުރަން ހުއްދަ ނުދިން ކަމަށް އޭނާ ބުންޏެވެ.
އުސޫލުތައް އޮންނަ ގޮތުން ވެސް ކޮވިޑް ފެސިލިޓީގައި ބަލިމީހުންނަށް ފަރުވާދެނީ އެތަނުގައި ބާއްވައިގެންނެވެ. ހާއްސަ ޑޮކްޓަރުންގެ ފަރުވާ ބޭނުން ނަމަ އެފަދަ ޑޮކްޓަރުންގެ ލަފާ ވެސް ހޯދަ އެވެ. އެކަމަކު ހޮސްޕިޓަލްތަކުގެ އާންމު ބައިތަކަށް ކޮވިޑް ބަލިމީހުން ބަދަލުކޮށް ހަދަމުން ނުދާ ކަމަށް، އެޗުޕީއޭ އިން ބުނެ އެވެ.
ސްޓްރޯކް ކުރިމަތިވި މީހާގެ އާއިލާއިން ގަބޫލުކުރަނީ ހުޅުމާލޭ ފެސިލިޓީގައި އޮތް އިރު އެކަށީގެންވާ ފަރުވާ ނުލިބުނު ކަމަށެވެ.
"މަނާލުލު"ގެ ނަމުގައި ޓްވީޓްކުރި އަންހެންމީހާ ބުނި ގޮތުގައި، މީގެ ހަ ދުވަސް ކުރިން އެ މައްސަލަ ފުރަތަމަ ދިމާވުމުން ވެސް އޭނާ ޓްވީޓްގައި ލިއުނެވެ. އެކަމަކު އެ ފަހަރު ފޮހެލީ އެވެ. އަލުން ހާދިސާ ކިޔައިދޭން ބޭނުންވީ، އޭނާ ބުނި ގޮތުގައި، "މިކަން މުހިންމު ވެގެންނެ"ވެ.
އޭނާ ބުނީ ސްޓްރޯކް ޖެހުމުން ކޮވިޑް ފެސިލިޓީގައި ބައްޕަ ބާއްވައިގެން އައިޖީއެމްއެޗުގެ ނިއުރޮލޮޖީ ޑިޕާޓްމަންޓުގެ ލަފަޔާ އެކު ފަރުވާދެމުން ގެންދިޔަ ކަމަށެވެ. ހާލު ރަނގަޅު ކަމަށް އެ ފެސިލިޓީން އާއިލާއަށް އެންގި ކަމަށް ވެސް އޭނާ ބުންޏެވެ.
ކަރަންޓީންގެ 14 ދުވަހުގެ މުއްދަތު ނިމިގެން އައިޖީއެމްއެޗުގެ ނިއުރޮލޮޖީ ޑިޕާޓްމަންޓުން އެޕޮއިންޓްމަންޓެއް ހަމަޖެހެން ވެސް ދުވަސްތަކެއް ނެގި ކަމަށް އޭނާ ބުންޏެވެ.
އެކަމަކު ކޮވިޑް ޖެހިގެން އެމީހާ އެޑްމިޓްކުރީ ކޮން ދުވަހަކު ކަމެއް، އަދި 14 ދުވަސް ހަމަވެގެން ދޫކޮށްލީ ކޮން އިރަކު ކަމެއް ވެސް ޓްވީޓްތަކުން އެނގޭކަށް ނެތެވެ.
I wrote this earlier and then deleted it but this is important. 6 days ago, my dad had a stroke while in the Hulhumale covid facility. We were told that he cant be transferred to a hospital even though it was requested so many times and that they were following the advice of 1/8
— manaalulu🍄🐸 (@manaalulu) March 5, 2021
ޓްވީޓުތަކުގައި ލިއެފައިވާ ގޮތުން ބަލިމީހާ އައިޖީއެމްއެޗަށް ދައްކަން ގެންދިޔައީ އިއްޔެ އެވެ.
"ޑޮކްޓަރު ބުނީ މިހާރު ވެސް މާ ގިނަ ވަގުތު ފާއިތުވެއްޖެއޭ، އަދި މިއަދު އާދެވުމަކީ ވެސް ނަސީބެކޭ،" އަންހެންމީހާ ބުންޏެވެ.
އާއިލާއިން ބުނި ގޮތުގައި ކޮވިޑް ފެސިލިޓީގައި ސީޓީ ސްކޭނެއް ހެދުމުގެ އިތުރުން އެތެރެހަށީގެ ޑޮކްޓަރަކު ކޮންމެ ދުވަހަކު ޗެކަޕަކަށް ޒިޔާރަތްކުރި އެވެ. ބްލަޑް ތިނާ ބޭހެއް ދިން ނަމަވެސް "އެއީ ބައްޕައަށް ދޭ ބޭސްތަކުގެ ތެރޭގައި ހިމެނޭ އެއްޗެއް ވެސް ނޫން" ކަމަށް އޭނާ ލިއުނެވެ.
އެހެންކަމުން ބޭހުގެ ކަންކަމާ އެވަގުތު ވާހަކަ ދައްކާފައި އެވަނީ "ހަނދާން ނެތުމާއި ކަންކަން އޮޅުންނުފިލާ ހާލަތެއްގައި އޮތް ބަލިމީހާ"އާ އެކަނި ކަމަށް، އޭނާ ބުންޏެވެ.
"ކަލޭމެންގެ ބެލުމުގެ ދަށުގައި އޮއްވާ ސްޓްރޯކް ކަހަލަ ބޮޑު ކަމެއް ދިމާވުމުން އޭނާއަށް ބޭނުންވާ އެކަށީގެންވާ ފަރުވާ ނުދިނީ ކީއްވެގެން ހެއްޔެވެ؟" އެޗުޕީއޭއަށް ނިސްބަތްކޮށް، އަންހެން މީހާ ސުވާލުކުރި އެވެ.
"ފެސިލިޓީގައި އޮތް އެހެން މީހަކަށް ހާޓް އެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހުނަސް ކަންކުރާނީ ހަމަ މިހެން ހެއްޔެވެ؟"
އާއިލާގެ ކަންބޮޑުވުމަކީ ސްޓްރޯކަކީ އެ އާއިލާއާ ގުޅިފައިވާ ކަމަކަށް ވެސް ވުމެވެ. އެގޮތުން މީގެ ކުރިން އާއިލާގެ ތިން މީހަކަށް ސްޓްރޯކް ޖެހިފައިވާ ކަމަށާއި ޒުވާން އުމުރުގައި ދެބެންގެ ދެދަރި މީހަކު، ސްޓްރޯކެއްގައި، މަރުވެއްޖެ ކަމަށް ވެސް، އަންހެންމީހާގެ ޓްވީޓްތަކުގައި ވެ އެވެ.
އޭނާ ބުނި ގޮތުގައި ސްޓްރޯކް ޖެހުނު ފުރަތަމަ ދުވަހު އެކަށީގެންވާ ފަރުވާ ލިބުނު ނަމަ "ބައްޕަގެ ހާލަތު މިހާރަށް ވުރެ ރަނގަޅުވީހެ"ވެ.
މިހާރު ބައްޕަގެ ހާލު "ރަނގަޅު ނުވާ ނަމަ އެއީ ކަލޭމެންގެ ޒިންމާއެކެވެ،" އަންހެންމީހާ ލިއުނެވެ.
މިކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން (ތަހޭ)އާ ސުވާލުކުރުމުން ވިދާޅުވީ "އެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ" ކަމަށެވެ. އަދި އެކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮވިޑަށް ޕޮޒިޓިވް ޕޭޝަންޓަކު ހޮސްޕިޓަލަކަށް ނުއެއް ގެންދާނެ. އެކަމަކު ހުޅުމާލެ ކޮވިޑް ފެސިލިޓީއަކީ ދިމާވާ ހާލަތްތަކުގައި ފަރުވާ ދެވޭނެ ވަސީލަތްތައް ހުރި ތަނެއް،" ތަހޭ ވިދާޅުވި އެވެ.
"އަދި ސްޕެޝަލިސްޓެއްގެ އެހީ ބޭނުންވެއްޖެ ނަމަ ގެނެސްގެން ވެސް ފަރުވާ ދެވޭނެ. އަޅުގަނޑުމެން މި އަންނަނީ މިކަން ހިނގައިދިޔަ ގޮތް ބަލަމުން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައާމިނާ
07 March 2021
ހަމަ ތިގޮތަށް އަހަރެންގެ ބައްޕައަށްވެސްވީ. ސުވާލު ކުރީމަ ބުނީ ހީއެއްނުވޭ ސްޓްރޯކެއް ހެން. އެކަމަކު ކަނާތްފަރާތް އެއްވެސް ހަރަކާތެއް ނުރޭ. މިދިޔަ އަހަރު ނޮވޮމްބަރގައި ހިނގި ކަމެއްމީ. ވަރަށް ދަތި ހާލުގައި ގެންގުޅެނީ...
އޭނަ
07 March 2021
އެހެނވީ އިރު މިހާރު އެޑްމިޓު ކޮށްގެން ބަލިމީހާ އަށް ލިބެނީ ކޮން ފަރުވާ އެއް ތޯ ބަލަން ވީނު. ބަލި އަދި ބަލީ ގަ ވާ ގޮތް ނޭނގޭ މީހުން ހަގީގަތް ބަލާ ނުލާ ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ދެރަ ކަމެއް
ޙަބީބު
07 March 2021
މިސަރުކަރަކީ ގަބިލު ވެރިޔަކު ހުރިސަރުކަރެއްނޫން މަޖިލިހުގަ 25 އަހަރު އުޅުނެކޭ ކިޔާފަ އެއީ އަދި ވެރިކަމައް ކުފޫހަމަވުމެއްނޫން ޔާމިނު ޓުރޭޑު މިނިސްޓަރު ކަމުގަ ދިވެހިންގެ ކުންފުނި އެސްޓީއޯ އުފެއްދި އެމްޓީސީސީ ވެމްކޯކަހަލަ ހަރުދަނާ ކުންފުނި އުފެއްދި މާލެ އެއާޕޯޓައް ރައިސްނަސިރު ފިޔަވާ އެންމެބޮޑު ކުރިއެރުމެއް ގެނެސްދިނީ ޔާމިން ސީޕްލޭން ޓާމިނާ ވެސްއެހާ ފުރިހަމަ އިބުރާހިމާ ދެންފައިބާ ތީހަމަ ސޮހޮޅެއްތާކުހުރި
ގުދުގުދާބެއްޔާ
06 March 2021
ހޮސްޕިޓަލަށް ދަނީ ޑޮކްޓަރއަށް ދައްކަން! ދާމީހާ ޑޮކްޓަރއަށް ކަންކުރަންގޮތް ކިޔާދެވޭނަމަ ދެން ނުޖެހޭ ޑޮކްޓަރަށް ދާކައް! ކޮވިޑް ކޭހެއްގައި އޮތް މީހަކު ސްރޯކް އަދި އެއަށް ވުރެން ނުރައްކާ ވިޔަސް އާއްމު ބަލި މީހުންތިބޭ ހޮސްޕިޓަލަކަށް ބަދަލެއް ނުކުރެވޭނެ! ކީއްވެބާ ،މައްސަލަނުޖެއްސީ އިންޑިޔާއަށް ދާން ދޫކޮއްނުލައިގެން! ހުލުމާލެ މެޑިކަލް ފެސިލިޓީއަކީ ޓާސަރީ ހޮސްޕިޓަލްގެ ފެންވަރު ތަނެއް!
ޕޮޒޮޓިވް ވި މީހެއް
06 March 2021
އެޗް ޕީ އޭ އިން އިހްމާލު ވާވަރު އިނގޭނީ މިބަލި ޖެހުނީމަ.. ބޮޑެތި ކޮންފަރެންސް ތައް ބާއްވާފަ އަންހެން ޑޮކްޓަރުން ޓީވީ ތަކަށް އަރައި މުޅިން ދައްކަނީ ދޮގުވާހަކަ.. އަސްލު ހަމަ މީ.. މި ކޮމެންޓް ޕޯސްޓް ކޮށްދެއްވާ ރައްޔިތުންނަށް މިކަންކަން އެނގިގެން ދެންވެސް ރަނގަޅުވާނީ.. މިހާރު ނޫހުން ނެގެޓިވް ކޮމެންޓެެއް ކޮށްފިއްޔާ ނުޖަހާ. އިހުމާލުގެ އެންމެ ކުޑަ މިންވަރަކީ 1676 ކަށް ގުޅިމަ އެތާ އެތިބަ ކުދިންނަށް ނޭނގޭ 14 ދުވަސް ވާއިރު ޕޮޒިޓިވް މީހެއް ނެގެޓް މީހެއް.
ޜައްޔްތު
06 March 2021
ކޮވިޑް އަކާ.ހުރިހާކަމެއް ދޫކޮއްލާ އަތްއުރަަލައިގެން ތިބެން މިޖހެނީ. ޥަޒީފާއެއް ނެތި ބަޑައް މަރުވަނީ. ކަސްރަތު ނުކުރެވި މީހުންގެ ސިެްހަތު ދަނީ ދަށަށް. ޜައްރަށުންމީހުން މާލެ ނާދެވި ބޮޑެތި ބަލިތަކުގައި. ބޯހަލާކު
ހަސަންބެ.
06 March 2021
ދިވހިން ގެ މެޑިކަލް ކަންކަން ސިންގަޕޫރާއި އެެއްހަމަ އަކަށް ގެންނަން 25 ބުރީގެ ހޮސްޕިޓަލެއް އަޅައި މަސައްކަތް ފެށިރައީސް އަށް ވަގަށް ގޮވައި ވަގުބަދުނާމު އަޅުވާ ޖަލުގެ ތޭރިތަކުގެ ތެރެއަށް ލީ ރައިޔަތުން ތިޔަ ކަހަލަ ކަންކަމުގައި ޒިންމާވާންޖެހޭނީ.
ޙަނގާ
06 March 2021
ސްޓްރޯކެއްޖެހި ފަރުވާދިނުމަށްއޮތް ހުރަހަކީ ކޯވިޑް ބަނޑުހައި ހޫނުކަމުގައި މަސައްކަތެއްހޯދުމަށްއޮތް ހުރަހަކީ ކޯވިޑް. ބޯހިޔާވަހިކަމަށްއޮތް ހުރަހަކީ ކޯވިޑް ދަރިންގެ ތައުލީމަށްއޮތް ހުރަހަަކީ ކޯވިޑް. ޙައްގު ބަސްބުނުމަށްއޮތް ހުރަހަކީ ކޯވިޑް. މާލެއިން ކޯވިޑްގެ އެންމެ ބަލިމީހަކު ފެނުނުއިރަށް ފުލް ލޮކްޑައުން. ޢަދިކޮބާ ސޯޝަލް މީޑިއާގައޭނަ ނޮޅާވީދާލީ. މަބުރޫކްވެސް އޭނައަށް ނިސްބަތްކޮށް މިއޮތީއޭ އެންމެ މީހަކު ދިޔަހާތަން. މިހާރު ކީއްވެެބާ އެހާވަރުނާރުވަނީ.
ބަޑީ
06 March 2021
ކަލޭމެންކަހަލަ ގތކޑ މީހުން އުޅޭތީ މިހާރު އެހާވަރުނާރުވަނީ.
ފޫޅު އަލިބޭބެ
06 March 2021
މަ މިއަންނަނީ މިވާހަކަ ދައްކަމުން. އެޗްޕީއޭގެ އަމަލުތައް ހުރީ ބޮއްސުންލާފައި. ވަރަށް ވިޔާނުދާ ބައެއް. އެންމެ ކޭސް އެއް ފެނިގެން ލޮކުޑައުން ކުރީ ކުއްލިއަކަށް. މާލޭގެ ހާލަތެއް ނޭނގެ. މިތަނަށް ހެދިފަ އޮތް ދިރާސާތަކެއްގެ މައްޗަށް ހަދާފަ އޮތް އެއްވެސް ގައިޑުލައިނެއް ނެތް. މުޅިން ވެސް ހުރީ ތަންތަނުން ނަގާފަ ހުރި ޓެންޕުލޭޓުތަކެއް.
ބަޑީ
06 March 2021
ދެން ކަލޭދާންވީނުން އެއަށްވުރެން މޮޅަށް ކަންކަން ކުރަން!! ބަޔަކު މީހުން ކުރަމުންދާ މަސައްކަތާ ވަމުންދާ ޤުރުބާން ބަލާނުގަންނަތާ ހިތުހުރިއެއްޗެއް ގޮވުންނޫންކަމެއްނެތް.
ފޫޅު އަލިބޭބެ
06 March 2021
ބަޑީއަށް ވަރަށް ސަލާމް ބުނުމަށްފަހު ބުނަން. ބޭބެމެން ޒަމާނުގައި ކޮލެރާ ޝިގިއްލާ އެރީ. ބަޑީމެންގެ މައިބައިފައިންވެސް އެއިރު އެއީ ތުއްތުކުދީން. އެކަން ހައްލުކުރަން ވެކުސިން ދޭން ހިނގި އެކަކު ބޭބެއަކީ. ހެލުތު ދާއިރާގައި ޒަމާންވީ ފުޅުމެންނަށް ބޭބެ އެނގޭނެ. ކަންކޮށްފަ ނަތީޖާ ދައްކާފަ ބޭބެ އޮންނާނީ. އަދި ބުނަން ދިވެހި ރައްޔިތުންނަށް އިގުތިސާދީ ތުރާލެއް ނުޖައްސާ އެކަން ނިންމީ. ދެން ބުނޭ ދެބަލި ފެތުރޭ ގޮތް ތަފާތޭ. ބޭބެއަށްވެސް އެވަރު އެނގޭ.
އަލި
06 March 2021
ބޮޑެއްގެ އާއިލީ މީހެއްނަމަ އޮންނާނީ ދަރުމަވަންތައިގަ. ނިކަމެތި މީހާވީމަ ކޮންމެވެސް ތަނެއްގަ. ކޮވިޑަށް ވުރެ މިފަދަ ކަންކަން މާބޮޑަށް ނުރައްކާވެއްޖެ ހެން ހީވަނީ..