ޓްރާންސްޕޯޓް މިނިސްޓްރީގައި ބަޔަކު ހިތްހަމަނުޖެހުންފާޅުކުރަނީ. ލައިސަންސް ނެގުން ހުއްޓާލާފައި ވަނިކޮށް ޖޫރިމަނާކުރުމަކީ ތަކުލީފެއް ކަމަށް އެ މީހުން ބުނޭ.
07 މާޗް 2021 - 12:19
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމުގެ ފުރުސަތު ނުދީ ޖޫރިމަނާކުރުމާއި ލައިސަންސް ކާޑު ދޫކުރުން ލަސްވާ މައްސަލައިގައި ޓްރާންސްޕޯޓް އޮތޯރިޓީ ދޮށަށް ބަޔަކު މިއަދު އެއްވެ ނުރުހުންފާޅުކޮށްފި އެވެ.
ބޯޑުތަކެއް ހިފައިގެން ގޮސް ހައެއްކަ މީހުން ގޮވާލީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މިންގަނޑުތަކަށް އަމަލުކޮށްގެން ނަމަވެސް ލައިސަންސް ނެގުމުގެ ފުރުސަތު ދިނުމަށެވެ. އެ މީހުންގެ ކަންބޮޑުވުމަކީ ލައިސަންސް ނެތި ދުއްވާއިރު ބޮޑު އަދަދުން ޖޫރިމަނަކުރުމެވެ.
Rayyithuge kehtherikan kolhun laifi. Covid ge namugai rayyithunge asaasee ethah haqqeh nigulhaigenfi. Haqquthah hoadhan rayyithun vuzaarathakuge ethereygai ihuthijaaj kuran mivanee majbooruvefai. License netheema zuvaanun kuhverivey. Zuvaanunnah License negeyne gotheh neiy. pic.twitter.com/yYvkGydml7
— Ahmed Shiyam (@Shiyamaldives) March 7, 2021
މި މައްސަލައިގައި ޓްރާންސްޕޯޓް އޮތޯރިޓީ ދޮށަށް އެއްވި މީހުން ވަނީ އެތަނުގެ ޚިދުމަތްތައް ލަސްވާ މައްސަލައިގައި ވެސް ފާޑުކިޔައިފަ އެވެ. އެ މީހުން ތިބީ ލައިސަންސް ކާޑު ހަދަން ހުށަހެޅުމުން އަތަށް ލިބެން ދެތިން މަސް ނެގުމާއި ޚިދުމަތް ހޯދަން ގުޅުމުން ފޯނަށް ޖަވާބު ނުދިނުމުން ފަދަ ކަންބޮޑުވުންތައް ބޯޑުތަކުގައި ލިއެގެންނެވެ.
"ލައިސަންސް ޓެސްޓް ހެދޭނެ ގޮތެއް ނެތް، އެކަމަކު މަގުމަތިން ހުއްޓުވައި 750،ރ، ނުވަތަ 1000ރ. އިން އެބަ ޖޫރިަމނާކުރޭ،" އޭނާ ވިދާޅުވި އެވެ.
"މީގެތެރޭގައި ލައިސަންސް ކާޑު ހަދަން ޓްރާންސްޕޯޓަށް ދީގެން ދެތިން މަސް ނުލިބިގެން އުޅޭ މީހުން ވެސް އެބަހިމެނޭ."
ޓްރާންސްޕޯޓް އޮތޯރިޓީގައި ނުރުހުންފާޅުކުރި މީހަކު ބޯޑެއް ހިފައިގެން.
ލައިސަންސް ނުނަގައި ދުއްވާ ނަމަ 1،000ރ. އަދި ލައިސަންސް ކާޑު އަތުގައި ނެތް ނަމަ 750ރ. އިން ޖޫރިމަނާކުރެ އެވެ.
ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ޑްރައިވިންގ ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން ކުރިއަށް އޮތް 7 ދުވަހަށް ޚިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލަށްވަނީ ނިންމާފަ.
— Ministry of Transport and Civil Aviation (@MoTCAmv) February 3, 2021
ލައިސަންސް ނެގުން ވަގުތީ ގޮތުން މެދުކަނޑާލީ ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ލައިސަންސް ނެގުމުގައި އާއްމުންނަށް ހުރި އުނދަގޫތަކާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ގުޅުމުން އެތަނުގެ އިސް ބޭފުޅަކު ވިދާޅުވީ ވަރަށް އަވަހަށް ނޫސްބަޔާނަކުން އެކަން ސާފުކޮށްދޭނެ ކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީއަށް ބަޔަކު ގޮސް ނުރުހުންފާޅުކުރުމުން، އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޕީޕިއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލައިސަންސް ނެގުން ހުއްޓުވައި ޖޫރިމަނާކުރުމަކީ ކޮވިޑުގެ ނަމުގައި ރައްޔިތުންގެ ހައްގަކަށް އަރައިގަތުމެވެ. ނުރުހުންފާޅުކުރުމާ ހިސާބަށް ދަނީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި ހައްގުތައް ހޯދާނެ އިތުރު ގޮތެއް ނެތުމުން ކަމަށް ވިދާޅުވި އެވެ.
"ހައްގުތައް ހޯދަން ވުޒާރާތަކުގެ އެތެރޭގައި އިހްތިޖާޖްކުރަން މިވަނީ މަޖުބޫރުވެފައި. ލައިސަންސް ނެތީމަ ޒުވާނުން ކުށްވެރިވޭ. ޒުވާނުންނަށް ލައިސަންސް ނެގޭނެ ގޮތެއް ނެތް،" ޝިޔާމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިނިމަލް
08 March 2021
ތީ އެއްކަލަ ބަރި ބަރިޔަށް ޓޯކެން ނަންބަރު ނަގާފަ ގޮނޑިބަރިއަށް ބަހާލާ ތަން ދޯ... ތީ ދުވަހަކު ކުރި ނާރާނެ ތަނެއް، މުސްކުޅިވެފަ އޮތް ތަނެއް، ތިތަން ޖެހޭނީ 7 ފެނު ކައްކާފަ ރާހުތް ލާން.
ކަނބިލި
07 March 2021
ކުފޫ ހަމަނުވާ ނާގާބިލު މީހުން ވަޒީރުކަމަށް ލުމުން ހުރިހާ ހުތުރެއް ސަރުކާރަށް އުނދަގުލެއް ރައްޔިތުންނަށް
ޢިބޫ
07 March 2021
ކުފޫ ހަމަނުވާ މީހުން ތަންތަނަށް ލީމަވާގޮތް މިފެންނަނީ.
އަހުމަދުބޭ
07 March 2021
މި ލައިސަންސް ދިނުމުގައި އިތުރު ވިސްނުމެއް ގެންގުޅެން އެބަޖެހޭ، މިހާރު މިއޮންނަ އުސޫލުން އަލަށް ލައިސަންސް ނަގާ ގިނަކުދީން މިތިބެނީ 18 ވާއިރު ތިން ހަތަރު ހާހުން ޖޫރިމަނާވެފައި ދެން 18 ވީމަ މިދަނީ ލައިސަންސް ނަގަން، ފުރަތަމަ މިޖެހެނީ ޖޫރިމަނާ ދައްކަން، ދެން މިވާގޮތަކީ ޖޫރިމަނާ ނުދެއްކި ލައިސަންސް ނުނެގި އަނެއްކާވެސް މަޖްބޫރުކުރުވަނީ އެކުދިން ލައްވާ ދުއްވަން ދެން ކޮންމެ ކުއްޖަކު އަނެއްކާ 20 ހާހުން 50 ހާހުން ޖޫރިމަނާ މިވަނީ މިކަމާ ހަމަ ވިސްނާލުން ރަ
އަލީ00
08 March 2021
18 އަހަރުވާއިރު ތިންހާހު ހަތަރު ހާހުން ޖޫރިމަނާވަނީ 18 އަހަރު ނުވަނީސް ދުއްވީމަ ނޫންތަ.
އޮޅުވާލުމުގެ ހައްދު
07 March 2021
ލައިސަންސް ނިޒާމު ހަރުދަނާ ކުރަން މި މަސައްކަތް ކުރާ އުސޫލު ބަދަލުކޮށް ލައިސަންސަށް އެޕްލައި ކުރަ ފަރާތްތަކަށް ދަސްކުރަން ލައިސަންސެއް ދޫކޮށް އެ ލައިސަންސުގައި ލައިސަންސް އޮތް ކޮންމެ ފަރާތަކާއެކު ދުއްވާ، ދުއްވަން ދަސްކުރުމުގެ ހުއްދަދީ، މި ލައިސަންސުގައި މައްސަލައެއް ޖެހިއްޖެ ނަމަ ދަސްކުރާ ލައިސަންސް ސަސްޕެންޑުކޮށް، ވަކި މުއްދަތެއް ވަންދެން ދަސްކުރާ ލައިސަންސް ދެން ނުލިބޭގޮތަށް ހަމަޖެއްސުން ރަނގަޅު.
ގަރާޖަކަށް 70 ވެހިކަލް
07 March 2021
މި ބިންމަތީ މިއަށްވުރެ ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް ދަތިބޮޑު އެއްވެސް މުވައްސަސާއެއް ނުހުންނާނެ
ޕިކްސް
07 March 2021
ބަލަ 1 އަހަރުން ލައިސަންސް ލިބުނަސް ދުއްވަންޖެހޭނީ ލައިސަންސް އަތަށް ލިބުނީމަ. އެހެންނޫނީ ނުދުއްވާހުރޭ. ގާނޫނާ ގަވާއިދާ ހިލާފުވީމަ ޖޫރިމަނާވެސް ކުރާނެ. ހަމަ އެގޮތަށް ޓްރާސްޕޯޓުން ރައްޔިތުންނަށް އުދަގޫކުރަންޏާ މަޖިލީހުން އެބަޖެހޭ އެކަންބަލަން.
ހަލުވި ހަސަނު
07 March 2021
މަންޖޭ ގައުމުގެ ބޮޑެތި އިޝޫތަކަށް އޮއްޓަރެއް ހުރި ޚިޔާލެއް ދެވޭނީ ފުރަތަމަ ތިޔަ ނެއިލް ޕޮލިޝިންނާ މޭކަޕްސެޓުން އަތްދޫކޮށްލާފަ މީހުން އުޅޭ ހާލާމެދު ރަނގަޅަށް ވިސްނާލަން ވަގުތުކޮޅެއް ދިނީމަ. ލައިސަންސް ނުނަގާ ދުއްވެން ޖެހޭނެޔެކޭ އެކަކުވެސް ނުކިޔާ. މި ކޮވިޑްތެރޭ ވަޒީފާ ގެއްލި ޓެކްސީ ކުރުމައްޓަކައި ވެސް މީހުން ލައިސަންސް ހޯދާއެބަ. އިސްތަށިގަނޑު ބްލޮންޑުކޮށްގެން ފިރިހެނެއްގެ ފަހަތަށް އަރައި ދުއްވިޔަކަސް އަދި ލައިސަންސްގެ ބޭނުމެއް ނުވިސްނޭނެ.
މިމީހުންގެ ފެންވަރު
07 March 2021
ތިތާ ތިތިބީ ހުސް 5 ކުޅަނދު މަދު މީހުންނެވެ.
ޖާބެ
07 March 2021
ފަސްކުޅަދުމަދަސް ހަމަ ދިވެހިރައްޔިތުން އެއީވެސް ، މުޖްތަމަޢުގެ ތިޔަބުނާ ކުޅަދު މަދުވުމަކީ އެގަޢުމެއްގެ މަސްއޫލިއްޔަތު އަދާނުކުރެވުން މުޖްތަމަޢު ފެއިލްވުން
ލުތުފީ
07 March 2021
7 ދުވަސް މަޑުކޮށްނުލެވުނީތޯ! ނޫނީ ހަމަ ސިޔާސީ ރެވިތެޔޮލެވިގެން އުޅެވެނީތޯ!
ގަރާޖަކަށް70 ވެހިކަލް
07 March 2021
ވަރަށް އުނދަގޫ ބޮޑުތަނެއްތީ ފިލިނުކޮށް ހަމަ އެއްވެސް ކަމެއް ނުހިނގާ ދެން މިތަނުގެ ކަންކަން އާއިސަވެސް ނުބަލާ ބަލާކަށް ނުވެސް އެނގޭ ނުކިރާކމެއް ވީމަ