ރައީސް ވާހަކަފުޅު ދައްކަވަނީ: އެމަނިކުފާނު މިރޭ ވިދާޅުވީ މާލޭން ބިންކޮޅު ދޫކޮށްލުމުން ގޯތިލިބޭ މަޝްރޫއެއް ހިންގާނެ ކަމަށް-- ފައިލް ފޮޓޯ
07 މާޗް 2021 - 23:21
މާލޭގައި އޮތް ބިން ދޫކޮށްލާ ފަރާތްތަކަށް ގޯތި ދޫކުރާ މަޝްރޫއެއް ސަރުކާރުން ހިންގާނެ ކަމަށް ރައީސްް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
،ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރަން އެމްޑީޕީން ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ވާޗުއަލް ޖަލްސާތަކުގެ ސިލްސިލާގެ ތެރެއިން މާލޭގެ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިިދާޅުވީ އެ މަޝްރޫއުގެ ތަފްސީލުތައް މިއަހަރު މެދުތެރޭގައި ހާމަކުރެވޭނެ ކަމަށެވެ. މާލެއިން ބިން ދޫކޮށްލާ ފަރާތްތަަކަށް ގޯތި ދޫކުރާ މަޝްރޫއެއްގެ ވާހަކަ އެމަނިކުފާނު ދެއްކެވީ ކުރިން ހިންގި އެ ފަދަ މަޝްރޫއެއްގެ މީހުންނަށް ތަނެއް ނުލިބުނު މައްސަލައިގެ ސުވާލުތައް ކެންޑިޑޭޓުން ކުރެއްވުމުންނެވެ.
"ވެށިފަހި މާލެ" ޕްރޮގްރާމްގެ ނަމުގައި އެ މަޝްރޫއު ފެށްޓެވީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. މިރޭ ބައެއް ކެންޑިޑޭޓުން ވިދާޅުވީ ބިންްކޮޅު ދޫކޮށްލަން އޭރު އެއްބަސްވި ބައެއް މީހުންނަށް އަދި އެއްވެސް ގޮތެއް ފެނިފައި ނުވާ ކަމަށެވެ.
"އަދި އިތުރު މަޝްރޫއެއް ހިންގުމަށް އަޅުގަނޑުމެން ވިސްނާފައި އެބަ އޮތް. އެ [ތަފްސީލް] އެހިސާބަށް ދިޔައިމާ އަޅުގަނޑުމެން ހާމަކުރަމުން ގެންދާނަން. ގޯތި ވެސް އޭގެ ތެރޭގައި ދޫކުރެވިގެންދާނެ މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށް،" ރައީސް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ގުޅިފަޅުން 700 އަކަފޫޓުގެ 12،000 ގޯތި ދޫކުރާ ވާހަކަ ކުރިިން ވެސް ހާމަކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ރައީސް މިރޭ އެ ވިދާޅުވިި މަޝްރޫއުގައި ހިމެނޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި އެންމެ ބޮޑުވެފައިވާ އެއް މައްސަލައަކީ ބޯހިޔާވަހިކަަމުގެ ދަތިކަމެވެ. އެ ދައްޗަަށް ހައްލެއް ހޯދަން ސަރުކާރުން ގިނަ މަޝްރޫއުތަކެއް މިހާރުވެސް ހިންގަމުން އަންނަ ކަމަށްް ވިދާޅުވެ، ރައީސް ތަފާސްހިސާބުތަކެއް ވެސް މިރޭ ދެެއްވި އެވެ. އެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މާލެ ސަރަހައްދުގައި 13،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އެކި ހިސާބުތަކަށް ގެންގޮސްފައި އެބަހުއްޓެވެ. އަދި އޭގެ ތެރެއަށް ފަހުން އިތުރުވާނެ 2000 ހައުސިން ޔުނިޓާ އެކު 15،000 ހަައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ރާވާފައި އެބަ އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިވީ ވައުދާ އެއްގޮތަށް ގްރޭޓާ މާލެ އޭރިއާއަށް، މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން މިހިންގޭ މަޝްރޫއުތަކުގެ ރަނގަޅު ނަތީޖާއެއް އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ތެރޭގައި ފެންނާނެ،" ރައީސް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވެސް ރައީސްގެ އަރިހުގައި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ބައިވެރިވެވަޑައިގެންނެވި އެވެ. މިނިސްޓަރުންނާއި ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވީ ވާޗުއަލްކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެރެދި ބެއްޔާ
08 March 2021
ތިބެގެން ކޮސްގޮވަނީ .. ހުސް ހޮޅިވައުދު....!
އަރުތަ
08 March 2021
މުޅިއަކުން ކޮހެއްވެސް ނޫން، މީގެ ކުރިންވެސް އެމްޑީޕީ ވެރުކަމުގަ އެބުނާ އުސޫލޫން، މާލޭގަ އޮތް ކުޑަ ބިންކޮޅު ދޫކޮށްލި ފަރާތްތަކަށް ހުޅުމާލެއިން 1200 އަކަފޫޓުގެބިން ދިނުމުން އެތަންތަނުގަ އިމާރާތް ކޮށްގެން ބަޔަކު މީހުން މިހާރުދަނީ ދިރި އުޅެމުން، އިމާރާތް ކުރާނެ ލޯނުވެސް ބޭންކުން ލިބޭނެ މަގު ފަހިކޮށްދީފަ ވާކަންވެސް ފާހަގަކޮށްލަން.
ހާސަރު
08 March 2021
އުސޫލްތަކުގައި ބައިވަރު މައްސައެބަހުރި. ދަރިންނަށް 18 އަހަރު ވެއްޖެނަމަ ދަރިންގެ ބައިން ޕޮއިންޓް ނުލިބޭ! އުޅެވޭނެ ގޮތެއް ނެތިގެން އެތައް ބަޔެއްގެ ނަމުގައި ރަޖިސްޓްރީ އޮތް ބިންކޮޅު ދިގުމުއްދަތަކަށް ހަދަންބަޔަކަށް ދީފަ އޮތީމަ އިމާރާތެއް ހުރެގެން ޕޮއިންޓްނުލިބޭ ! މިކަހަލަ ކަންތަކާހުރެ މިދިޔަ 40 އަހަރު މާލެއިން ނިކަމެއްޗަކަށް ގޯތި ލިބިފާނެތް! މާލެ އުފަން މާލޭ ރައްޔިތެއްގެ ނަމުގައި 600 އަކަފޫޓް ނެތްނަމަ ގޯއްޗެއް ލިބެން އެބަޖެހޭ.
އަރުތަ
09 March 2021
ރައީސް މައުމޫނު ހުޅުމާލެ ހިއްކުމުގެ މަޝްރޫޢު ފައްޓަވާދެއްވަމުން ވިދާޅުވި މަޤްސަދު ޙާސިލު ނުވާ ކަމީ ވަރަށް ދެރަވަރު ކަމެއް، ބޯހިޔާވަހިކަމެއްނެތް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަތިވެރިމަޤްސަދު މިއޮތީ މުޅިން އެކޮޅުކޮޅުން ޖެހިފަ، ވަކި މިސަރުކާރެއް ނޫން، ހުރިހާ ސަރުކާރުތަކުންވެސް ބޯހިޔާ ވަހިކަން ނެތް މާލޭގެ ރައްޔިތުންނަށް އިހުމާލު ވެއްޖެކަން ހަމަ ކަށަވަރު.
އަސްތާރު
08 March 2021
އަޅެ ދިވެހިން އަދިވެސް ހަމަ އެހާ ގަމާރުތަ؟ މިމީހުން ދައްކާ ހުރިހާ ވާހަކަ އަދިވެސް ހަމަ އަހާތަ؟ މިމީހުން ކުރާ ހުރިހާ ކަމަކަށް ބަސް ނުބުނު މިތިބެނީ ކީއްވެތަ؟ އަޅެ މީ ކިހާ ދެރަކަމެއްދެން. ކޮންމެ ކަމެއް އޯކޭ، އޯކޭ ހަމަ އޯކޭ
ޙަހާ
08 March 2021
ކު ރިންވެސް ތިގޮތަށް ހުޅުމާލެއިން އެތަށްބަޔަކަށް ގޯތިދިން..މާލެއިން ހުސްވި ބިމެއް ނެތް.. ރައީސް ނަޝީދު ވިދާޅުވީ އެއްޗެއް ހިއްކަން އަޅަލަން ރޯނެއް ދަމާލަން ނޫނީ ގަހެއް ޖަހާލަން ވިޔަސް މާލެ އަށް ލުޔެއް އަންނަން ޖެހެޔޭ.. އެކަމު ހުޅުމާލެއިން ގޯތި ލިބުން މީހުން މާލެއިން ބިން ދޫކޮށްލިތޯ ނުބަލާ.. އެމީހުނަށް ކުއްޔަށް ދޫކުރާނެ ތަނެއް އިތު ރުވީ
އަރުތަ
09 March 2021
ތީ ހުސްދޮގު، މާލެއިން ދޫކޮށްލި ބިންތައް ރ ޔާމީނުގެ ސަރުކާރުން ވިއްކީކަން ނުދެނަހުރިންތޯ، އަދި އެތަންތަން މީހުން ގަތީކަން ނުދެނަހުރިން ދެއްތޮ. ރަނގަޅަށް މައުލޫމާތު ސާފުނުކޮށް ތިކަހަލަ ކޮމެންޓް ކުރާކަށް ނުވާނެ، ޒިންމާ ވާންޖެހޭނެ.
ތަފާތު
08 March 2021
ވަރަށްދެރަވޭ މާލޭގަ އެކިބޭނުންތަކުގަ ކުއްޔަށްއުޅޭ އެތައްހާސް ބަޔަކަށް މިސަރުކާރުން ތަފާތުކުރުން ގެންގުޅޭތީ. މާލޭގަ އެމީހުން ވަޒަންވެރިވެގެން އެމީހުން އުޅެންޖެހެނީ ރާއްޖެއަށް ގެންނަ ތަރައްގީއަކީ ހަމައެކަނި މާލޭގެ ހައްގަކަށްހަދާފަ އޮތީމަ. ރާއްޖެތެރޭމީހުން މާލޭގަ ނޫޅެރަށަށްދާށޭ ބުނާއިރު ވަޒީފާއަދާކޮށްގެން އެކަށިގެންވާ ސިއްހީ ހިދުމަތް ލިބިގެންއުޅެވޭނެ ގޮތެއް ނެތް ރަށްރަށުގައެއް.
އާލަމް ބާއީ
08 March 2021
އިސްތިއުފާ!!!!!
ފިޔަވަޅު
08 March 2021
ފޮޓޮއިން ވަރަށް ގިނަ ވާހަކަ ބުނެދެ. ޢެކަމް މިފަހަރު ހިއެއް ނުވެ ކާމިޔާބު ވާނެހެނެއް
ހޮޓްކިންގ
08 March 2021
ކުރިންވެސް ގޯތިދޭނެކަމަށް ބުނެ މާލޭގެ ބިންކޮޅު ދޫކޮށްލާގޮތަށް ހެދީ އެމްޑީޕީ ސަރުކާރުގަ ނަޝީދުގެ ވެރިކަމުގަ. އޭރު ދޫކޮށްލި ބިންކޮޅަށް ގޯތި ނުލިބޭ މީހުން އަދިވެސް އެކަމުގެ ޝަކުވާގައި ތިއްބާ ތި ރާވަނީ ދެވަނަ ގަޅިޖައްސަންތޯ؟
އަރުތަ
09 March 2021
ބިންކޮޅު ދޫކޮށްލި މީހުނަށް ގޯތި ލިބުނު، ބިންކޮޅު ދޫކޮށްލާފަ ހުޅުމާލެއިން ބިން ނުލިބި މަގުމަތިވީ އެއްވެސް މީހަކުނެތް، އެހެނަސް ބޯހިޔާވަހިކަން ނެތް މާލޭގެ ރައްޔިތުން ބައިވަރު އެބައުޅޭ. އެމީހުނަށް ބޯހިޔާވަހިކަން ލިބެން އެބަޖެހޭ، އޭގެ ފަހުގަ މާލޭ ނޫން ރަށްރަށުގެ ބޭފުޅުންނަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށްދިނުން މޮޅު.
އޮނަރަބްލް އަފީފު ދީދީ
08 March 2021
އިއްޒަތްތެރި ރައީސް. އެކަންކަން ބަލާ ފިޔަވަޅު އަޅާ އަދަބު ދެވޭނެ ގޮތެއް ނެތް ކަމުގައިވިޔަސް ދައުލަތުގެ މުދަލާއި ޙަޒާނާ ވަކިބަޔަކަށް މާލީ ތަނަވަސްކަން ހޯދާ ދިނުމުގެ މަޤްސަދަށްޓަކާ ހޭދަކުރުމަކީ ކަޑައެޅިގެން ޙިޔާނާތެއް. # ކ.އަތޮޅު މާލެ ސަރަހައްދުގައިއަޅާ ސޯޝަލް ހައުސިންގ ސްކީމް ތަކަކީ "މާލޭމީހުނަށް ބޯހިޔާވަހިކަން ހޯދާދިނުމަށް" ދައުލަތުން އަޅާ ތަންތަން ކަމުގައިވާނަމަ އެތަންތަން ކުއްޔަށްދިނުމާއި ކުއްޔަށްހިފުމަކީ ޖިނާޢީކުށެއް ކަމުގައި ނަހަދަނީ ކީއްވެ؟
ފުލެޓް އަމާ.
08 March 2021
ދައުލަތުން ހަރަދުކޮށްގެން މާލޭ މީހުން ބޯހިޔާވަހިކަން ހޯދާދިނުމުގެ ނަމުގައި ހަދާ މާލޭ މީހުނަށް ދިން ފްލެޓް ތަކުގެ ތެރެއިން 100 އަކުން 10 ފްލެޓް ގައި ވެސް މާލޭ މީހުން ނޫޅޭ. އެމީހުން އެތަންތަން ބޭނުން ކުރަނީ އާމްދަނީ ހޯދާނެ ވަސީލަތެއްގެ ގޮތުގައި. ސަރުކާރަށް ވެސް މިކަން ކުރަނީ މިހެންކަން އިގޭ. އެކަމަކު އެކަން ހުއްޓުވާކަށް ސަރުކާރުވެސް ބޭނުމެއްނުވޭ. ސަބަބަކީ އޭގެ ފައިދާ ލިބެނީ މާލޭ މީހުނަށް ކަމުގައި ވުން.
ބޮޑުމީހާ
08 March 2021
ދައުރު މެދުތެރެއިންވެސް ވައުދު! ޖަޒީރާރާއްޖެ، އެޖެންޑާ19 ވައުދުފުނި ކޮބާ! އެވައުދުތައް ނުފުދި ރަށްވެހިފަތިހަށް ވޯޓްލިބޭ މަންޒަރެއް ނުފެނޭ! ޔޫކޭން ފޫލް އޯލްދަ ޕީޕްލަ ސަމްޓައިމަސް، ސަމް ޕީޕަލް އޯލްދަ ޓައިމްސް، ބަޓް ޔޫ ކާންޓް ފޫލް އޯލްދަ ޕީޕަލް އޯލް ދަ ޓައިމް.
އަރުތަ
09 March 2021
ދިވެހިން ހަމަ ފޫލް ހެއްދޭ، އެހެންވެގެންތާ ޖަލުގަ އޮތް ގައިދީއަކު މިނިވަން ކުރަން ގޮވާލާ މުޒާހަރާ ކުރަނީވެސް، ސިޔާސީ މީހުން އަޑީގަ ތިބެގެން ރައްޔިތުން ހަމަ ގުނބޯހައްދައިގެން ޅޮސް އުނދޯއްޔަށް ލައިގެން އަބަދުވެސް ކަންކަން ކުރަނީ، ވަކި ވެރިކަމެއްގެ ވާހަކަ ދައްކާނެ ކަމެއް ނެތް، ހަމަ ހުރިހާ ސަރުކާރެއްވެސް ޖަހާމަޅިއެއް.