ޓެކްނޮލޮޖީ / މައިކްރޮސޮފްޓް

މި އޮތީ އެންޓި ވައިރަސް ޕްރޮގްރާމެއް މުޅިން ހިލޭ، ޑައުންލޯޑްކުރާނެއްބާ؟

އެވީރާ ފްރީ އެންޓިވައިރަސް: ފްރީ އެންޓިވައިރަސް ލިސްޓްގައި ތަފާތު އެތައް އެޕްލިކޭޝަނެއް ލިޔެވިގެނ ވާއިރު އެކި މީހުން ގަޔާ ވަނީ އެކި އެޕްލިކޭޝަނާ. ގޮތެއް ނިންމުމަކީ ބޭނުންކުރާ މީހުންނަށް އޮތް އިޚްތިޔާރެއް

ވިންޑޯޒް ކޮމްޕިއުޓަރުތައް ވައިރަހުން ރައްކާތެރިކޮށްދިނުން އެންމެ އައުލާކަން ބޮޑީ ކޮން ބަޔަކަށް ހެއްޔެވެ؟ މައިކްރޮސޮފްޓަށް ދޯ އެވެ؟ އެންމެން އިއްތިފާގުވާނެ އެވެ. "މައިކްރޮސޮފް ސެކިޔުރިޓީ އެސެންޝަލްސް އެންޑް ވިންޑޯޒް ޑިފެންޑާ" އުފައްދައި، އާންމު ޑައުންލޯޑަށް މުޅިން ހިލޭ ދޫކޮށްފައި އެ އޮތީ މައިކްރޮސޮފްޓް ބަދުނާމުކޮށްފާނެތީ އެވެ. ސަލާމަތްވެވުނީ ނޫން ހެއްޔެވެ؟ އެ އޮތީ ބޮލުގެ އެއްޗެއް ހަދާފަ އެވެ.

ވިންޑޯޒް ބޭނުންކުރާ މީހުން ހިމާޔަތްކުރުމަށް މައިކްރޮސޮފްޓުން ބިލިއަނުން އިންވެސްޓްކުރެ އެވެ. އާންމުންނަށް އެކަން ނޭނގެނީ އެވެ. މައިކްރޮސޮފް ސެކިޔުރިޓީ އެސެންޝަލްސް އެންޑް ވިންޑޯޒް ޑިފެންޑާ އަކީ އެ މަސައްކަތުގެ އެއް ބޮޅެވެ.

ވިންޑޯޒް މިހާރު އެ އޮތީ ދުވަހަކު ވެސް ނުވާހާ ރައްކާތެރި އޮޕަރޭޓިން ސިސްޓަމަކަށް ވެފަ އެވެ. އެހާ ރައްކާތެރިއިރު ވެސް، ވިންޑޯޒް ހިމާޔަތްކުރުމަށް އެންޓިވައިރަސް ސޮފްޓްވެއާއެއް ބޭނުންކުރަން ޖެހެ އެވެ. އެ އުސޫލުން ބަލާއިރު، މައިކްރޮސޮފް ސެކިޔުރިޓީ އެސެންޝަލްސް އެންޑް ވިންޑޯޒް ޑިފެންޑާ އަށް ކޮށްދެވޭ މާ ބޮޑު ކަމެއް ނޯވެ އެވެ. ވާދަވެރިންނާ އަޅާ ކިޔާއިރު އެންޓިވައިރަސް ދާއިރާގައި މައިކްރޮސޮފްޓަށް ގިނަ މީހުން ދޭނީ ސަތޭއަކުން ސުމެކެވެ. އެހެން ނަމަވެސް މައިކްރޮސޮފް ސެކިޔުރިޓީ އެސެންޝަލްސް އެންޑް ވިންޑޯޒް ޑިފެންޑާ އަކީ ކޮންމެވެސް އެއްޗެއް ދޯ އެވެ. ވިންޑޯޒް 8 އާއި 10 ބޭނުންކުރާ ނަމަ އޮޕަރޭޓިން ސިސްޓަމާ އެކު އެ ފީޗާ ލިބެން ވާނެ އެވެ. http://windows.microsoft.com/en-gb/windows/security-essentials-all-versions

ކޮންމެ އެއްޗެއް ހިލޭ ލިބުނަސް ގޮތް ބަލާލުން ގޯހެއް ނޫނެވެ. ހިލޭ ލިބޭ އެއްޗަކާ އަގެއް ހުރި އެއްޗެއް ބޮޑު ފަރަގަކުން ތަފާތުވާނެ އެވެ. އެކަން ހަނދާނުގައި ބަހައްޓަން ވެސް ވާނެ އެވެ. މި އޮތީ "އެވީރާ ފްރީ އެންޓި ވައިރަސް" އެވެ.

އެވީރާ ވަރަށް ގިނަ ގޮތް ގޮތަށް ކިޔަ އެވެ. ކިޔާ ގޮތަށް ވުރެ މި ފަހަރު މުހިންމުވެގެން މި އުޅެނީ އެއިން ވިންޑޯޒް ހިމާޔަތްކޮށްދޭ މިންވަރެވެ.

އެވީރާ އުޅެނީ ހިލޭ ލިބެން ހުރި އެންޓިވައިރަސް ލިސްޓްގެ ކުރީގަ އެވެ. ތަޖުރިބާކުރި މީހުން ބުނާ ގޮތުގައި އެއީ "ނަމްބާ ވަން" އެވެ. އެވީރާ އަށް ވުރެ "ބިޓްޑިފެންޑާ" ރަނގަޅު ކަމަށް ބުނާ މީހުން ވެސް އުޅެ އެވެ.

އެވީރާ 485 މިލިއަނަށް ވުރެ ގިނައިން އިންސްޓޯލްކުރެވިފައި ވެ އެވެ. މިއީ "ކްލައުޑް ބޭސްޑް" އެޕްލިކޭޝަނެކެވެ. ދުނިޔޭގެ އަނެއް ބިތުގައި އެވީރާ ބޭނުންކުރާ މީހަކަށް ހަމަލާއެއް އަރައިފި ނަމަ އެވީރާ ނެޓްވޯކްގައި ތިބި އެންމެނަށް އެ ހަމަލާ ދެނެގަނެވެ އެވެ.

ހިލޭ އެޕްލިކޭޝަނަކާ ބަލާފައި އެވީރާ ދުވެލި ބާރެެވެ. އުނދަގޫތަކެއް ނުޖައްސަ އެވެ. "ޕޮޕްއަޕް ނޮޓިފިކޭޝަން"ތަކާ ހެދި ބޮލުގައި ރިހޭ ވަރު ނުކުރެ އެވެ. އުޅެނީ ހުރިހާ މާނައެއްގައި ވާދަވެރިންނަށް ވުރެ ކުރީގަ އެވެ.

ހަފުތާ ބަންދަކީ ކޮމްޕިއުޓަރުތަކަށް ބާރު ބަޮޑު ދެ ދުވަހެވެ. އަތްފައި ދޮވެލާށެވެ. ޑައުންލޯޑް ލިންކް މި އޮތީ އެވެ. http://www.avira.com/en/download/product/avira-free-antivirus

އެންޓިވައިރަސް އެޕްލިކޭޝަންތައް ތަފާތުވާ ބީދައިން އެކި މީހުންނަށް ރަނގަޅު ވަނީ އެކި ޕްރޮގްރާމެވެ. ބައެއް މީހުންނަށް ކެސްޕާސްކީ ވަރެއް ނެތެވެ. ނޯޓަން ޑަންލޮޕަށް ވުރެ ތަތެވެ. އޭވީޖީ އާއި އެވާސްޓް ވެސް އެބަ އުޅެ އެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 29%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454