ހައި ކޯޓް: މަރުގެ މައްސަލަތަކުގައި އަންހެނުންގެ ހެކިބަސް ވެސް ގަބޫލު ކުރެވޭނެ ކަމަށް އެ ކޯޓުން މިއަދު ވަނީ ކަނޑައަޅާފައި -- ފޮޓޯ/މިހާރު
10 މާޗް 2021 - 19:54
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިިޚާބަށް އަލުން ހުޅުވާލަން ހައި ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް މާދަމާ އިއްވަން ހަމަޖައްސައިފި އެވެ.
މިދިޔަ އަހަރު ކުރީކޮޅު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިިލް އިންތިޚާބު ކޮވިޑް-19 އާ ގުޅިގެން ފަސްކުރުމަށް ފަހު ހެދި ޚާއްސަ ގާނޫނުގެ ތިން ވަނަ މާއްދާ ބުނާގޮތުން އިންތިިޚާބު އެއް އަހަރަށް ފަސް ކުރިޔަސް، މިދިޔަ އަހަރު ކުރިމަތިލާފައިވާ ކެންޑިޑޭޓުން ނޫން ބަޔަކަށް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ގާނޫނުގެ އެ މާއްދާ ބާތިލްކުރަން ދުސްތޫރީ މައްސަލައެއް ހުށަހެޅީ ތ. ކަނޑޫދޫ މެނީލާ، މުހައްމަދު ތަސްލީމެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިދިޔަ މަހު ކުރީކޮޅު ނިންމާލާފައިވާއިރު، ހުކުމް އިއްވަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރު ފަހު އެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ފަނޑިޔާރު ހަސަން ޝަފީއު ރިޔާސަތު ބަލަހައްޓަވާ އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޯކްރޭޒީ
11 March 2021
1968 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުންގެ ލިސްޓު މި ލޯކަލް ކައުންސިލް އިންތިހާބަށް ވެސް ގެންގުޅުނީމާ ރަގަޅުވާނެ.