ލައިފްސްޓައިލް / ސޯޝަލް މީޑިއާ

ކުރީގެ ސޯޝަލް ޕްލެޓްފޯމް "ބެބޯ" އަލުން އަންނަނީ

"ބެބޯ" ހިމެނެނީ އެންމެ ފުރަތަމަ އުފެއްދި ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރޭގައި

ބަނގުރޫޓްވެގެން މީގެ އަށް އަހަރު ކުރިން ހުއްޓުމަކަށް ގެންނަން ޖެހުނު ސޯޝަލް ޕްލެޓްފޯމް "ބެބޯ" އަލުން ލޯންޗްކުރަން ތައްޔާރުވެއްޖެ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި، "ބެބޯ" އަލުން ގެންނަން އުޅޭ ވާހަކަ ހާމަކުރި ނަމަވެސް އޭރު އެކަމާ ބެހޭ ގޮތުން މާ ބޮޑު ތަފުސީލެއް ނުދެ އެވެ. އަދިވެސް އާންމުން އެދިއެދި ތިބި ވަރަށް މައުލޫމާތު ހާމަނުކުރި ނަމަވެސް "ބެބޯ" ގެ ޓީމުން ބުނީ ވަރަށް ޝައުގުވެރި ބަދަލުތަކާ އެކު އޭތި ވަރަށް އަވަހަށް ލޯންޗްކުރަން ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

"ބެބޯ" އެންމެ ފުރަތަމަ ލޯންޗްކުރީ މީގެ 16 އަހަރު ކުރިން 2005 ގައި އިނގިރޭސިވިލާތުގަ އެވެ. އޭގެ ފަހުން އަޔަލެންޑާއި ނިއު ޒީލެންޑް ފަދަ ގައުމުތަކުގައި އެ ޕްލެޓްފޯމް ވަރަށް ބޮށް ވައިގައި ހިފި އެވެ. "ބެބޯ" ސިފަކުރެވެނީ ފުރަތަމަ ޖީލުގެ ސޯޝަލް ޕްލެޓްފޯމެއްގެ ގޮތުގަ އެވެ. މީގެ ބާނީންނަކީ ދެމަފިރިން ކަމަށްވާ މައިކަލް އާއި ޒޯޗީ ބާޗެކެވެ. "ބެބޯ" އަލުން ގެންނަ އިރުޔ 2019 ގައި އެމެޒޯންގެ ސަބްސިޑަރީ ކުންފުނި ޓްވިޗް އިންޓަރެކްޓިވް އަށް "ބެބޯ" ވަނީ 25 މިލިއަން ޑޮލަރަށް ވިއްކާލައިފަ އެވެ.

އެ ޕްލެޓްފޯމް އަލުން ލޯމްޗްކުމާ ބެހޭ ބައެއް ވާހަކަތައް ހިއްސާކުރަމުން "ބެބޯ" އިން ބުނީ އަލުން އެ ލޯމްޗްކުރާ އިރު ކުރީގެ އެކައުންޓްތަކެއް ނުހުންނާނެ ކަމަށާއި ބޭނުންކުރާ މީހުންގެ "ބެބޯ" ދަތުރު ފަށައިގަންނަން ޖެހެނީ ސުމެކުން ކަމަށެވެ. އެކަމަކު އަލުން އެ ޕްލެޓްފޯމް ގެންނަނީ ކުރީގެ ހަނދާންތައް ވެސް އާކޮށްދޭ ފަރުމާތައް ވެސް ހިމަނައިގެން. މިހާރު އެންމެ މަގުބޫލު ސޯޝަލް ޕްލެޓްފޯމްތަކުގައި ހިމެނޭ ވަރަށް ގިނަ ފީޗާތަކާ އެކޯގައި ކަމަށް ބުންޏެވެ. އެގޮތުން އިންސްޓަގްރާމާއި ޓްވިޓާ ފަދަ ޕްލެޓްފޯމްތަކުގައި ހުންނަ ކަހަލަ ފީޗާތައް "ބެބޯ" ގައި ވެސް ހުންނާނެ ކަމަށާއި އަމާޒަކީ ބޭނުންކުރާ މީހުން ގަޔާވާ ގޮތަށް އެ ގެނެސްދިނުން ކަމަށް ބުންޏެވެ.

"މީގައި މައިގަނޑު ދެ ކޮންސެޕްޓެއް އެއީ ވީހާ ވެސް ބޮޑަކަށް [ބޭނުންކުރާ މީހުންގެ މެދުގައި] ހޭންގް އައުޓްކުރުމާއި އިންޓަރެކްޓްކުރުން." ބެބޯ އިން ބުންޏެވެ. "އަދި މީގެ ހުރީހާ ފީޗާތަކާއި ހުރިހާ ފީޑްތަކެއް ވެސް އަންނަނީ ވަރަށް ގަޔާވާ ގޮތްގޮތަށް އެކްސްޕްލޯކޮށްލެވޭ ގޮތަށް."

"ބެބޯ" އަލުން ލޯންޗްކުރަން ނިންމި ނަމަވެސް އަދިވެސް ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. ބެބޯއާ އާ ބެހޭ ބައެއް މައުލޫމާތު www.bebo.com އިން ލިބޭނެ އެވެ. ބެބޯ ރަސްމީކޮށް ލޯންޗްކުރުމާ އެކު އެންޑްރޮއިޑާއި އައިއޯއެސް ބޭނުންކުރާ މީހުންނަށް ވެސް ލިބޭނެ އެވެ.

މި ޕްލެޓްފޯމް ބަނގުރޫޓްވެގެން ހުއްޓާލި ފަހުން ވެސް ދޭތެރެ ދޭތެރެ އިން "ބެބޯ" ދިރުވަން އެކި ގޮތްގޮތަށް މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން 2019 ގައި "ބެބޯ" އެމެޒޯނަށް ވިއްކައިލުމާ ހަމައަށް އިންސްޓަންޓް މެސެޖިން އާއި ވީޑިއޯ ސްޓްރީމިން ފަދަ ގޮތްގޮތަށް މަސައްކަތްކޮށްފައިވެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454