ޚަބަރު / ދައުލަތުގެ ބަޖެޓް 2017

ބަޖެޓު ދިރާސާ ކުރުމަށް މެމްބަރުންނަށް ދިން މުއްދަތާ މެދު ހިޔާލު ތަފާތުވެފައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރޮޒެއިނާ ބައިވެރިވެވަޑައިގަންނަވަނީ. ބަޖެޓު ދިރާސާކުރަން ދިން މުއްދަތާ މެދު އޭނާ ވަނީ ފާޑު ވިދާޅުވެފައި. - ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދެއްވި މުއްދަތާ މެދު އެމްޑީޕީގެ މެމްބަރުން ހިޔާލުތަފާތުވެއްޖެ އެވެ.

ބަޖެޓު ހުށަހެޅުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ބަޖެޓު ދިރާސާ ކުރަން މެމްބަރުންނަށް ދެއްވީ ހަ ދުވަހެވެ. ނަމަވެސް މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީ ގުޅިގެން އުފައްދާފައިވާ ބަޖެޓު ކޮމެޓީގެ މަސައްކަތް ކޮންމެ ދުވަހަކުހެން ކުރިއަށް ދެ އެވެ.

އެމްޑީޕީ މެމްބަރުން ދެކޭ ގޮތުގައި ބަޖެޓު ދިރާސާ ކުރަން މެމްބަރުންނަށް ދެއްވީ އެކަށީގެންވާ މުއްދަތެއް ނޫނެވެ. އެއީ ބަޖެޓު އެންމެ ރަނގަޅަށް ދިރާސާ ކުރެވޭނެ ވަގުތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މެމްބަރުންގެ ވާހަކަތަކާ މެދު ހިޔާލު ތަފާތުވާ މެމްބަރުން އެބަތިއްބެވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު މަޖިލީހަށް ހުށަހެޅީ ގާނޫނުތަކާ ހިލާފަށެވެ. އަދި ސަރުކާރަކީ ގާނޫނުތަކާ ގަވާއިދުތަކަށް އަމަލު ކުރަމުން އަންނަ ސަރުކާރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު، ހިނގަމުންދާ އަހަރެއްގެ އޮކްޓޯބަރު 31ގެ ކުރިން ހުށަހަޅަން ޖެހޭ ގޮތަށް މާލިއްޔަތު ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. ނަމަވެސް މި އަހަރުގެ ބަޖެޓު ހުށަހެޅީ އެ މުއްދަތު ފަހަނައަޅައި ގޮސް މި މަހުގެ އަށް ވަނަ ދުވަހު އެވެ.

"ގާނޫނުތަކަށް ތަކުރާރުކޮށް އަމަލު ކުރަމުން ނުދާތަން ފެނިގެން މިދަނީ. އެކަމުގެ ސަބަބުން މެމްބަރުންނަށް ވެސް ދަތިތައް ދިމާވޭ އެބަ ބަޖެޓު މަސައްކަތަށް،" ރޮޒެއިނާ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިސް މެމްބަރުން މި މަސް ނިންމާފައި ޗުއްޓީއަށް ވަޑައިގަތުމުގެ ކުރިން ބަޖެޓާ މެދު ގޮތެއް ނިންމަން ޖެހޭނެ އެވެ.

"އަޅުގަނޑުމެންނަށް ބަޖެޓުގެ މަސައްކަތް ކުރަން އޮތީ ވަރަށް ކުރު މުއްދަތެއް، އިތުރު މުއްދަތެއް ދެވޭނެ ގޮތެއް ވެސް ނެތް" ރޮޒެއިނާ ވިދާޅުވި އެވެ.

ނަމަވެސް ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ވިދާޅުވީ ބަޖެޓު ދިރާސާ ކުރަން ދިން މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ކަމަށެވެ. އަދި ޒިންމާދާރު ކަމާއި ރައްޔިތުންނަން ފައިދާ އާއި ލާބަ ލިބޭ ގޮތަށް އެ މަސައްކަތް މަޖިލިސް ތެރެއިން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

ބަޖެޓަށް މެމްބަރުންގެ މެދުގައި ބަހުސް ކުރުން މާދަމާ އެޖެންޑާކޮށްފައިވާއިރު، ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް 22 މިނެޓް ދިނުމަށް ނިންމައިފަ އެވެ. އެއީ ފުރަތަމަ މަރުހަލާގައި ކޮންމެ މެމްބަރަކަށް 15 މިނެޓާއި ކޮމެޓީ ރިޕޯޓު ނިންމުމަށް ފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެއަށް ބަހުސް ކުރަން ކޮންމެ މެމްބަރަކަށް ހަތް މިނެޓެވެ.

އާމްދަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ޖުމްލަ ބަޖެޓުގެ ތެރެއިން 22.2 ބިލިއަން ރުފިޔާ އަންނަ އަހަރު ހަރަދުކުރަން ނިންމާފައި ވާއިރު، އޭގެ ތެރޭން 49.3 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. އަދި ހަރަދުގެ 50.7 ޕަސެންޓް ހިމަނާފައި ވަނީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ. ބަޖެޓު ބަހާލާފައިވަނީ ހަތަރު ބަޔަކަށެވެ. އެއީ ރައްޔިތުންނަށް ދޭ ހިދުމަތަށް ކުރާ ހަރަދު (7.2 ބިލިއަން ރުފިޔާ، 26.7 ޕަސެންޓް) އާއި އިޖުތިމާއީ ތަރައްގީ އަށް ކުރާ ހަރަދު (10.3 ބިލިއަން ރުފިޔާ، 40.2 ޕަސެންޓް) އާއި އިގްތިސާދީ ތަރައްގީ އަށް ކުރާ ހަރަދު (3.5 ބިލިއަން ރުފިޔާ، 12.5 ޕަސެންޓް) އަދި ދަރަނީގެ ހިދުމަތާއި ދަރަނި އަދާކުރުމުގެ ހަރަދު (5.9 ބިލިއަން ރުފިޔާ، 20.6 ޕަސެންޓް) އެވެ.

3 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 17%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުގުމާން

21 November 2016

ބަޖެޓް ދިރާސާކުރަންލިބުންު ވަގުތު ކުޑައޭބުނީމާ ހަމަ ހައިރާންވޭ. އަޅުގަނޑު ގެ ހިތަން ހަމަ އަރަނީ ތިޔަކޮމެޓީގައި އެވަރުގެ ބަޖެޓެއް ދިރާސާކިރެވޭ ވަރުގެ ގާބިލުބަޔަކު އެބަތިބިތޯ. އެހެންނޫނަސް ސަރުކާރު ހިންގަން ސަރުކާރުން ހަދާފައި ފޮނުވާ ބަޖެޓް ޖެހޭނީ ދިރާސާކުރިޔަސް ނުކުރިޔަސް ފާސްކުރަން.

The name is already taken The name is available. Register?

ސައިޒްކަޓް

13 November 2016

ބަޖެޓް ދިރާސާ ކުރަން މަމެން ޕިންކީން ދިން މުއްދަތާއި މެދު ތަމެން ހިތް ހަމަ ނުޖެހޭނަމަ ދޭ ކޯޓަށް. މަމެން ނެތީމު މަމެންގެ ކޯސް އަށް ކުޑަ ވެސް ބަދަލެއް ގެންނާކަށް އިނގޭ. ތަމެން ބަޖެޓް ދިރާސާ ކުރަން ނޫޅެ ރަށުތެރޭން އެހެން ކަމަކާއި ގެން އުޅެގަ. މީ ތަމެންގެ ވެރިކަމެއް ވެސް ނޫން ދޯ. މީ މަމެންގެ ގައުމު އަދި މަމެންގެ ސަރުކާރު އިނގޭ. ސައިޒް ކަޓް ކުރަން ވީތޭ އިނގޭ.

The name is already taken The name is available. Register?

މެެންޓަލިސްޓް

13 November 2016

ކޮންދިރާސާއެއްތޯ ؟ ތިޔަދިރާސާކޮންމެފަހަރަކުވެސް ކޮއްފަ އޮބިނޯންނަވަރުގެ ބަޖެޓްއެއް ފާސްކުރަމުންނޫންތޯ ދަނީ ، ތިޔަމަޖިލިސްގައި ކިތައްބޭފުޅުންއެބަތިބިތޯ ސަރުކާރެއްގެ ބަޖެޓް ތަހުލީލްކޮށް އޭގެ މިސްޓޭކްތަށް ހޯދޭ ފެންވަރުގެ ؟ ސައިކަލް އިންޖީމްހަދާބަޔަކަށް މަތިންބޯޓްއިންޖީން ހެދިދާނެތޯ ؟؟ ތިޔަމަޖިލިސްގެ މެންބަރުންގެ ފެންވަރުވެސް ބަދަލުކޮށް ކުރިމަތިލެވޭ މީހުންގެ އެޑިކޭޝަން ފެންވަރުވެސް މަތިކުރެވިގެން ގައުމަށް ފައިދާއެއްވާނީވެސް ،،، ދުނިޔޭގެ އާކްފާޖާއި ކަރަންސީއާޢި މަނީސިސްޓަމް ނޭންގޭ ބަޔަކު ތިޔަތާ ތިބެގެން ކުރެޥެނެ ކަމެށްނޯންނާނެ ،، ކޮންމެކަމަކީވެސް އިލްމް ހުރެގެން ކުރެޥެކަންކަން ،،، ވަރަށް ވެދުން ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454