އުތުރު ތިލަފަޅު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި މިދިޔަ މަހު ސޮއިކުރެއްވުމަށް ފަހު، އެ އެއްބަސްވުމާ އެކު ޑިފެންސް މިނިސްޓަރު މާރިޔާ އަދި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރާ ފޮޓޯއަކަށް ހުއްޓިވަޑައިގެން---ފޮޓޯ: އެމްއެންޑީއެފް
17 މާޗް 2021 - 14:14
އުތުރު ތިލަފަޅު (ޔޫޓީއެފް) ތަރައްގީކުރަން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުން ހިމެނޭހެން، ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ބާތިލްކުރަން އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓަށް ދާން ނިންމައިފި އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރުއަރާ ފަދަ އެއްބަސްވުންތައް ދިރާސާކޮށް އެކަމުގައި އެންމެ މަތީ ކޯޓަށް ދާން ހުށަހަޅައިފަ އެވެ.
އޭގެ އިތުރުން ޔޫޓީއެފް އެގްރިމެންޓު މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށަން ކައުންސިލަށް ގަރާރެއް ހުށަހަޅައި އިއްޔެ ވަނީ އެ ފާސް ވެސް ކޮށްފަ އެވެ.
ކޯސްޓް ގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާ އެކު ރާއްޖެއިން ސޮއިކުރީ މިދިއަ މަހު 21 ގަ އެވެ.
ތިން އަހަރުން ބަނދަރު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރު ރާއްޖެ ވަޑައިގެން ހުންނެވި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
ނަމަވެސް އެ އެއްބަސްވުމާ ގުޅޭ މާ ބޮޑު ތަފްސީލެއް ހާމަނުކޮށް އުޅެނިކޮށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ އެ އެއްބަސްވުމުގެ ޑްރާފްޓްގެ ކޮޕީއެއް ކަމަށް ވިދާޅުވެ މިދިޔަ ހޯމަ ދުވަހު ލިޔުންތަކެއް ލީކްކުރައްވައިފަ އެވެ. އެކަމަކު ޑިފެންސް މިނިސްޓްރީން ވަނީ އެއީ އަސްލެއް ނެތް ލިޔުންތަކެއް ކަމަށް ބުނ އެކަން ދޮގުކޮށްފަ އެވެ.
ޔޫޓީއެފް އެގްރިމެންޓުގެ މައްސަލަ ހޫނުވެފައި ވަނިކޮށް ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ވެފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު އެ ކޯލިޝަންގެ ގާނޫނީ ޓީމުން ހޯދަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ވަރަށް އަވަހަށް ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓަށް ހުށަހަޅައި އެ އެއްބަސްވުންތައް ދިރާސާކުރުމަށް ފަހު ރާއްޖޭގެ މިނިވަންކަމާއި ސިޔާސަތަށް ބުރޫއަރާ ހުރިހާ އެއްބަސްވުމެއް ބާތިލްކޮށްދިނުމަށް އެދި ހުށަހަޅަން ނިންމީ،" ހީނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ޔޫޓީއެފް ތަރައްގީކުރުމުގެ މަޝްވަރާތައް އިންޑިއާއާ އެކު ކުރިއަށް ގެންދިޔަ އެވެ. އެކަމަކު އޭރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ބޭރު ބަޔަކު ލައްވައި އެ ބަނދަރު ތަރައްގީކުރަން ރައީސް ޔާމީން ބޭނުންފުޅު ނުވީ ގައުމުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ ކަމަށެވެ.
މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އިއްޔެ ވިދާޅުވި ގޮތުގަައި ޔޫޓީއެފް އެގްރިމެންޓުގައި ކަންބޮޑުވާން ޖެހޭ ކަމެއް ނެތެވެ. އަދި އެ ބަނދަރުގެ ސަބަބުން ކޯސްޓް ގާޑުގެ ހިދުމަތްތައް ރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫއްޓެ
18 March 2021
އިދިކޮޅޭމެން މިހާރުއުމަރުގެފަހަތައްއެރީތަ؟
ނުވިސްނޭ ދިވެހިން
17 March 2021
ފަޑިޔާރުގޭގަ އެހެރީ. އެމްޑީޕީ އެދޭ ވެރިކަމެއްގަ ރައްޖޭގެ އަސްކަރިއްޔާ އޮވާލާފަ ބޭރުގެ ޤައުމަކާ ހަވާލު ކުރާނަމޭ ބުނިމީހާ. ދެން ކިހިނެއްތަ މަސްސަލަބަލާނީ
ޖާބިރު
17 March 2021
ދައުލަތުގެ ސިއްރު ހިފެހެއްޓުމާއި ކޯޑް އޮފް ކޮންޑަކްޓާއި މިލިޓަރީ ރިލޭޝަން އާއި އަދިވެސް ފޮލޯ ކުރަން ޖެހޭ ވަރަށް ގިނަ ޕްރޮސީޖާރސް ހުންނާނެ ކަން ކިޔަވައިގެން ތިބި ދިވެހިންނަށްވެސް ރާއްޖޭގެ ސަލާމަތީ ބާރުތަކަށްވެސް ކޯޓް ތަކުގެ ފަނޑިޔާރުންނަށްވެސް އޮޅިފައެއް ނުވޭ. މިދެންނެވިކަން ކަމަށް ރިޔާޔަތްކޮށް ބަޔަކު ބޭނުންވެގެން ދައުލަތުގެ ސިއްރު ހާމަކުރާކަށް ނުވެސްޖެހޭނެ. އަދި އެ އޮޅުން ފިލުވުމުގެ ސަހުސިއްޔަތެއްވެސް ވގނ އޮވެގެން ނުވާނެ.
އަރުތަ
17 March 2021
އިދިކޮޅޭމެން ކޯޓާ ވަރަށް ފްރެންޑްލީވާނެ، އެހެންވެގެންތާ އެތަނަށް ނުވެއްދީމަ ފުރާޅުން ޓިނު ނަގައިގެންވެސް އެތަނަކަށް ވަނީ، ވެރިކަން ހޯދީ ކޯޓުން ކަމަށްވެސް ބުންޏެއްނު.
އިބިރިހިންބެއްޔާ
17 March 2021
ގޫޑު. ޢެކަމަކު ކޯޓަށް ތިކަންކުރެވިދާނެބާ؟
އަލީރާޖާ
17 March 2021
ނޫނޭ ނޫނޭ ކަލޭމެން މޮޅޭ އިނގޭ! ރާއްޖޭގެ ބިމުން ބައެއް ބޭރު މީހުންނަށް މިލުކުކުރެވޭހެން ގާނޫނު އަސާސީއަށް އިސްލާހު ގަނައިމީހުން! ފާފު އަތޮޅު ވިއްކާލަން ސައުދީ މީހުންނާ ޑީލް ހެދި މީހުން. ޗައިނާ އާއި އެކު ހެދި ފްރީ ޓްރޭޑް އެގްރީމެންޓެއް މަޖިލީހުގައި އެއަށް ވޯޓުލީ މީހުންނަށްވެސް އޭގަ ލިޔެފަ އޮތް އެއްޗެއްވެސް ދައްކާ ނުލާ ފާސްކޮށްލި މީިހުން. މިހާރު ލޮލަށް ފެނިފައިވެސް ނެތް އެއްޗެއްގައި ލިޔެފައި އޮވެދާނެ އެއްޗެއް ގޯސްވެގެން ކޯޓަށް؟
އެޗްއެމް
17 March 2021
ކޯޓުން ބަސްބުނީމަ ނިމޭނެ؟
މީދޮގެއްތަ
17 March 2021
މަސްސަލައިކީ ސަރުކާރުން އެކި ފަހަރު އެކިގޮތައް ވާހަކަ ދައްކާތީ. މިކަމުންވެސް އެބައެގޭ ގޯހެއްވާކަން
ޝޮކްތެރަޕީ
17 March 2021
ރައްޔިތުންގެ މަޖުލީހަ ހާމަކުރަންވެސް ނުކެރުނު އެމްޑީޕީ ސަރުކާރައް. މިކަމުގަ އެބައުޅޭ ވަރައް ބޮޑު ގޯހެ.