ސްކޫލަކަށް ދަރިވަރަކު ވަނުމުން ހުން ބަލަނީ: އޮންލައިންކޮށް ކިޔަވައިދޭ މުއްދަތު އަނެއްކާވެެސް ހަފުތާއަކަށް ވަނީ އިތުރު ކޮޮށްފައި --- ފޮޓޯ/މިހާރު
18 މާޗް 2021 - 23:44
މާލެ ސަރަހައްދުގެ ސްކޫލްތަކުގައި އެލްކޭޖީން ފެށިގެން ގްރޭޑް 6 އާ ހަމައަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ނިންމުން އިތުރު އެއް ހަފުތާއަށް ދަންމައިފި އެވެ.
ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވާން ފެށުމުން ސްކޫލްތަކުގެ ކިޔަވައި ދިނުން އޮންލައިންކޮށް ކުރިއަށް ގެންދަން އަލުން ވަނީ ފަށައިފަ އެވެ. އެގޮތުން މި މަހުން ފެށިގެން ގްރޭޑް 7 އިން ދަށުގެ ގްރޭޑްތަކުގެ ދަރިވަރުންނަށް އޮންލައިންކޮޮށް ކިޔަވައިދޭން އޮތީ އަންގައިފަ އެވެ. އެ ފިޔަވަޅު އެޅީ ހަފުތާއަކަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ ކުރިއަށް އޮތް ހަފުތާގައި ވެސް މާލެ ސަރަހައްދުގައި ގްރޭޑް 6 އިން ފެށިގެން ދަށުގެ ހުރިހާ ގްރޭޑްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެެންދަން ނިންމާފައިވާ ކަމަަށެވެ. އަދި ގްރޭޑް 7 އިން ފެށިގެން މަތީގެ ގްރޭޑްތަކުގެ ކިޔެވުން ކުރިއެކޭ ވެސް އެއްގޮތަށް ކުރިއަށް ގެންދާނީ ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކޮވިޑް-19 ގެ ހާލަތު އަނެއްކާވެސް ރާއްޖޭގައި ގޯސްވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy