ލައިފްސްޓައިލް / ރަޝިއާ

ރަޝިއާގެ މިހާރުގެ ހަމައެކަނި އަންހެން ކޮޒްމޮނޯޓަށް ބާބީ ބުދު

މިހާރު ރަޝިއާގެ ހަމައެކަނި އަންހެން ކޮސްމޮނޯޓް އަނާ ކިކީނާ އަށް ޓްރިބިއުޓެއްގެ ދިނުމުގެ ގޮތުން އޭނާގެ ސިފައިގައި ބާބީ ބުދުތަކެއް ހަދައިފި އެވެ.

ކުޅޭ އެއްޗެހި އުފައްދާ އެމެރިކާގެ ކުންފުނި މެޓެލް އިން ބުނި ގޮތުގައި ކިންކީނާގެ ސިފައިގައި ހެދި ބާބީތަކަކީ އޭނާގެ ހިތްވަރާއި ކާމިޔާބީ ފާހަގަކުރަން އުފެއްދި އެއްޗިއްސެވެ. އެގޮތުން ކިންކީނާ އަށް ހާއްސަކޮށްގެން ދެ ބާބީ އުފައްދާފައިވެ އެވެ. އެއީ ޖައްވީ ދަތުރުގައި ބޭނުންކުރާ ކްރީމް ކުލައިގެ ސޫޓް ލައިގެން އިންނަ ބާބީއަކާއި ޓްރޭނިންގައި ބޭނުންކުރާ ނޫ ކުލައިގައި ސޫޓްގައި އިން ބާބީއެކެވެ.

މި ދެ ބާބީ ރަސްމީކޮށް ދައްކައިލަން ހަމަޖެހިފައި ވަނީ އަންނަ އަހަރު ފުރަތަމަ ފަހަރަށް ކިކީނާ ޖައްވީ ސްޓޭޝަނަށް ކުރާ ދަތުރާ ވެސް ގުޅައިގެންނެވެ. އެގޮތުން އޭނާ އަށް ހާއްސަކޮށްގެން ބުދު ހަދާފައި ވަނީ "ޔޫ ކޭން ބީ ޔޫއެވާ ޔޫ ވޯންޓް" ގެ ކެމްޕޭންގެ ދަށުންނެވެ. ބުދުތައް ރަސްމީކޮށް ދައްލައިކަން ހަމަޖެހިފައި ވަނީ ރަޝިއާ އިން ޖައްވަށް 1957 ގައި ކުރި ދަތުރަށް 64 އަހަރު ފުރުމާ ދިމާކޮށް މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

އަންނަ އަހަރު ކިކީނާ އިންޓަނެޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ރަޝިއަން ސްޕޭސް އެޖެންސީ (އާރްއެސްއޭ) އާ އެކު ދަތުރުކުރާ އިރު އޭނާ އަށް އެ ފުރުސަތު ލިބުނީ ކޮޒްމޮނޯޓަކަށްވިތާ 10 އަހަރު ފަހުންނެވެ. ކިންކިނާ އަކީ މި ވަގުތު ރަޝިއާގައި ކޮސްމޮނޯޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ހަމައެކަނި އަންހެން ކޮޒްމޮނޯޓެވެ. އަދި އޭނާ އަކީ ޖައްވަށް ދަތުރެއްކުރާ ރަޝިއާގެ ހަތަރު ވަނަ އަންހެނާ އެވެ.

މެޓެލް އިން ބުނި ގޮތުގައި ކިކީނާ އަށް ޓްރިބިއުޓެއްގެ ގޮތުގައި އުފެއްދި ބުދުތައަކީ އޭނާ އަށް "އެކްސްކްލޫސިވް" އެއްޗެކެވެ. އެހެންވެ އެ ބުދު ވިޔަފާރި އަށް ނުވިއްކާނެ ކަމަށް ބުންޏެވެ.

ކިކީނާ ބުނިގޮތުގައި ކުޑައިރު އޭނާ އަކީ ކޮޒްމޮނޯޓަކަށްވުމުގެ ހުވަފެން ދެކުނު މީހެއް ނޫނެވެ.

"އެކަމަކު އޭރު އަހަންނަށް އެސްޓްރޮނޯޓް ބާބީއަކާ އެކު ކުޅެން ލިބުނު ނަމަ ވަރަށް ކުޑައިރުއްސުރެ ވެސް ކޮޒްމޮނޯޓަކަށްވުމަކީ ހުވެފެނަކަށް ވެދާނެ،" އޭނާ ބުންޏެވެ. "ނަމަވެސް ބާބީއާ އެކު ކުޅެން ލިބޭ ކޮންމެ އަންހެން ކުއްޖަކު ކޮޒްމޮނޯޓަކަށް ނުވަތަ އެސްޓްރޮނޯޓަކަށް ވާން ބޭނުން ނުވެދާނެ. ކޮންމެ މީހަކަށް އޮވޭ އެ މީހަކު ބޭނުންވާ ދާއިރާއެއް ހިޔާރުކުރުމުގެ އިހުތިޔާރު."

މެޓެލް އިން އެސްޓްރޮނޯޓް ބާބީ އުފެއްދީ 1965 ގަ އެވެ. އެއީ މިހާރު ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަދި ރަޝިއާ އިން ޖައްވަށް ދަތުރުކުރި ފުރަތަމަ އަންހެނާގެ ޝަރަފު ހޯދި ވެލެންޓީނާ ތެރެޝްކޯވާގެ ދަތުރުގެ ދެ އަހަރު ފަހުންނެވެ.

މެޓެލް އިން މީގެ ކުރިން ވެސް އެކި ދާއިރާތަކުގެ މީހުންނަށް ޓްރިބިއުޓް ދޭން ބާބީ ނެރެފައިވެ އެވެ. އޭގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓުންނާއި ޕައިލެޓުންނާއިު ޑޮކްޓަރުންނާއު ނަރުހުން ފަދަ ދާއިރާތަކުގެ މީހުންނަށް ހާއްސަ ބާބީ ހިމެނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454