ދުނިޔެ / ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕް ދިރިއުޅުއްވާ ގެކޮޅުގައި ކޮވިޑް ފެތުރެނީ

ރައީސްކަމުން ވަކިވެވަޑައިގެންނެވި ފަހުން ޓްރަމްޕުގެ ރަސްމީ ގެކޮޅަކީ މާ-ރަ-ލަގޯ. --ފޮޓޯ:ރޮއިޓާސް

ފްލޮރިޑާ (މާޗް 21) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ދިރިއުޅުއްވާ ފްލޮރިޑާގެ މާ-ރަ-ލަގޯގެ ބައެއް ސްޓާފުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ތަނުން ބޮޑު ބައެއް ބަންދުކޮށްފި އެވެ.

ޖެނުއަރީ މަހު ވައިޓް ހައުސް އިން ނުކުމެވަޑައިގެންނެވި ފަހުން ޓްރަމްޕް ދިރިއުޅުއްވާ ރަސްމީ ގެކޮޅަކީ ފްލޮރިޑާގެ ރިސޯޓެވެ. ޓްރަމްޕުގެ ރަސްމީ ގެކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް ފެތުރޭތީ ބީޗް ކްލަބާއި ލަ ކާޓޭ ޑައިނިން ރޫމެއް ބަންދުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު ބުނެފައެއް ނުވެ އެވެ.

ޓްރަމްޕް ވަނީ އޮކްޓޯބަރު މަހު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި ޖެނުއަރީ މަހު ވަނީ ވެކްސިން ޖައްސަވައިފަ އެވެ. ކޮވިޑް ޖެހިގެން ޓްރަމްޕަށް ވަނީ ހޮސްޕިޓަލުގައި ވެސް ފަރުވާ ދީފަ އެވެ. ޓްރަމްޕުގެ އަނބިކަނަބަލުން މެލަނިއާ އާއި ދަރިކަލުން ބެރޮން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ވައިޓް ހައުސްގެ ބައެއް އޮފިޝަލުން ވެސް އޭރު ޕޮޒިޓިވްވި އެވެ.

މަ-ރަ-ލަގޯ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު އަޅަމުންދާ ކަމަށެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 14%
icon angry icon angry 14%
icon wow icon wow 43%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454