އީސީގެ ރައީސް ޝަރީފް އާއި ކޮމިޝަންގެ މެމްބަރުން އެޗްޕީއޭގެ ބޭފުޅުންނާއެކު މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: އީސީ
22 މާޗް 2021 - 23:35
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ކުރީ އަހަރުތަކާ ހިލާފަށް މި ފަހަރު ނަތީޖާ އަވަސްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރު ބާއްވަން ހަމަޖެއްސި އިންތިޚާބު މިހާރު ވަނީ ކޮވިޑު-19 އާ ހެދި ފަސްކޮށްފަ އެވެ. އެކި ތާރީޚުތައް ހަމަޖައްސައި ފަސްކުރަމުން، މިހާރު އަންނަނީ އަންނަ މަހުގެ 10 ގައި އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ.
އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭގޮތުން ޝަރީފް "މިހާރު" އަށް ވިދާޅުވީ، ތ. އަތޮޅު ފިޔަވައި އެހެން ހުރިހާ ސަރަހައްދެއްގައި ވޯޓު ކަރުދާސް ޕްރިންޓު ކޮށްފައިވާ ކަމަށެވެ. އެ އަތޮޅުގެ ވޯޓު ކަރުދާސް ޕްރިންޓު ކުރުމުގައި ލަސްތަކެއް އުޅެނީ މައްސަލައަކަށް ހައްލެއް ނުލިބޭތީ އެވެ. އެކަމަކު، ޝަރީފް ވިދާޅުވީ ލަސްވިއަސް ވޯޓު ކަރުދާސް ފޮނުވާނެ ކަމަށެވެ.
އަތޮޅުތެރެއަށް ބޭނުންވާ ހުރިހާ އޮފިޝަލުން ތަމްރީނުކޮށް ނިންމައި މިހާރު އަންނަނީ އައިލެންޑް އޭވިއޭޝަނާއި ފުލުހުންނާ ގުޅިގެން ވޯޓުލާ މަރުކަޒުތަކަށް ލިޔެކިޔުންތައް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.
އަތޮޅުތެރެއަށް ބޭނުންވާ އޮފިޝަލުންގެ ތަމްރީނުތައް ނިންމާފައިވާއިރު، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މާލޭގެ އޮފިޝަލުންނަށް ތަމްރީނުދީ ނިންމައިލެވޭނެކަން ޝަރީފް ފާހަގަކުރެއްވި އެވެ.
ކޮވިޑާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމުގައި އެންމެ ބޮޑު ދައްޗަކާ ކުރިމަތިވެފައިވަނީ އޮފިޝަލުން ހޯދުމާއި ތަމްރީނުކުރުމުގަ އެވެ. މީގެ ކުރިން ބޮޑު ދެ ތިން ހޯލެއްގައި ގިނަ އޮފިޝަލުން ތަމްރީނު ކުރެވުނަސް ހޯލެއްގައި އެންމެ ގިނަ ވެގެން މިހާރު ތަމްރީނު ކުރަނީ 50 އޮފިޝަލުންނެވެ.
މި އިންތިޚާބަށް 7،800 ވަރަކަށް އޮފިޝަލުން ބޭނުންވެ އެވެ. ރަށްރަށަށް މިހާރު ވަނީ އޮފިޝަލުން ލިބިފަ އެވެ. މާލެ އަށް 2،500 އޮފިޝަލުން ހަމަވިއަސް ރިޒާވް އޮފިޝަލުންގެ ގޮތުގައި އިތުރު 200 އޮފިޝަލުން ބޭނުންވެ އެވެ. އެކަމަކު ޝަރީފް ވިދާޅުވީ އިންތިޚާބު ބޭއްވުމަށް ބޭނުންވާ މިނިމަމް ރިކުއަމަންޓާ އެއްވަރަށް އޮފިޝަލުން ލިބިފައިވާ ކަމަށެވެ.
"ވޯޓުލާ މަރުކަޒުގެ ތެރެއިން ހުރި އިޝޫސްތައް މިހާރު ސޯޓްއައުޓްކުރަމުން މި އަންނަނީ،" ޝަރީފް ވިދާޅުވި އެވެ.
- އިންތިޚާބު ކުރަންޖެހޭ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ވޯޓު ދީފިނަމަ ވޯޓު ބާތިލުވާނެ.
- ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަ ފިޔަވައި އެހެން ފާހަގައެއް ނުވަތަ ކުރަހައިފި ނަމަ މުޅި ވޯޓުކަރުދާސް ބާތިލުވާނެ.
✔️ faahaga jehumah fahu efaahaga kandaalan ✖️ jahaifi nama ✔️ faahaga noon faahaga eh jehikamah vaanee, mulhi vote karudhaas baathil vaane
— Ahmed Shareef (@ShareefRangondi) March 20, 2021
ކޮވިޑަށް ޕޮޒިޓިވްވެފައި ތިބި މީހުންނާއި ކަރަންޓީނުގައި ތިބި މީހުން ވޯޓުލުމަށް އަމަލުކުރާނެ ގޮތްތަކާއި ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި ބެހުމުގެ މަރުހަލާގެ ތެރޭގައި އެއްވެސް ރަށަކަށް އަރައި ފޭބުން މަނާކޮށްފި ނަމަ ދެން އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން އެޗްޕީއޭއާ އިއްޔެ މަޝްވަރާކޮށްފައި ވެ އެވެ.
އޭނާ ވިދާޅުވީ މި ފަހަރު، ކުރީގެ އިންތިޚާބާ ހިލާފަށް ނަތީޖާ ވެސް އަވަސްވާނެ ކަމަށެވެ. ވޯޓު މަރުކަޒުތަކުން އިއުލާނުކުރާ ނަތީޖާ، އެ ތަނުގައި ތިބެގެން އީސީގެ ސައިޓަށް އަޕްލޯޑުކުުރުމުގެ ފުރުސަތު މި ފަހަރު ވަނީ ދީފަ އެވެ.
"އެއްވެސް ވަރަކަށް އިލެކްޝަންސް ކޮމިޝަންގެ އިންވޯލްމަންޓެއް ނެތި، މަރުކަޒުގެ ވެރިޔާއާ، މަރުކަޒުގެ އިންނަ ތަނުން ވަގުތީ ނަތީޖާ އިއުލާނު ކުރެވޭނެ. ކޮށްފައި އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭ ގޮތަށް އިންނާނީ،" ޝަރީފް ވިދާޅުވި އެވެ.
ވަގުތީ ނަތީޖާ އިއުލާންކުރާތާ 14 ދުވަހުގެ ތެރޭގައި އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރަންޖެހެ އެވެ. އިންތިޚާބަށް ފުރަތަމަ ބަޖެޓު ކުރީ 51 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެޗްޕީއޭ އިން ހަމަޖައްސާފައިވާ ގައިޑްލައިންގައި ހުރި ކަންކަން ފުރިހަމަ ކޮށްގެން އިންތިޚާބު ބާއްވާތީ އިތުރު 29.8 މިލިއަން ރުފިޔާ ބޭނުންވެ އެވެ. އެ ބަޖެޓު ވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ. އިންތިޚާބުގައި ވާދަކުރާ މީހުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވައިލި ފުރުސަތުގައި 308 ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިޔަ އެވެ. އެހެންވެ ލޯކަލް ކައުންސިލާއި އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން 120 ކެންޑިޑޭޓަކު ވަނީ އިންތިޚާބަކާ ނުލައި ހޮވިފަ އެވެ. އެ އިންތިޚާބުގައި މިހާރު ވާދަކުރަނީ 3،934 ކެނޑިޑޭޓެކެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2،264 މީހަކާއި އަންހެނުންގެ ކޮމެޓީތަކަށް ވާދަކުރާ 1،670 މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
23 March 2021
ވޯޓްދިނުމެއް ވޯޓްލުމެއްވެސްނެތް! ވޯޓް ނުދިނުމަކީވެސް ކޮންމެ މީހަކަށް ލިބިފައިވާ ހައްޤެއް! ކުށްވެރި ނުވޭދޯ ވޯޓްނުލައިގެން. ވީމާ އަހަރެންނާ އަހަރެންގެ ޢާއިލާ ނިންމާފައިވަނީ އެކަކަށް ވެސް ވޯޓް ނުލަން! މިފަހަރު އިންތިހާބު ބޮއިކޮޓް ކޮއްލާނީ! މިގޮތައް ނިންމައިގެން ތިބި އެތައްބަޔަކު އެބަތިބި.ސަބަބަކީ ހޮވުނީމާ ދެން އެނިމުނީ! މޮޅުވައުދުވެ އެވައުދުތަކުގެ މަތިން ހަދާންނައްތާލަނީ! ވަކިޕާޓީއެއްނެތް ހަމަ އެންމެން އެއްގޮތް. ނޯވޯޓް ނޯގޯތި. ވަރަށްފޫހި
މާންބެ
23 March 2021
ވޯޓުލާ ދުވަހު މާލޭ އޭރިޔާގެ އޮފިސަލުންނަށް ކެއުމާ ސައި ލިބުމުގަ ބޭނުން ނަމައޭ ކިޔާފަ އަޑި ނޭނގޭ އަނދިރި ގޮތް ތަކެއް އެބަ ހުރޭ އެހެންވީމަ ހުންނަންވާނީ އިރުކޮއްތު އިރަށް ހަމަޖެހިފަ ބޭނުން ނަމަ ބޭނުންވީމަ އެހެންނެއް ނޫން ގަޑިން ގަޑިޔަށް އޮފިޝަލުން ތިބި ޢަދަދަށް އޮފިޝަލުން ތިބި ތަނަށް ބަންދުކޮށް ފޮނުވަން ޖެހޭނެ
ހށނ
23 March 2021
އިތުރަށް ދައުލަތުން ލާރިވެސް ނަގައިފި. ކޮންމެ ގޮތެއް ހަދާފަވެސް މިފަހަރު ވާނެ ތިކަންތައް ނިންމާލަން. އޭރުން ރައްޔަތުންނަށް އެހެންކަމަކާ އުޅެގަނެވޭނީ.
ޖޯޑު ޑަބުލިޔޫ ބުސް
22 March 2021
އިންތިހާބު އޮޅާލާ.