މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ކެމްޕޭން ކުރަން ހަމަހަމަ ފުރުސަތު ދޭން ގޮވައިލައްވައި އޭނާ މިއަދު ކުއްލި މައްސަލައެއް ހުށަހެޅުއްވި
23 މާޗް 2021 - 10:28
ވަޒީރުންނާއި ސަރުކާރަށް ތާއީދުކުރާ މަޖްލިސް މެމްބަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ކަރަންޓީނުވުމެއް ނެތި އަތޮޅުތަކަށް ދަތުރުކޮށް ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ އިރު އިދިކޮޅު ފަރާތްތަކަށް އެ ފުރުސަތު ނޯންނަށް ކަަމަށް ވިދާޅުވެ، މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅުއްވައިފި އެވެ.
އެ މައްސަލައިގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރަށްރަށަށް ދަތުރުކޮށް ސިޔާސީ ހަރަކާތްތައް ހިންގަން ސަރުކާރަށް ފުރުސަތު އޮވެފައި އިދިކޮޅު ފަރާތްތަކަށް އެ ފުރުސަތު ނޯންނާތީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދެމުންދާ ކަމަށެވެ. ނުތަނަވަސްކަން އުފެދެނީ، އޭނާ ވިދާޅުވި ގޮތުގައި، ދަތުރުކުރުމުގެ ފުރުސަތު ދިނުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗުޕީއޭ) އިން ގެންގުޅޭ އުސޫލަކީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް މީހުން ދެކޭތީ އެވެ.
ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފަހު މިހާރު ކުރިއަށްދާ ބަހުސްގައި ސައީދު ވިދާޅުވި ގޮތުގައި ޑައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް، ހެލްތު މިނިސްޓަރުގެ ނުފޫޒު އޮންނަ ކަން، މަޖިލީހުގެ ކޮމިޓީއެއްގައި ދެއްކެވި ވާހަކައިން އެނގޭ ކަމަށެވެ. އަދި ސަރުކާރުގެ އިސް ބޭފުޅުން އަތޮޅުތަކަށް ޒިޔާރަތްކުރައްވަން ފުރުސަތު ލިބެނީ އެޗްޕީއޭއަށް އޮންނަ ސިޔާސީ ނުފޫޒުގެ ސަބަބުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ހަފްތާ ބަންދުގައި ވެސް ވަޒީރުންނާއި މަޖިލިސް މެމްބަރުން އަތޮޅުތަކަށް ވަޑައިގެން، އެއްވެސް ގައިދުރުކަމެއް ނެތި، މާސްކް ވެސް ނާޅުއްވާ އުޅުއްވި އެވެ.
"އަޅުގަނޑަށް އެއީ މާ ބޮޑު މައްސަލައަކަށް ވަނީއެއް ނޫން. އިއްޒަތްތެރި ރައީސް، މައްސަލައަކަށް ވަނީ ވަކި ގޮތަކަށް ގައިޑްލައިންތައް ހަދައި، ރަށު ބަންދުގައި ރައްޔިތުން ބައިތިއްބާފައި، ސިޔާސީ ވާދަވެރި ފަރާތް ބަހައްޓާފައި އަދި ސިޔާސީ ޕާޓީތައް، ސިޔާސީ ޕާޓީތަކެއް މި ދަންނަވަނަނީ މިއަދު ހާއްސަކޮށް ޕީޕީއެމް ޕީއެންސީ އަތް ބަނދެފައި، އަޅުގަނޑުމެންގެ ފަންޑެއް، އަޅުގަނޑުމެންގެ ރީސޯސެއް، އަޅުގަނޑުމެންގެ ލީޑަރު ހުއްޓަސް ހައްޔަރުކޮށްފައި މިކަން ކުރާތީ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަމަހަމަ ފުރުސަތު ދޭން ގޮވާލައްވަނީ އެހެންވެ ކަމަށެވެ.
ސައީދު ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި އެމްޑީޕީ މެމްބަރުން ވިދާޅުވީ ބަލިމަޑުކަމުގެ ހާލަތުގައި ވެސް ކެމްޕޭން ކުރެވޭނެ ގޮތްތައް އެބަ ހުރި ކަމަށާއި އެގޮތަށް މަސައްކަތްކުރާ ނަމަ އިދިކޮޅު ފަރާތްތަކަށް ވެސް ފުރުސަތު ލިބޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްަްަސާސް
23 March 2021
ކެންޕޭން ކުރީމަ ކުރެވޭނީ. ކުރަން ނޫޅި ހަމަހަމަ ފުރުސަތޭ އެކަނި ތި ކިޔަނީ.
އުމަރުބެ
23 March 2021
ސައީދުމެން މީ ދެން ލާހޫރޭބަޔެއް އެއްވެސް އަމާޒެއްނެތި އަނެއްހެން ބުނާނަމަ ކަނޑުގަ އޮޔާދާ ލަކުޑިގަޑެއް
ތިލަފަތް އެބަ ފެނޭ
23 March 2021
އެނިޒާމަކާ ދެކޮޅު ބަޔަކު އަދި ގައުމުގެ ވެރިކަން ޙަވާލުވެތިބއިރު އަނިޔާއާ ވައްކަން ކުރި މީހުންގެ މީހުންނަށް ވޯޓު ދޭނެ ބަޔަކު ނޫޅޭނެ
އަލިބޭ
23 March 2021
މި އިދިކޮޅޭ މެންނަކީ މިހާރު ޖެހިފަވާ ބޮޑު ވައިރަހެއް މިގައުމަށް
ފުތާ
23 March 2021
ހަމަހަމަ ފުރުސަތު ލިބޭ ބޭނުން ކުރަން ނޭންގެނީ އަދުރޭ މެނަކީ އެއްވެސް ތައުލީމެއްހުރި މީހެއްނޫން. އެހެން ވީމާނޭންގޭނެ މިޕެންޑަމިކުތެރޭ ކެންޕޭން ކުރަން. މިސާލަކަށް ބަލަމާ މޑޕ ކެމްޕޭން ކުރާގޮތް އޭގެ ބަދަކު މަގުމައްޗައްނުކުމެ މަގު ބުލޮކުކޮއްގެން އާމުނަށް އުދަގޫކުރަނީ ނުވީ ތާކަށް ބަލި ފަތުރަމުން ތިދުވަނީ .... އަގަ އޮތީޔާ ވާހަކަދެއްކިދާނެ ތިފާޑަށް