ޑިސްކޯޑް ވިއްކައިލާނީ 10 ބިލިއަން ޑޮލަރަށް ވުރެ ކުޑަ ނޫން އަގަކަށް
24 މާޗް 2021 - 06:34
މައިކްރޮސޮފްގެ ގޭމިން ކޮންސޯލް އެކްސްބޮކްސް ތަރައްގީކުރަން ޕްލޭންކޮށްފައިވާ ކަންކަމުގެ ތެރެއިން މަޝްހޫރު ސޮފްޓްވެއާ ޑިސްކޯޑް ގަންނަން ނިންމައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ އިރު ޑިސްކޯޑް އޮތީ 10 ބިލިއަނަށް ވުރެ ކުޑަ ނޫން އަގެއް ދޭ ނަމަ އެ ވިއްކައިލާ ގޮތަށެވެ. މިކަމާ ބެހޭ ގޮތުން އެކްސްބޮކްސްގެ ޗީފް ފިލް ސްޕެންސާ ވިދާޅުވީ މައިކްރޮސޮފްޓަށް ޑިސްކޯޑް ކާމިޔާބުކުރެވޭނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.
ވެންޗަބީޓުން ބުނި ގޮތުގައި 10 ބިލިއަނަށް ވުރެ ބޮޑު އަގަކަށް ޑިސްކޯޑް މައިކްރޮސޮފްޓަށް ވިއްކައިލުމާ ދޭތެރޭ ސީރިއަސްކޮށް ވިސްނީ އެ ގަންނަން އިތުރު ބައެއް ކުންފުނިތަކެއް ވެސް ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ. އޭގެ ތެރޭގައި އެމެޒޯން އާއި އެޕިކް ގޭމްސް ހިމެނެ އެވެ.
އިންސްޓަންޓް މެސެޖިން އާއި ޑިސްޓްރިބިއުޝަން ޕްލެޓްފޯމް ޑިޒައިނިން އަށް ހާއްސަ ޑިސްކޯޑަކީ މަހެއްގެ މައްޗަށް 140 މިލިއަން މީހުން ބޭނުންކުރާ އެއްޗެކެވެ. އެ ބޭނުންކުރާ މީހުންގެ ޖުމްލަ އަދަދު 250 މިލިއަނަށް ވުރެ ގިނަ އެވެ.
އެކްސްބޮކްސްގެ ސީއީއޯ.
މިދިޔަ އަހަރު އެކަނި ވެސް އާމްދަނީގެ ގޮތުގައި 130 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ޑިސްކޯޑަށް އާމްދަނީ ވަންނަ މައިގަނޑު އެއް ހިދުމަތަކީ މަހަކު 9.99 ޑޮލަރަށްދޭ "ނިޓްރޯ" ސަބްސްކްރިޕްޝަން ސާވިސް އެވެ.
ހަތާވީސް ބަހުރުވައަކުން ލިބޭ ޑިސްކޯޑް ވުޖޫދަށް އައި މީގެ ފަސް އަހަރު ކުރިން މެއި 13، 2005 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޮނީ ޓޮނީ ޗޮއްޕާ
25 March 2021
ދެން މިކްސާ އަށް ހެދިހެން މިވެސް ފަނިކޮށްލާ! ނޯންނާނެ މި މީހުންނާ ހެދި ނޭވައެއް ލެވޭކަށް
އެކްސްބކސ
24 March 2021
މާ ޝާ ﷲ.
ގޮތްނޭނގޭ
24 March 2021
މީގެ ފަސްއަހަރު ކުރިން 2005 އައިގޮތެއް ނޭނގުނު !