ވިޔަފާރި / މަސްވެރިކަން

ދުނިޔޭގައި އަގުބޮޑު ބޯވަދިލަމަހުގެ ވައްތަރެއް ރާއްޖޭގައި އަލަށް ހިފައިފި

ހިންމަފުށި ބޭރުން އާ ވައްތަރެއްގެ ބޯވަދިލަމަހެއް މިއަދު ހިފާފައި.-- ފޮޓޯ: ޓުވިޓާ

14 ނޮވެމްބަރ 2016 - 12:28

19 comments

އާ ވައްތަރުތަކުގެ މަސްވެރިކަން ރާއްޖެ އަށް ތައާރަފް ކުރަން މިއަދު ފެށި ޓެސްޓު ދަތުރުތަކެއްގައި މީގެ ކުރިން ރާއްޖޭން ފެނިފައި ނުވާ އަދި ދުނިޔޭގެ ބާޒާރުގައި ވަރަށް އަގުބޮޑު ބޯވަދިލަމަހުގެ ވައްތަރެއް ހިފައިފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަބްދުﷲ ޖައުފަރު ވިދާޅުވީ ރާއްޖެ އަށް އާ ވައްތަރުތަކުގެ މަސްވެރިކަން ތައާރަފް ކުރަން މިދިޔަ އަހަރު ދިރާސާތަކެއް ކޮށްފައިވާ ކަމަށެވެ. އެ ދިރާސާތަކުގައި، މިއަދު ހިފި ވައްތަރުގެ ބޯވަދިލަމަހުގެ (ޑައިމަންޑްބެކް ސްކުއިޑް)ގެ ބިސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިންމަފުށި ބޭރުން އާ ވައްތަރެއްގެ ބޯވަދިލަމަހެއް މިއަދު ހިފާފައި.-- ފޮޓޯ: ޓުވިޓާ

އެހެންވެ، ޖަޕާނުގެ ތަޖުރިބާކާރުން ބައިވެރިކޮށްގެން އަދި ޖަޕާނުން މިކަމަށް ހާއްސަކޮށް ގެނައި އާލާތްތައް ހަރުކޮށްގެން ފިޝަރީޒް މިނިސްޓްރީގެ ދޯންޏެއް މިއަދު ހެނދުނު މަހަށް ނުކުމެފައިވާ ކަމަށް ޖައުފަރު ވިދާޅުވި އެވެ. އެ ދޯނިން ވަނީ، އޭނާ ވިދާޅުވި ގޮތުގައި، ކ. ހިންމަފުށީގެ ހަ މޭލު ބޭރުން އަދި ކަނޑުގެ 2،000 މީޓަރު އަޑިން އެ ވައްތަރުގެ ބޯވަދިލަމަހެއް ހިފައިފަ އެވެ.

"މި އެކްސްޕެރިމެންޓުތަކުގައި ބަލާނީ ކިހާ ވަރެއްގެ ސްޓޮކެއް އެބަ ހުރިތޯ، ކިހާ ވަރަކަށް މި ވައްތަރުގެ މަސްވެރިކަން ކުރެވިދާނެތޯ. އެ އަށް ފަހު، މި ވައްތަރުގެ މަސްވެރިކަން ތައާރަފް ކުރާނެތޯ ނުވަތަ ނޫންތޯ ނިންމާނީ،" ޖައުފަރު ވިދާޅުވި އެވެ.

ހިންމަފުށި ބޭރުން އާ ވައްތަރެއްގެ ބޯވަދިލަމަހެއް ހިފުމުގެ މަސައްކަތް މިއަދު ކުރަނީ.-- ފޮޓޯ: ޓުވިޓާ

ބަރުދަނުގައި 11 ކިލޯ ހުރި ޑައިމަންޑްބެކް ސްކުއިޑެއް މިއަދު ހިފިއިރު، ޖަޕާނުގެ ކަނޑުތަކުން އާއްމުކޮށް ހިފާ މި ވައްތަރުގެ ބޯވަދިލަމަސް އުޅެނީ ކަނޑުގެ ފުދޭ ވަރަކަށް އަޑީގަ އެވެ. މި ވައްތަރުތަކުގެ ބޯވަދިލަމަސް އެންމެ ބޮޑު ވާއިރު ދިގުމިނުގައި 100 ސެންޓިމީޓަރު އަދި ބަރުދަނުގައި 30 ކިލޯ ހުންނައިރު، މިއީ ދުނިޔޭގެ ބާޒާރުގައި ވަރަށް ބޮޑު އަގެއްގައި ވިކޭ ވައްތަރެކެވެ.

19 ކޮމެންޓް, 84 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 8%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާލެ

15 November 2016

މަހެއް ބޭނިޔަސް ސަރުކާރަށް ފުރައްސާރަކޮށް ޖެއްސުމުގެ ބަސްތަކުން ކޮމެންޓް ކުރުން. ފަހެ ރަންރީނދުލުގެ ކުދިން މިވަނީ ނަފްސާނީ ހާލަތަކަށް ގޮސްފާބާ!

The name is already taken The name is available. Register?

އިމް

15 November 2016

މި ވައްތަރުގެ ބޯވަދިލަމަސް އުޅެނީ ކަނޑުގެ ފުދޭ ވަރަކަށް އަޑީގަ އެވެ. މިބުނާ "ފުދޭވަރު" އެއީ ކިހާވަރެއްބާއެވެ.

The name is already taken The name is available. Register?

މުރާދު

15 November 2016

ހަމަ ތީގެ ބޯވަދިލަމަހެއް މި ދިޔަ އޯގަސްޓް މަހު އަހަރެން ވެސް ބޭނިން. ކަނދިކަމަނާގެ މަސްތެލުލުން ތިޔަށް ކިޔަނީ. މަސްވެރިކަމާ ބެހޭ އިދާރާއިން ކުރިކަމަކަށް ވީމަ އަލަށް ތިޔަކަންތައް ހަދާލީ. ހުރިހާ މޮޅަކާ ރީއްޗެއް އޮންނަންޖެހޭނީ ތިމަތިމާމެނަށް. ކިހާ ދެރަ ކަމެއް ދެން މީ.

The name is already taken The name is available. Register?

ބޯޅަބެ

15 November 2016

ވިކިޕީޑިއާގަ އޮތްގޮތަށް، ދިވެހިން ތަރުޖަމާ ކޮށްލާފަ ދޯ..!! ހަހަހަ.... Thysanoteuthis rhombus, also known as the diamond squid or diamondback squid, is a large species of squid growing to 100 cm in mantle length[1] and a maximum weight of 30 kg

The name is already taken The name is available. Register?

މޯޑު

14 November 2016

2000 މީޓަރ އަޑިންނޭ. ހަމަ ރަގަޅަށްތަ ތިކިޔަނީ

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

14 November 2016

ދެން އަނެއްކާ ތިވައްތަރުގެ ބޯވަދިލަމަސް ބާނާތަން ބަލަން އަރާ ތިބޭނެ ޕްލެޓްފޯމެއް ހަދަން ޖެހުނީނު، ސަލާމަތެއް ނެތެއްނު.

The name is already taken The name is available. Register?

ރަދީފް

15 November 2016

#ރަނގަޅު މިހެން ޖަހާލަންވާނެ އޕްލެޓްފޯމްގަ.

The name is already taken The name is available. Register?

ހޭލާ

14 November 2016

ތި ދިރާސާ ގެ ސަބަބުން މިދިވެހި ކަންޑުގަ ހުރި މިފަދަ ދިރުންތަށް ހުރިކަން ދެނެގަނެ ވަކިބަޔަކަށް ވަށްކަންކުރަން މަގު ކޮށާދެނީ ނުންބާ؟

The name is already taken The name is available. Register?

އަނގަބޮޑޭ

14 November 2016

ތި ބޮޑުއަގު ކޮބާ؟ ކިހާ ވަރަކަށް ވިއްކާލެވޭ އެއްޗެއް ތީ؟

The name is already taken The name is available. Register?

ނާނާ

14 November 2016

ކުޑހުވަދޫ މީހުނަށް ވެސް މީގެ މަހެއް ފެނުނު!

The name is already taken The name is available. Register?

ލޮލް

14 November 2016

ޙާޙާޙާާާ ލޮލް

The name is already taken The name is available. Register?

ހެވެ

14 November 2016

ކަލޭ ދެން ހޭން މީކޮންކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454