އާ ހުވާ އަކީ އާ ގާނޫނަށް އަމަލްކުރަން ފެށުން. ގާނޫނުގައި ފުލުހުންގެ ހިދުމަތް ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައިވޭ.
ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ހުވާކުރަން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި އިސްވެރިން -- ފޮޓޯ: ފުލުހުން
27 މާޗް 2021 - 12:41
ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ނަމުގައި އުކުލަވާލި އާ ގާނޫނުގައި ހިމެނޭ ފުލުހުން އާ ހުވާ، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ގޮތުން މިއަދު ކޮށްފި އެވެ.
ފުރަތަމަ ހުވާލާދިނުން އޮތީ ފުލުހުންގެ އޮފިސަރުންނަށެވެ. ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވަޑައިގެންނެވި މި ރަސްމިއްޔާތުގައި ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދްނާނެވެ.
"އުވިދިއަ ގާނޫނުގެ ދަށުން މިއަދާ ހަމައަށް ވަޒީފާގައި ތިބި ހުރިހާ ފުލުހުން، އައު ގާނޫނުގައި ކަނޑައެޅިފައިވާ ފުލުހުންގެ ހުވާ މިއަދު ކުރާނެ. ރައްޔިތުން އުންމީދުކުރާ ފަދަ މުއައްސަސާއަކަަށް ހެދިގެންދާނެ!" ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލްކުރަން ފެށުމުން އެކަމަށް ރައީސް އިބްރާހިމް މުުހައްމަދު ސޯލިހު ވަނީ ފުލުހުންނަށް ތަހުނިޔާ ވިދާޅުވެފަ އެވެ.
@PoliceMv ގެ އާ ޤާނޫނަށް މިއަދު ޢަމަލުކުރަން ފެށުމުން އެންމެހާ ފުލުހުންނަށް ތަހުނިޔާ އަރިސްކުރަން. އާ ޤާނޫނުގެ ދަށުން ހުރިހާ ފުލުހުން ކުރެއްވި ހުވަޔާއެކު ޚިދުމަތުގެ ފެންވަރުމަތިވެ، މިހާރަށްވުރެ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބަޔަކަށް ފުލުހުން ވެގެންދާނެ ކަމަށް ޤަބޫލުކުރަން.
— Ibrahim Mohamed Solih (@ibusolih) March 27, 2021
ފުލުހުންނަށް ތަހުނިޔާ އަރިސްކުރައްވަމުން ރައީސް ކުރެއްވި ޓްވީޓެއް
"އާ ގާނޫނުގެ ދަށުން ކުރެއްވި ހުވަޔާ އެކު ހިދުމަތުގެ ފެންވަރު މަތިވެ، މިހާރަށް ވުރެ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބަޔަކަށް ފުލުހުން ވެގެންދާނެ ކަމަށް ގަބޫލުކުރަން،" އެ މަނިކުފާނުގެ ޓްވީޓްގައި ވިދާޅުވި އެވެ.
އާ ގާނޫނަކީ 2004 ގައި ފުލުހުންގެ މުއައްސަސާ ވަކި އިދާރާއެއްގެ ގޮތުގައި ހަމަޖެއްސި ފަހުން ފުލުހުންގެ ހިދުމަތަށް އަންނަ ތާރީހީ ބަދަލެއް ކަމަށް ފުލުހުން ބުނެ އެވެ. އެ ގާނޫނާ ގުޅިގެން މުޖްތަމައަށް ސީދާ ފައިދާ ވާނެ ގޮތަށް ހިދުމަތް ދިނުމުގެ ގާނޫނީ ބާރު ފުލުހުންނަށް ލިބޭނެ ކަމަށް ވެސް، ފުލުސް ދެކެ އެވެ.
އާ ގާނޫނަށް އަމަލުކުރަން ފެށުމުން ފުލުހުންގެ މަސައްކަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ފުރުސަތު ލިބޭނެ އެވެ.
"ފުލުހުންގެ ޚިދުމަތުގެ ގާނޫނާއި އެކީ، މޯލްޑިވްސް ޕޮލިސް ސާވިސް އިން ހިދުމަތް ދޭން ބޭނުންވާ ގޮތަށް ގާނޫނީ ބާރުވެރިކަން މި ލިބުނީ. ދެން އަޅުގަނޑުމެންނަށް މުޖްތަމައަށް ސީދާ ހިދުމަތްކޮށްދީ، ލާމަރުކަޒީ ނިޒާމަކަށް މަސައްކަތްކުރެވޭނެ ގޮތަށް ވާސިލްކުރެވޭނެ،" ފުލުހުން ކުރި ޓްވީޓެއްގައި ރޭ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑޭ
28 March 2021
އާގާނޫނީ ފުލުން ކުރަންޖެހޭ އެންމެ މިހިންމު އެއްކަމަކީ މިގައުމުން ނަޝީދު ބޭރުކުރުން ނުވަތަ ހިފާ ހައްޔަރުކޮށް ހުރަގެއަށްލުންކަނަމަށް ދެކެން! އޭނާގެ ސަބަބުން ގައުމު ފުނޑެނީ އަދި އެމްޑީޕީވެސް ފުނޑެނީ
ކުޑޭ2
28 March 2021
ހާދަ ޒާތީވެފައޭ ކުޑޭ ތިހުންނަވަނީ.
މިވަރެއްނެތް
28 March 2021
އާ ގާނޫނު ހަދައިފި. އާ ޔޫނިފޯމްލައިފި. އާ ރިސްކް އެލަވަންސް ނަގައިފި. އާ ހުވާކޮށްފި. ހައްތާވެސް ތިބޭފުޅުންގެ ކަންކަމުގެ ވާހަކަ. ރައްޔިތުންނަށް އިތުރުވި އަމާންކަމެއް ނެތް. ހުއްޓުވުނު ގޭންގެއް ނެތް. މަދުކުރެވުނު ކުށެއްނެތް. އެހެންވީމަ ފޮނިކެނޑުމާއި ޝޯކުރުމުގެ ހައްގެއް ތިބޭފުޅުންނަކަށް ނެތް. ސޮރީ
ޗޮޕްޗުޕް
28 March 2021
7 ފެބްރުައަރީ 2012 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި އަޒުމު އެއް ކީއަޑު އެހިން، މި އަޒުމު އަށް ބަދަލެއް ގެނައިބާ ....
ސުލްޙަ
27 March 2021
ކުރިން ކުރި ހުވާ ކަމުނުގޮސްގެންތަ މަސައްކަތްތައް ކުރިއަށް ނުގޮސްގެން މިއުޅެނީ؟
1828
28 March 2021
ނަޝީދާއި ސަރުކާރުން ބުނަނީ ތިހެން
ދޮގުހުވާ
27 March 2021
ކިތައްމެ ހުވައެއް މަތިމައްޗަށް ކުރިއިރު މިސަރުކާރު އައި ފަހުން ތިޔަ ފުލުހުންނަކީ އެއްވެސް ކަހަލަ ޒިއްމާދާރު ކަމެއް ނެތި މުސާރަކޮޅު ކާލައިގެން އުޅޭ ބައެއް، ވަރަށް ފީކަޅާ މުވައްސަސާއަކަށް ބޮޑު ތަކުން ވެއްޖެ. ދުވާލަކު ދެގަޑިއެއްހާއިރު ރަނގަޅަށް މަސައްކަތް ކުރާ ފުލުހަކު މިހާރަކު ނުއުޅޭ، މިކަންކަން ބަލައިލާނެ މީހަކު ވެސް ނުހުރޭ
ޢިޔެ1
27 March 2021
ތިޔަ ހުވަޔަކީ ހުވާކުރާއިރުވެސް ދޮގުވެފައިވާ ހުވަޔެއް. ފުލުހުންގެ ވަޒީފާއިން ވަކިވެފައިވާ މީހަކަށްވެސް ތިޔަ ހުވާގައި ވާކަންތައް ކުރަންޖެހޭ. އުސޫލެއްގެ ގޮތުން ފުލުހުންގެ މުސާރަވެސް ދޭންޖެހޭނެ ފުލުހުންގެ ވަޒީފާއިން ވަކިވިޔަސް.
1828
27 March 2021
ކުރާ ހުވަޔަކުން މުއައްސަސާގެ މަސައްކަތަކަށް އިތުރު ފުރިހަމަކަމެއް ނާނާނެ. އެހެންމަވެސް ދެވޭ ތަމްރީނާއި ހަދާ ކޯސްތަކުގެ ސަބަބުން މުއައްސަސާގެ މަސައްކަތަށް އިތުރު ކުރިއެރުން ލިބޭނެ.
އައްބެ
27 March 2021
ތިޔަ ބައްދަލުވުމުގައި ސަންސެޓް ބައްލަވަން އިންނެވި ހޮނޑާދޫ ބޮޑުކަތީބު ނެތްތޯ؟
މަންޑެލާ
27 March 2021
ރާއްޖެ ހަލާކޮއްލުމުގަ އޮތީ ޖޭޕީ އަދާލަތު ޕާޓީ
ޝޮކްތެރަޕީ
27 March 2021
އަދާލަތު ޕާޓީ ދެއްކިވާހަކަތައް އަދިވެސް ދިވެހިންގެ ބޮލުތެރޭ އެބަހުރި. މިހާ މުނާފިގު ވާނެކަމަކައް ހިތަކައްވެސް ނާރަ. ދެރަ