28 މާޗް 2021 - 12:59
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ފެށި ހިޔާ ފްލެޓުތަކަށް ކުރިމަތިލާފައިވާ މީހުން ފޯމުތައް، މި ސަރުކާރުގެ ފްލެޓް ކޮމިޓީން މުރާޖައާ ކުރިއިރު، ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ވަނީ ފުރިހަމަ އަށް ނޫން ކަމަށާއި ދާއިމީ ލިސްޓުގައި ހިމެނުނީ ފްލެޓްތަކުގެ ހައްގުވެރިންނަށްތޯ އަލުން ކަށަވަރު ކުރުމަށް ރައްޔިތުން މަޖިލީހު ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމިޓީން ސަރުކާރަށް ލަފާ ދީފި އެވެ.
ހިޔާ މަޝްރޫއުގެ 7،000 ފްލެޓް ބެހުމުގައި އަމަލުކޮށްފައިވާ ގޮތް މި ސަރުކާރުން އަލުން ރިވިއު ކުރި ގޮތާ ގުޅޭ ގޮތުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަމާ ގުޅިގެން ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީން ފެބްރުއަރީ 28، 2021 ގައި ވަނީ ހިޔާ ފްލެޓު ދިން ގޮތާއި މި ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސިޔާސަތު ރާވާފައިވާ ގޮތް ދިރާސާ ކުރަން ފަށައިފަ އެވެ. އެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ އިދާރާ އިން މިއަދު އާންމު ކުރި އެވެ.
އެ ރިޕޯޓުގައިވާ ގޮތުން، އެކި މީސްމީހުން މަޖިލީހަށާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލާއިރު، ފްލެޓް ކޮމިޓީން ދިރިއުޅުމުގެ ހާލަތު ވަޒަން ކޮށްފައި ވަނީ އެންމެ ފުރިހަމައަށް ނޫން ކަން ފާހަގަ ކުރެވެ އެވެ. އެހެންކަމުން ފްލެޓް ކޮމިޓީން އެފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ފުރިހަމަ އަށް ވަޒަން ކުރުމަށް އެ ރިޕޯޓުގައި ވަނީ އެދިފަ އެވެ.
މީގެ އިތުރުން ފްލެޓު ކޮމިޓީން ފޯމްތައް އަލުން ރިވިއު ކުރިއިރު، ޝަރުތު ހަމަނުވާ މީހުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމެނިފައިވާ ކަމަށާއި ޝަރުތު ހަމަވާ ގިނަ މީހުން ދާއިމީ ލިސްޓުގައި ހިމެނިފައި ނުވާ ކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.
އެހެންކަމުން އެކަން ރަނގަޅަށް ދިރާސާކޮށް، ހިޔާ ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނިފައި ވަނީ ފްލެޓު ލިބުން ހައްގު މީހުންތޯ އަލުން ކަށަވަރު ކުރަންޖެހޭ ކަމަށާއި އެފަދަ މީހުންތަކެއް ވާ ނަމަ ދާއިމީ ލިސްޓުން އުނި ކުރުމަށް ކޮމިޓީން އެދިފައި ވެ އެވެ.
ހިޔާ މަޝްރޫއުގެ އެހެން ކެޓަގަރީތަކާ ހިލާފަށް ސިވިލް ސާވިސް މުވައްޒަފުންނަށް ދިރިއުޅުމުގެ ހާލަތަށް ބެލުމެއް ނެތި ގެދޮރުވެރިކަމަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި އޭގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ރަނގަޅު މީހުން ވެސް ސިވިލް ސާވިސް ކެޓަގަރީގެ ދަށުން ފްލެޓް ލިބިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެހެންކަމުން ސިވިލް ސާވިސް ކެޓަގަރީ އަށް ކުރިމަތިލާ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަޒަަންކޮށް، ޕޮއިންޓު ދޭނެ އުސޫލެއް ފްލެޓު ކޮމިޓީން ކަނޑައަޅައި، އެ ކެޓަގަރީ އަލުން ރިވިއު ކުރަން އަންގަން އެ ރިޕޯޓުގައި ވަނީ ނިންމައިފަ އެވެ.
ސޯޝަލް ހައުސިން މަޝްރޫއުތަކުގައި ވަކި ފަންނެއްގައި ކުރިއަރާފައިވާ މީހުން ނުވަތަ ވަކި ވަޒީފާއަކާއި ވަކި މަގާމެއްގައި ތިބި މީހުންނަށް ހާއްސަކޮށް ކެޓަގަރީއެއް ހެދުމުގެ ބަދަލުގައި އާމްދަނީ އާއި ހާލަތަށް ބަލައި އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ފެލްޓު ދޭނެކަން ކަށަވަރު ކުރުމަށް ވެސް އެ ރިޕޯޓުގައި ވަނީ ލަފާ ދީފަ އެވެ.
ފްލެޓް ކޮމިޓީން ކޮށްފައިވާ މަސައްކަތާ ގުޅޭ މައްސަލަތައް މަޖިލީހުގެ ކޮމިޓީން ވެސް ފާހަގަ ކުރިއިރު ސަރުކާރުން ނިންމާފައި ވަނީ ފްލެޓްތައް ލިބިފައިވާ މީހުންގެ އެއްބަސްވުން މި މަހުގެ ނިޔަލަށް ހަވާލު ކުރުމަށެވެ.
އެ އެއްބަސްވުން ފަރުމާ ކޮށްފައި ވަނީ ފްލެޓްތަކަށް ވަދެވޭ ވަރުވުމުން ފްލެޓް ލިބޭ މީހުން، ފްލެޓުގެ ދޮރު ހަރުކުރުމާއި ތަށިމުށި ޖެހުން ފަދަ ކަންކަން އަމިއްލަ އަށް ކުރަން ޖެހޭ ފަދަ ގޮތަކަށް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންކަމުން ކަނޑައަޅާފައިވާ ތާރިހަށް މި މަހުގެ ނިޔަލަށް އެކަންތައް ކޮށް ނިންމުމަށް ވެސް ކޮމިޓީން ވަނީ ސަރުކާރަށް ލަފާ ދީފަ އެވެ.
މީގެ އިތުރުން 2018 ވަނަ އަހަރު ފްލެޓް ލިބުނު މީހުންގެ ލިސްޓު، ޔާމީންގެ ސަރުކާރުން އާންމު ކުރިއިރު އޭގައި ކޮރަޕްޝަނާއި ޖިނާއީ މައްސަލަތައް ހިމެނޭ ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެ މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް، ދައުވާ ކުރުމަށް ފޮނުވުން އަވަސް ކުރުމަށް ވެސް އެ ކޮމިޓީން ސަރުކާރަށް ލަފާދިނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
29 March 2021
މިހާރު ރާއްޖޭގައި މިދިމާވަނީ އެއްވެސް ސަރުކާރެގެ މައްސަލައެއްނޫން. ކޮންމެ ސަރުކާރެއްގަވެސް ކަންކަން ކުރަން މިތިބެނީ އެއްބައެއް. ސަރުކާރުގެ މަގާމްތަކަށް އަންނަ މީހުންނާ، ސިވިލް ސާރވަންޓުންނާ، ދައުލަތުގެ ހުރިހާ މަގާމްތަކެއްގަ މިއުޅެނީ އެއްބައެއް. ޖުމްލަކޮށް މުޅި މުޖުތަމައު ކޮރަޕްޓް. އެއްވެސް ސަރުކާރަކުން ކިތަންމެ އިންސާފުވެރިކޮށް ރަގަ ކަންކަން ކުރަން ބޭނުންވިޔަސް އެކަމެއް ނުވާނެ. ޝަރުތު ހަމަވާ މީހުންތޯ، ނުވާ މީހުންތޯ ބަލަން ތިބެނީ ވެސް އެމީހުން.
ރަކީދޫ އިއްބެ
29 March 2021
ގޯސްކޮށްކަން ނޭގޭ ބަޔަކު އެބަތިބިތަ؟މަޑަވެލީގަ ދިރިއުޅޭ ކާއްޑެއްދޫގަ ވަޒީފާ އަދާކުރާމީހަކަށް އެކަނިވެރި މައިންގެ ބައިން (ހުރިހާ ކުދިން 18 އަހަރުންމަތި) ފުލެޓް ލިބުނީމަ އެބައޮތްތާ ރަނގަޅަށްބެލިފަ.މާލޭގައި ދަތިހާލުގައި ދިރިއުޅޭ ކިތައް އެކަނިވެރި މައިން އެބަތިބިބާ ފުލެޓް ނުލިބި؟
ދިވެހި މަދަނީ ޚިދުމަތްތެރިޔާ
29 March 2021
ސަރުކާރުން ތިކުރަނީ ސިވިލް ސަރވިސް މުވައްޒަފުންނަށް ފުރައްސާރަ. އަހަރެމެން ތިބެއްޖައިން ބަލަހައްޓައިގެން. ސިވިލް ސަރވަންޓުންގެ އަނގަ ބަންދުކޮށް ބޭނުންހާ ކަމެއް ކުރަން ހިފާފަ ތި ތިބީ. ތި ފްލެޓްތައް އެޅުނުފަހުން ކިތައްފަހަރު ސަރުކާރުން ތި ގަނޑު ގަނެފިތޯ؟ އެހެންވީމާ ފްލެޓްތަކުން ސިވިލް ސަރވަންޓުން މަހުރޫމްވަންޏާ އެހެންގޮތެއް އަހަރެމެން ހަދާނަން. އެކަމާ ފަހުން ހިތާމަ ނުކުރުން އެދެން
ޑިޑިން
29 March 2021
މޮޔަނުވެ ދެން ތިތަންތަން ދޭންވީ އެއްނު
މަރިޔަނބުގެ ދަނޑު
29 March 2021
ބަލަ އަލުން ނޫންތޯ ބެލީ 2 އަހަރަާ ބައިވެ ދިޔައިރުވެސް އަލުން ބަލަން ފްލެޓް ދޭންވީ އަބަދުވެސް ވެރިކަމުގައި އޮންނަ ފާޓީ މީހުންނަށް އެކަނި ކަމަށް ގާނޫނެއް ފާސްކުރަން ފެނޭ މިހާރުވެސް ފާސްވެފަ ހުރި ގިނަ ގާނޫނުތައް މަތާރަން ފިލާ މަތީ ޢަމަލް ނުކުރެވޭ ޢާއްމު ތަންތާ ސިނގިރެޓު ބުއިން މަގުމަތީގަޔާ އެތައް މިތާ އާއްމު ވެފައި ގާނމޫނެއް އެބަ އޮތް ކީއްތޯ ކުރެވުނީ ގިނަ ވަގުތު ކުޑަދަށުގަ ބޮޑުމުސާރަ ލިބޭ މީހުންވެސް ތިބެނީ އެހެންވީމަ ކޮންކަމެއްތޯ ހިންގޭނީ
މޫސާ މަލިމަ
29 March 2021
އެއް ކަމަކީ އިންތިހާބަށް ރައްޔިތުންގެ ލޮލުގަ އަނދުން އެޅުވުން. އަނެއް ބޭނުމަކީ ފުލެޓުތައް ރައްޔިތުންނަށް ދިނުން ލަސްކުރުން، 2023 ގެ އިންތިހާބާ ޖެހެނެދެން ދެންމުން، ކުލިކުޑަވެދާނެހެން ހީވާތީވެ ވެސް ތިޔަ ތަންތަން ދޭން ބޭނުން ނުވާނެ.
ތުއްތޮންބެ
29 March 2021
ތިޔައް ބޭބެމެން ކިޔާއުޅެނީ ބޮޑުގެރި ބޭރައްހިންގުން.
އެމެރިކާ
29 March 2021
އެމްޑީޕީގަ ވެރިކަން ކުރާނެ ގާބިލީޔަތެއް ނެއް. މިނިވަންކަން ދިފާއު ކުރާނެ ގާބިލްކަމެއްނެށް. އިހުލާސް ތެރިކަމައެއް ނެއްބަޔަކު ވެރިކަމުގަ ހުރީމަ ދިވެހިންގެ އަމިލްލަ ވަންތަކަން ނެތެނީ.
އޮނަރަބްލް އަފީފު ދީދީ
29 March 2021
ކ.އަތޮޅު މާލެ ސަރަހައްދުގައި ދައުލަތުން ސޯޝަލް ހައުސިންގ ސްކީމް ޕްރޮޖެކްޓްހިންގުން ހުއްޓާލަންޖެހޭ. # ދުނިޔޭގެ ހުރިހާތަނެއްގައިވެސް ވެރިރަށުގައިދިރިއުޅުމަކީ ތަނަވަސްމީހުނަށް ފުރުސަތުބޮޑުކޮށް އޮންނަކަމެއް. އެއުސޫލުން ކ.އަތޮޅު މާލެސަރަހައްދުގައި ރިއަލްއެސްޓޭޓްހިންގުމަށް ބިންދޫކޮށް ޑިވޮލޮޕަރުންނަށް އެތަންތަންވިއްކުމަށް ފުރުސަތުދެއްވާ. # އަދި ކޮންމެދިވެއްސަކުވެސް އަމިއްލަނަމުގައި މިލްކްކުރާ ފުރަތަމަ ބިމާއި ފްލެޓް ޓެކްސް ފުރީކޮށް ރެޖިސްޓްރީ ކޮށްދެއްވާ.
އޮނަރަބްލް އަފީފު ދީދީ
28 March 2021
ދައުލަތުގެ އެހީގައި ދިރިއުޅުމުގެ ކަންކަން ވަކިން ޙާއްސަކޮށް ބޯހިޔާވަހިކަމުގެ އެހީތެރިކަމަށް އެދޭ މީހާއަށް ދައުލަތުން އޭނާގެ ބޮލުގައި 4 ނުވަތަ 6 މިލިޔަން ރުފިޔާގެ ދަރަނި އެޅުވުމަކީ ކޮށްގެން ވާނެ ކަމެއްނޫން. # ކ.އަތޮޅު މާލޭމީހާއަށާއި، ތުރާކުނާއި، ވ.ތިނަދޫ، ލ. ގަން އަދި ފުވައްމުލަކާއި އައްޑޫސިޓީ ކަމުގައިވިޔަސް ސޯޝަލް ހައުސިން ސްކީމަށް އެމީހުނަށް ދޭންޖެހޭ ފްލެޓް ދޭންވާނީ އެމީހުންގެ ތަނަވަސްކަމާއި އެއްވަރުގެ ރަށްރަށުން. މާލެއަކީ އެފަދަ ތަނެއްނޫން.