ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ސިނޮފާމް ވެކްސިންގެ 100،000 ޑޯޒް ރޭ ރާއްޖެ ގެނެސްފައި.-- ފޮޓޯ: މިނިސްޓަރު ޝާހިދު
31 މާޗް 2021 - 10:05
ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރާ ކޮވިޑް-19 ވެކްސިންގެ 100،000 ޑޯޒާއި ސިއްހީ ސާމާނު ރޭ ރާއްޖެ ގެނެސްފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާ ސަރުކާރުން ހަދިޔާކުރި ސިނޮފާމް ވެކްސިން އަދި ބައެއް ސިއްހީ ސާމާނު ގެނައީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓެއްގައި ޗައިނާގެ ވެރިރަށް، ބެއިޖިން އިން ކަމަށެވެ.
ވެކްސިން ކެމްޕެއިން ކުރިއަށްގެންދަން ޗައިނާ އިން ދިން އެހީތެރިކަމަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވެސް ޗައިނާ އިން ވަނީ، ރާއްޖެ އަށް ދޭނެ ކަމަށް އިއުލާނުކޮށްފައިވާ ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފަ އެވެ. މި ބުރު ގެނައި ޑޯޒާއެކު، އެ ގައުމުން ދޭން ހަމަޖެއްސި ޑޯޒުތައް ހަމަވީ އެވެ.
Remaining 100K doses of Sinopharm vaccine and other medical equipment donated by #China arrived in Male’ from Beijing on @MaldivianAero. Sincere appreciation to the Govt & people of China for their generous contributions to our vaccine rollout. Special thanks to @AmbassadorZhang! pic.twitter.com/So7QdPnies
— Abdulla Shahid (@abdulla_shahid) March 31, 2021
އިމަޖެންސީ ހާލަތުގައި އެ ވެކްސިން ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ މި މަހުގެ 15 ވަނަ ދުވަހު ހުއްދަދީފަ އެވެ.
ސިނޮފާމްގެ އިތުރުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނާއި ފައިޒާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައި ވެ އެވެ. ނަމަވެސް ރާއްޖޭގައި މި ވަގުތު ޖަހާފައިވަނީ ކޮވިޝީލްޑް އަދި ސިނޮފާމް ވެކްސިނެވެ.
ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ފެށީ މިދިޔަ މަހުގެ އެކެއްގަ އެވެ. އޭގެ ފަހުން، މިހާތަނަށް 235،682 މީހުންނަށް ވެކްސިން ދީފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވިޑް
01 April 2021
ދެން އެންމެ އަވަހަށް އަޑު އިވިގެންދާނީ ވެކްސިންގެ ކޮރަޕްޝަންުގެ ވާހަކަ! އެކަމް އެންމެން މިތިބީ ނޯ ކޮރަޕްޓްވެފައި.
ޑަބިޔާ
01 April 2021
ކޮބާ ސަރުކާރުން ވެކްސިން ގެންނަން ހަރަދުވި ވަރެއް ނޫހުގަ ޖަހާލިނަމަ ވ ރަގަނޅުވިސް . ސަރުކާރުން މިހާރު ނުދައަކާ ތިވެކްސިން ގެންނަން ހަރަދުވި ވަރައެއް ތީގަ ނުބައެއް އުޅޭ ޗައިނާ ވެއްޖިއްޔާ ބަލާނެ ރޮލާ ކެވޭތޯ
ށަވިޔަނި
31 March 2021
ޒިންދަގީ. މިއީ ރޫހާނީ މަޚްލޫގުންނާ ސިޔާސީ މީހުންނާ ބެހޭކަމެއްނޫން. ސިއްހީ ހަމައެކަނި ސިއްހީ މީހުންގެ ކަމެއް. އަހަރުމެން ތި ރޫހާނީންނަކަށް ފުރޭތުންނަކަށް ނުބަލަން.
ށަވިޔަނި
31 March 2021
ޝުކުރިޔާ ޗައިނާ.
އަހުމަދުބޭ
31 March 2021
ދިވެހީން ގަބޫލް ކުރިއަސް ނުކުރިއަސް ދިވެހީންނަކީ ވަރަށްވެސް ނަސީބް ރަގަނޅު ބަޔެކެވެ، މިއީ ކޮންފަދަ ނަސީބެއްތޯ ދިވެހީންނަށް ކޮވިޑް ވިކްސިން ގައުމުތަކުން ލިބެމުން ދިއުން، އަދިވެސް މިވަރު ނުވާ ހާދަ ގައުމެއް ދުނިޔޭގައި އެބައޮތެވެ. މިއީ އުފާކުރަން ޖެހޭ ކަމެއް، ދެން އަނެއްކާ މިވެކްސިން އާދެތެރޭ ސުވާލް އުފައްދަންވީ
ޒިންދަގީ
31 March 2021
ޑަބްލިއު އެޗް އޯގެ އެޕްރޫވަލް ނެތަސް އޯކޭތޯ؟؟ މުންދުމެންގެ ޓެކްނިކަލް ޓީމުގެ ބަހަކީ ކޮބައިތޯ؟؟
ރަދީފުލް ކުމާރު
31 March 2021
ދެންމިކަމާ މިއުޅޭ ރޫހާނީ އަހަންމަދުބެ އެއްޗެތިނުގޮވާނެތޯ؟