ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް: އޭނާ މަގާމުން ވަކިކުރިޔަސް އިންޓަނެޓްގެ އަގަށް ވެސް ސްޕީޑަށް ވެސް ބަދަލެއް ނައި،
01 އެޕްރީލް 2021 - 13:47
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަމުން މުހައްމަދު މަލީހް ޖަމާލު ވަކިކުރިޔަސް އިިންޓަނެޓްގެ ސްޕީޑް އަވަސް ނުވާ ކަމަށާއި އެކަމަށް ހައްލެއް ލިބޭނީ ކުރިން ވެސް ރާވާފައިވާ ގޮތަށް މި އަހަރު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އިއްޔެ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމަށް ވަޑައިގެންނެވި މަލީހުގެ އިތުބާރު ނެތްކަމަށް ފާސްކޮށް، އޭނާ މަގާމުން ވަކިކުރީ މިދިޔަ މަހުގެ 1 ގަ އެވެ. އެކަމުގައި އިސްކޮށް ތިއްބެވީ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެމްބަރުންނެވެ.
މަލީހުގެ ބަދަލުގައި އާ ވަޒީރަކު ހަމަނުޖައްސާ މައްސަލައިގައި، އިއްޔެ މީޑިއާ ބްރީފިންގައި "މިހާރު" އިން ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ، މަލީހު ވަކިކުރިޔަސް އިންޓަނެޓުގެ ސްޕީޑަށް ބަދަލެއް ނާންނަ ކަމަށެވެ.
މަލީހުގެ ބަދަލުގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަމަށް އާ ބޭފުޅަކު އައްޔަން ކުރުމުގެ މަޝްވަރާ އަދިވެސް ކުރިއަށް ދަނީ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އިންޓަނެޓުގެ އަގުހެޔޮ ނުވުމާއި ސްޕީޑް ދަށް މައްސަލައިގައި، މަލީހު ވަޒީރުކަމުގައި ހުންނެވިއިރު ބައެއް މީހުން ވަަރަށް ބޮޑަށް އޭނާ އަށް ފާޑުކިޔެވެ. އެ އިލްޒާމު މަލީހުގެ އިސްތަށިފުޅުގައި އޭރު އެޅުވި ނަމަވެސް އޭނާ މަގާމުން ވަކިކުރުމުން ވެސް ހައްލެއް ނައުމުން މިހާރު ގިނަ މީހުން ދައްކަނީ އެ ވާހަކަ އެވެ.
ތުރޮޓަލް ނުވަތަ ކަނޑައާ ޑޭޓާ ހަމަވުމުން އިންޓަނެޓްގެ ސްޕީޑް ދަށްނުކޮށް، ރަނގަޅު ސްޕީޑެއްގައި އިންޓަނެޓް ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށާއި އެ މައްސަލަ މި އަހަރު ނިމުމުގެ ކުރިން ހައްލު ކުރާނެ ކަމަށް މަބްރޫކް އިއްޔެ ވިދާޅުވި އެވެ.
އިއްޔެގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
"ވިސްނުމަކީ ޓެލެކޮމް ކުންފުނިތަކުގެ ސާވިސް ކޮލިޓީ ރަނގަޅު ކުރުމަށް މަަސައްކަތް ކުރުން. އެންމެ މުހިންމު ކަމެއް ދޭނެ އެއް ކަމަކީ އެ ބޭފުޅުން ވިދާޅުވާ ސްޕީޑުގައި ތުރޮޓަލް ނުވެ އިންޓަނެޓްގެ ހިދުމަތް ދެވޭނެކަން ކަށަވަރު ކުރުން،" މަބްރޫކް ވިދާޅުވި އެވެ.
އެ މަސައްކަތް ކުރަން ކޮމިއުނިކޭޝަން އޮތޯރިޓީ މޯލްޑިވްސް (ކެމް) އަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި ރެގިއުލޭޓް ކުރަން ބޭނުންވާ ކަންކަން ނިންމުމުގައި 1.5 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓް ހިމަނާފައިވާ ކަން މަބްރޫކް ފާހަގަކުރެއްވި އެވެ.
މިހާރު ޓެލެކޮމް އޮތޯރިޓީން ޕީއޯއާރްއެއް ތައްޔާރުކޮށް، އިންޓަނެޓް މައްސަލަ ރަނގަޅު ކުރަން ކޮންސަލްޓަންޓެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
މަލީހަށް އާންމުންގެ ފަރާތުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އިންޓަނެޓް ސްޕީޑް އަވަސް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު އަދިވެސް ނުފުއްދި އޮތް މައްސަލައިގަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އޭނާ ވަކި ކުރީ ގަވައިދުތަކެއް ނުހަދާ އޮތް މައްސަލައަކާ ގުޅިގެނެވެ. އެކަން ވެސް މަލީހު ވަނީ ދޮގުކުރައްވައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މެމްބަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރައްވައިފަ އެވެ.
މަލީހު، މަގާމުން ވަކިކުރިއިރު އޭނާ ވަނީ އިންޓަނެޓްގެ ސްޕީޑް ރަނގަޅުކޮށް، އަގުހެޔޮ ކުރެވޭނެ ގޮތްތަކެއް ތައްޔާރުކޮށް، ރައީސް އޮފީހަށް ހުށަހަޅުއްވައިފަ އެވެ. އެހެންވެ، އެކަމުގައި ވަކި ގޮތެއް ނިންމުމުގެ ބާރު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ރައީސް އޮފީހަށެވެ. އެއީ މުޅި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ނިންމަންޖެހޭ ކަމެކެވެ.
މަގާމުން ވަކިކުރުމާ ހަމައަށް ވެސް މަލީހު ވިދާޅުވަމުން ގެންދެވީ، އިންޓަނެޓުގެ އަގުހެޔޮ ކުރުމުގައި އެންމެ ފަހުގެ ގޮތް ނިންމޭނީ ރައީސް އޮފީހަށް ކަމަށާއި އޭނާގެ ހިސާބުން ކަންކަން ނިންމާފައިވާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެސް
01 April 2021
ނޯ ވޯޓް ފޮރ އެމްޑީޕީ.
ކައުންސެލަރު
01 April 2021
އާންމުކޮށް އަލަށް އިންޓަރނެޓް ބޭނުން ކުރާމީހުންނަށާ ރުހުމުގެ ލޮލަށް އައިބު ނުފެންނަ މީހުންނަށް އިންޓަރނެޓް ފާސްޓްކަމަށް ފެނި އަގުވެސް މީ ވަރަށް ހެޔޮއަގެއް ކަމަށް ހީވެދާނެ. އިންޓަރނެޓަކީ މިހާރު އަސާސީ އެއްޗަކަށްވާތީ ކުރީގާ 500 ރުފިޔާއަށް ސިމް ވިއްކިހެން މިކަމެއްނުވާނެ. ދެން ވަޒީރަކަށް ލަނީ މަހަކަށް ބައި ރުފިޔާއަށް 50 ޓެރަބައިޓް ދޭ ވަޒީރެކޯ. އެހެންވީމާ މިވަރުކަމެއް އޮންނާނެތަ؟
ފާރިހަތު ޖަލީލު
01 April 2021
ފާރިގެ ނަޒަރުގައި މަލީހަކީ ވަކިކުރަންޖެހޭ ވަޒީތެއް ނޫން!
އަލީ2
01 April 2021
އިންޓަރ ނެޓް ސްޕީޑް ކިހާވަރެއްގަތަ ހުންނަންޖެހެނީ..؟ ހަމަ ސުލޯތަ އިންޓަރނެޓް؟
ކކކކކކ
02 April 2021
ނޫނޭ ހަލުއި ކަމުން އަތުފަތު ނުޖެހޭ. ބުނަން ވާހަކައެއް. އަނގައިން ނުބައި އެއްޗިހި ކިޔުއްވަން ނަހަދާ ދުރަށް ދޭ.
ތުތުމަން
01 April 2021
އެމް.ޑީ.ފީ. ކުދިން ޓައި އަޅައިގެން، އޮފީސް ތަކަށް ނެރުނަސް އަދިވެސް އެއްވެސް ފްރޮފިސަނަލް އެއް ނުވޭ ދެއްތޯ؟ އަދިވެސް މުޒާހަރާ ކުރާ ސްޓައިލް އަށް ހުރިހާކަމެއް ވެސް ނިންމަން ބޭނުންވަނީ. އިމޯށަނަލް ނުވެ ކަމުގެ ދެކޮޅުބެލުން އެއީ ވިސްނުންތެރީންގެ ރިވެތި ސިފައެއް.
ބޮޑުމީހާ
01 April 2021
އެއްވެސް ކަމެއް ވާ ބައެއް ނޫން މީކީ! މުޅިން ފޮނި ކަނޑަނީ
އަހުމަދު ހަސަން
01 April 2021
ބަލަގަ.އޭރުވެސް އެގޭ ކަމެއްތީ.މަލީހު ވަކިކުރީ ފާޅުގައި މަޖިލިސް މެމްބަރުން އޭނައާއި ދިމާކުރާތީ އެކަންކަމަށް މަލީހުވެސް ރައްދުދީ ދޫނުކޮށް މަޖިލީހު މެންބަރުން ކުރި ބުލީ ބަލައި ނުގަތުމުން.އަދި މަޖިލީހުގެ ރައީސަށްވެސް ސީދާ ފާޅުކަން ބޮޑުކޮށް ރައްދުދީ ހަދާތީ.
ވަގުންގެފޮށި
01 April 2021
މަލީހުވަކިކުރީ އެކަމުންވެސް ވައްކަންކުރަންވެގެން އެނޫންއެހެންއެއްވެސްކަމެއްވެގެނެއްނޫން!! މަލީހު ވަކިކުރިފަހުން ފޯނުބިލުބޮޑުތަނުންވެސްބޮޑު އަދި ސްޕީޑުގެވާހަކަހެވީނުދެއްކިއްޔާ!! ކޮޓަރިތެރެއަށް އިންޓަނެޓްލިބެނީ މަދުފަހަރަކު !! ވާރޭވެހުނަސް އިންޓަނެޓްބޭނުންކުރަންދާންޖެހެނީ އަތިރިމައްޗަށް!! މަލީހުވަކިކުރިދުވަހު ދެފައިތަޅަމުން ނަށަމުންދުވިން އެދުވަހުގެޗަރުކޭސްފެނި ރަނގަޅުދިމާއަކުން ފަތިސްހަނދުއަރާނެކަމަށް !!
ރަދީފްއޮފިޝިއަލް
01 April 2021
އެމަގާމަށް ދަހިވެތިވާ އެމްޑީޕީ ގޮލަޔަކު ލައިފިނަމަ ރާއްޖޭގެ އިންޓަނެޓް ސްޕީޑް ހުންނާނީ ނާސާގަ ހުންނަ ސްޕީޑް.~ އެމްޑީޕީ އެކްޓިވިސްޓުންގެ ބަސް.
ލިއިކް
01 April 2021
ކޮބާތަ އެއްކަލަ މީކާއީލް؟ ޑަންއޭ ޖަހާލަާފަ ޓްވިޓާގަޖެހިޔަސް އިންޓްނެޓް އަގުހެވެއްނުވޭ! މޑޕ ވަރަށް ޒާތީވާތަން މިފެންނަނީ ވަކިމީހަކާ! ސޭމް އޮންޔުޫ!