ސީ ލައިފް ގްލޯބަލް އިން ހުޅުމާލޭގައި އިމާރާތް ކުރުމަށް ނިންމާފައިވާ ފްލެޓްތަކުގެ ކުރެހުމެއް: ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކުގެ ކޮންޓްރެކްޓްގައި މާދަމާ ހަވީރު ސޮއިކުރާނެ.
14 ނޮވެމްބަރ 2016 - 23:00
ސީ ލައިފް ގްލޯބަލް އިން ހުޅުމާލޭގައި އަޅާ 3،000 ހައުސިން ޔުނިޓްގެ ތެރެއިން ދެ ވަނަ ފިޔަވަހީގައި ހިމެނޭ 278 ފްލެޓް އަޅަން ޗައިނާގެ މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް (އެމްސީސީ)އާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.
ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާގެ އިތުރުން އެމްސީސީ ގްރޫޕުގެ ނައިބު ރައީސެވެ.
ދުބާއީގެ ކުންފުންޏަކާއި ދިވެހި ކުންފުންޏަކާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަ ކުންފުނި ސީ ލައިފް އިން ހުޅުމާލޭގައި އިމާރާތްކުރާ 3،000 ފްލެޓްގެ ބިންގާ އަޅާފައި ވަނީ އޭޕްރީލް 2، 2014ގަ އެވެ. ބިންގާ އަޅުއްވައި ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އެކަމަކު އަމަލީ މަސައްކަތް ނުފެށި ދިގުލައިގެން ދިޔައީ، ހައުސިން ޑިވެލޮޕްމެންޓުން ލިބެން ޖެހޭ ހުއްދަތައް ނުލިބިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.
ސީ ލައިފްއާ ހަވާލުކުރި ހައުސިން ޔުނިޓްތަކުގެ ބިންގާ ރައީސް ޔާމީން އަޅުއްވައިދެއްވަނީ.
"އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަށް މި ޕްރޮޖެކްޓް ކުރިއަށް ނުގެންދެވިގެންނެއް ނޫން ލަސްވެގެން މިދިޔައީ. ޕްރޮޖެކްޓް ކުރިއަަށް ގެންދާނެ ފުރުސަތު އަޅުގަނޑުމެންނަށް ލިބިފައި ނެތީ،" ސީ ލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ ވިދާޅުވި އެވެ.
މެދު ފަންތި އާއި މަތީ ފަންތީގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފަށަން ސައިޓަށް މިހާރު ވަނީ ސާމާނު ޖަމާކޮށްފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
ތިން ފިޔަވައްސަކަށް ބަހާލާފައިވާ މި މަޝްރޫއުގައި ފުރަތަމަ އިމާރާތް ކުރަން ހަމަޖައްސާފައި ވަނީ 1،000 ހައުސިން ޔުނިޓެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ކޮރަލް ހޯލްޑިން ޕްރައިވެޓް ލިމިޓެޑާ އެވެ.
ސީ ލައިފް ކުންފުނިން ބުނިގޮތުގައި 2018 ގެ ކުރިން ހައުސިން ޔުނިޓްތައް ނިންމަން ވަނީ އަމާޒު ހިފައިފަ އެވެ. އެ މަޝްރޫއުގައި އަަޅާ ގިނަ ހައުސިން ޔުނިޓްތައް މިހާރު ވެސް ވަނީ ބުކްކޮށްފަ އެވެ.
ސީލައިފުން އަޅާ މި ފްލެޓުތަކުގެ ތެރެއިން އެންމެ އަގު ހެޔޮކޮށް ވިއްކަނީ 1.9 މިލިޔަން ރުފިޔާ އަށް ދެ ކޮޓަރީގެ ފްލެޓެވެ. އަދި ތިން ކޮޓަރީގެ ފްލެޓުގެ އަގު 1.9- 2.6 މިލިޔަން ރުފިޔާގައި އުޅޭއިރު ހަތަރު ކޮޓަރީގެ ފްލެޓްގެ އަގު އުޅެނީ 2.8-3.3 މިލިޔަން ރުފިޔާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޭން
25 December 2016
އެއް ކޮޓަރި އިތުރުވާ އިރަށް އަގަށް މިވަނީ ކިހިނެއްތަ ؟ ހަމަ ނޭނގުނު
ޗައިނާ
15 November 2016
ސީލައިފްގެ އަސްލު މީހަކީ ކޮބައިބާ...ވަރަށް ވަރަށް ބޮޑު މީހެއް ދޯ؟ އެހެން ވެގެންތާ ރެއާއި އަދި މިއަދުގެ ޓީވީއެމް 8 ގެ ޚަބަރުގައިވެސް އެމީހުން އިސްތިހާރު ކުރުން ނޫން ކަމެއް ނެތް...ފުރަތަމަ ފިޔަވަހި ހަވާލުކޮށް ނިންމަންޖެހޭ ތާރީޚް ފަހަނަޅާ ދިޔައިރު ކަމެް ނުކޮށް ތިއްބާ އެއޮތީ ދެވަނަ ފިޔަވަހި ފަށާފަ ޗައިނާ ބަޔަކާއެކީ
ގެދާނޯމޮސް
15 November 2016
ފަސްގަނޑުގެ ގޮތުން ކުޑަމިގައުމަށް ގެދޮރުގެ ހައްލަކަށް މާލެކައިރިން ފުލެޓް ދިނުމުގެ ބަދަލުގައި ރާއްޖެތެރޭ ގެ ބޮޑެތި ރައްތައް ތަރައްޤީ ކުރުން މާރަނަގަޅުވާނެއެވެ. ނާޒުކު މިބިންގަނޑު ގައި މާއުސްކޮށް ކުރާއިމާރާތް ތަކާމެދު ހިތާމަކުރާ ދުވަކަށް ދާކަށް ނެތީމެވެ.
ލލ
15 November 2016
ޤާނޫނުލް އުޤޫބާތަށް އިސްލާހެއް ހުށަހަލަންޖެހޭ، އެއިސްލާހަކީ 1- ދިވެހިރާއްޖޭގެ ބިން ބޭރު ބިދޭސީންނަށް ވިއްކާ މިލްކު ކޮށް ދިނުމަކީ ކުށެއްކަމަށް. 2- މިކުށުން ކުއްވެރި ވެއްޖެ މީހަކު 25 އަހަރަށް ޖަލަށް ލާންޖެހޭނެކަމަށް 3- މިކުށުގައި ބައިވެރިވާ މީހަކުވެސް 25 އަހަރަށް ޖަލައްލާންޖެހޭނެކަމަށް 4- ބިންވިއްކާ މިލްކު ކޮށްދީގެން ހޯދާފައިސާ އެމުއާމާލާތެއް ކޯޓުން ބަތިލު ކުރުމަށްފަހު އެފައިސާއެއް އެފަރާތަކަށް އަންބުރާ ރައްދުކުރަންވާނެއެވެ!
ހުރިގޮތް
15 November 2016
އާދައިގެ އަދި މެދުފަންތީގެ ދިރުއުޅުން ބިނާވެފައިވާ ފަރާތްތަކަށް އިކޮނޮމިސްޓްގެ ގައުމުން ޖާގައެއް ނެތްތޯއެވެ. ފުލެޓް ދޮންބެ އެންމެ ފުރަތަމެވެސް 1000 ފުލެޓް އެޅީ އެފަދަ މީހުންނަށް ޓާރގެޓްކޮށްގެންނެވެ.
GAN Island
15 November 2016
ސީލައިފް އަކާއި އަހްމަދު މޫސާ ކިޔާ ސޮރެއް !!! އަސްލު މީހަކީ ކާކުބާ ؟؟؟!!
ހަސަން ފުޅު
14 November 2016
ސީލައިފުގެ ހަބަރެއް ދެންވާނީ ކޮންދުވަހަކުންކަން ވެސް ނޭގޭ ، 6 މަސްފަހުން ބުނެފާނެ ކޮންނަންވެގެން ބިންޓެސްޓު ކުރަނީއޭ.... އެމީހުންނަށްވުރެ ފަހުން ޕްރޮޖެކްޓުތައް ލިބިނުމީހުންނަށް ހުރިހާ ހުއްދަތަކެއް ލިބި އިމާރާތްކުރަން ވަނީ ފަށާފައި....