04 އެޕްރީލް 2021 - 08:06
ދަނޑުވެރިކަމުގެ ތެރޭގައި ވަރަށް މަދުން ނޫނީ ހައްދައި ނޫޅޭ ބާވަތެއް ކަމަށްވާ ހޮޕް-ޝޫޓްސް އިންޑިއާގެ މީހަކު ހައްދަން ފެށުމާ އެކު އޭގެ އަގުގެ ވާހަކަ އާންމުންގެ ސަމާލުކަން ހުއްޓިއްޖެ އެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި މުޅި ދުނިޔޭގައި ވެސް ވަރަށް ނާދިރު ތަރުކާރީގެ ބާވަތެއް ކަމަށްވާ ހޮޕް-ޝޫޓްސް އިންޑިއާގައި ވިއްކާ އަގަކީ ކިލޯއެއް އެއް ލައްކަ ރުޕީސް (21,068.97ރ.) އަށެވެ. ބައިނަލްއަގްވާމީ ބާޒާރުގައި މީގެ އަގު ހުރި ރޭޓަށް ބަލާ އިރު ކިލޯއެއް 1،000 ޕައުންޑް ނުވަތަ 1,383 ޑޮލަރަށް ނޫނީ ނުލިބެ އެވެ.
އިންޑިއާގައި ހޮޕް-ޝޫޓްސް ހެއްދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ބިހާރުގެ އައުރަންގަބާދު ޑިސްޓްރިކްގެ ދަނޑުވެރިއެއް ކަމަށްވާ އަމްރޭޝް ސިންގް އެވެ. ހޮޕް-ޝޫޓްސް ހެއްދުމުގެ މަސައްކަތް ރިސްކެއް އަދި ބޮޑު ޗެލެންގެ ގޮތުގައި ނަގައި އޭނާ އެ ހައްދަން ފެށީ އިންޑިއާގެ ދަނޑުވެރިންގެ ހާލަތު ރަނގަޅުކޮށްދޭން ކުރާ މަސައްކަތެއްގަ ގޮތުގަ އެވެ.
One kilogram of this vegetable costs about Rs 1 lakh ! World's costliest vegetable,'hop-shoots' is being cultivated by Amresh Singh an enterprising farmer from Bihar, the first one in India. Can be a game changer for Indian farmers 💪https://t.co/7pKEYLn2Wa @PMOIndia #hopshoots pic.twitter.com/4FCvVCdG1m
— Supriya Sahu IAS (@supriyasahuias) March 31, 2021
ވަރާނަސީގައި ހުންނަ އިންޑިއަން ވެޖެޓަލް ރިސާޗް އިންސްޓިޓިއުޓް ހޮޕް-ޝޫޓްސްގެ ކުރިތަކެއް ގަނެގެން ފެށި މަސައްކަތް ދަނީ ވަރަށް ކާމިޔާބުކޮށެވެ. އެކަމަކު އަގު ބޮޑު އެެއްޗަކަށްވާތީ ހައްދައި ސަޕްލައިކޮށް ދެނީ އޯޑަރު ލިބޭ މިންވަރެއްގެ މައްޗަށް ބިނާކޮށެވެ.
އިންޑިއާ އަކީ ދަނޑުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށް ވިޔަސް އެއީ ދަނޑުވެރިންގެ ހާލަތު ވަރަށް ދަށް ގައުމެކެވެ. އެހެންވެ އަމްރޭޝްގެ ބޭނުން ވަނީ ހޮޕް-ޝޫޓްސް ހައްދަން ދަނޑުވެރިންގެ ޝައުގުވެރިން ހިތްޖައްސުވައި އެ މީހުންގެ ހާލަތު ރަނގަޅުކުރަން ހިތްވަރު ދިނުމެވެ. ބޮޑު އަގަކަށް ވިއްކޭ އެއްޗަކަށްވާތީ މިއީ ރަނގަޅަށް އަދި ދެމެހެއްޓިނިވި ގޮތަކަށް ކުރެވިއްޖެ ނަމަ ދަނޑުވެރިންނަށް ވަރަށް މަންފާކުރާނެ ލިބޭނެ ބާވަތެއް ކަމަށް އަމްރޭޝް ބުންޏެވެ.
Great to know about this vegetable, needs to aware & research with support from certain scientific org. like CSIR. We are ready to brings such specific labs from CSIR. Kindly let me know Ji.
— H.H. Ramakrishnananda Saraswathi Swamiji (@vedaravishanga1) March 31, 2021
މީގެ ވާހަކަ މީޑިއާތަކުގައި ދެކެވެނީ ހަމައެކަނި އަގު ބޮޑުކަމުން އެކަންޏެއް ވެސް ނޫނެވެ. ހޮޕް-ޝޫޓްސް ގަހުގެ ހުރިހާ އެއްޗަކީ އެކިއެކި ބޭނުންތަކަށް ބޭނުން ކުރެވޭ އެއްޗަކަށްވުމެވެ. އެގޮތުން އޭގެ ފަތާއި މުލާއި މުޑުވަކުން އެތައް ފައިދާއެއް ލިއްބައިދެ އެވެ. އެގޮތުން މިއީ ކެއުމާއި ބޭސްވެރި ކަމަށް ވެސް ބޭނުންކުރެވޭ އެއްޗެކެވެ.
ހޮޕް-ޝޫޓްސް އަކީ ކެނަބީސިއާ އާއިލާ އަށް ނިސްބަތްވާ ބާވަތެކެވެ. މީގެ ފައިދާތަކުގެ ތެރޭގައި ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ޓީބީ ފަދަ ބަލިތަކާ ދެކޮޅަށް މަސައްކަތްކޮށްދެ އެވެ. އަދި ކެންސަރުގެ ބާވަތްތަކާ ދެކޮޅަށް ވެސް ހަނގުރާމަކޮށްދޭ އެވެ. ހޮޕް-ޝޫޓްސް އަކީ ކެންސަރުގެ ސެލްތަކާ ދެކޮޅަށް މަސައްކަތްކުރާ އެއްޗެކެވެ.
ހޮޕް-ޝޫޓްސް އިން ލިއްބައިދޭ އިތުރު ފައިދާތަކުގެ ތެރޭގައި ހަންގަނޑު ރީތިކޮށްދިނުމާއި ޑިޕްރެޝަނާއި އެންޒައިޓީ އާއި ނިދަން އުނދަގޫވުން ފަދަ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކޮށް ދިނުން ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހާ
04 April 2021
ރާއްޖޭގެ އެގްރިކަލްޗަރ މިނިސްޓަރ މިކަމާ ނުވިސްނަވާތަ؟
އެގްރިކަލްޗަރަލް މިނިސްޓަރ
05 April 2021
އަޅުގަނޑުގެ ގޭގެ ތެރަހުގަ ހައްދާފައެބަހުރި، ބޭނުން ފަރާތްތަކުން އޯޑަރ ދެއްވުމުން ޑިލިވަރީ ކޮށްދެވޭނެ ވާހަކަ ދަންނަވަން.